ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ތުލުސްދޫ ކަނބަލުންނަށް ކަރަންޓަށް ހޭލުންތެރިކުރުވުމުގެ ހާއްސަ ޕްރޮގްރާމެއް ސްޓެލްކޯއިން ކުރިއަށް ގެންގޮސްފި

Igmh
TTH_Ads
STO_Ads
Advertisement

ކ. ތުލުސްދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިސްނެންގެވުމާއެކު، ކަރަންޓަށް ހޭލުންތެރިކުރުވުމާއި އާދައިގެ މައްސަލަތައް ހައްލުކުރުމުގެ ހުނަރު ދަސްކޮށްދިނުމަށް ސްޓެލްކޯއިން އެ ރަށުގެ ކަނބަލުންނަށް ހާއްސަ ތަމްރީނު ޕްރޮގްރާމެއް ހިންގައިފިއެވެ.

މި ވޯކްޝޮޕް ކުރިއަށް ގެންގޮސްފައިވަނީ ސްޓެލްކޯއިން ތުލުސްދޫގައި ގާއިމުކޮށްފައިވާ ސްޓޭޓް ޔުޓިލިޓީ ސްކިލްސް އެކެޑަމީގައެވެ. މިދިޔަ ހަފުތާ ބަންދުގައި ކުރިއަށްގެންދިޔަ މި ޕްރޮގްރާމަށް ދީފައިވާ ނަމަކީ އެނާޖީ އެވެއާނެސް އެންޑް އިލެކްޓްރިކް ސްކިލްސް ވޯކްޝޮޕް ފޯ ވިމެން އެވެ. މިއީ ގޭބީސީތަކުގައި ދިމާވާ ކަރަންޓުގެ ކުދި މައްސަލަތައް އަމިއްލައަށް ރައްކާތެރިކަމާއެކު ހައްލުކުރަން ދަސްކޮށްދިނުމަށާއި، ހަކަތަ އިގުތިސާދުކުރާނެ ގޮތްތަކަށް އަހުލުވެރިކުރުވުމުގެ މަގުސަދުގައި ހިންގި ވޯކްޝޮޕެކެވެ.

މި ތަމްރީނުތަކުގެ ސަބަބުން ކަނބަލުންނަށް ކަރަންޓުގެ ކަންކަމުގައި އަމިއްލައަށް އިތުބާރާއެކު ފިޔަވަޅުތައް އެޅުމުގެ ގާބިލުކަން ލިބިގެންދާނެކަމަށް ސްޓެލްކޯއިން ހާމަކޮށްފައިވެއެވެ. އަދި ހަކަތަ ބޭނުންކުރާ މިންވަރު މަދުކޮށް، ކަރަންޓު ބިލަށް ކުރާ ހޭދަ ކުޑަކުރުމަށް ބޭނުންވާ މުހިންމު މައުލޫމާތުތައް ބައިވެރިންނަށް ވަނީ ފޯރުކޮށްދީފައެވެ. މީގެ އިތުރުން ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި ކަރަންޓު އާލާތްތައް ރަނގަޅު ގޮތުގައި ބޭނުންކުރާނެ ގޮތުގެ އަމަލީ ތަޖުރިބާވެސް މި ވޯކްޝޮޕްގެ ތެރެއިން ވަނީ ހިއްސާކޮށްފައެވެ.

HajjCop_ads
Advertisement

ތުލުސްދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީން އިސްނަގައިގެން ފެށި މި މަސައްކަތަކީ މުޖުތަމައުގައި އަންހެނުން ބާރުވެރިކުރުވުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަން ފާހަގަކުރެވެއެވެ. ސްޓެލްކޯގެ އަމާޒަކީ މިފަދަ ޕްރޮގްރާމްތައް މެދުވެރިކޮށް ރައްޔިތުން ހޭލުންތެރިކުރުވައި، ފަންނީ ހުނަރުތައް މުޖުތަމައުގެ އެކި ފަރާތްތަކަށް ފޯރުކޮށްދިނުމެވެ. މިފަދަ ތަމްރީނުތަކުގެ ސަބަބުން ރައްޔިތުންނަށް ދިރިއުޅުމުގައި ގިނަގުނަ ފަސޭހަތަކެއް ލިބިގެންދާނެކަމަށް އެ ކުންފުނިން ދެކެއެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

stelco

ތިންވަނަ ފިޔަވަހީގެ ގޯތިތަކަށް ކަރަންޓު ލިބޭނީ ލޭންޑް ޔޫސް ޕްލޭން ނިމުމުން: ސްޓެލްކޯ

ހުޅުމާލޭގައި 70 މެގަވޮޓުގެ އާ އިންޖީނުގެއެއް އެޅުމުގެ އަމަލީ މަސައްކަތް ސެޕްޓެމްބަރުގައި ފަށަނީ

stelco MD

ހުޅުމާލޭގައި 70 މެގަވޮޓުގެ އިންޖީނުގެއެއް ތަރައްޤީ ކުރުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފަށާނެ: އަޒުވަރު

88887

ހަކަތައިގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު ސްރީލަންކާގެ ސަފީރާ ބައްދަލުކުރައްވައިފި