ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ގަވާއިދާ ޚިލާފަށް ބަނގުރާ ގެންގުޅެ ވިޔަފާރިކުރި ދެ ބިދޭސީއަކު މާލެއިން ހައްޔަރުކޮށްފި

88887
Maldivian_Ads
STO_Ads
TTH_Ads
Advertisement

މާލޭގައި ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި، ގަވާއިދާ ޚިލާފަށް ބަނގުރާ ގެންގުޅެ އޭގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ބަންގްލަދޭޝްއަށް ނިސްބަތްވާ ދެ މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން ހޮނިހިރު ދުވަހު މާލޭގައި ވަނީ ޚާއްޞަ އޮޕަރޭޝަނެއް ހިންގާފައެވެ. މި އޮޕަރޭޝަނަކީ ބިދޭސީންތަކެއް ބަނގުރަލުގެ ވިޔަފާރިކުރާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަންގައި އެ މީހުން ދިރިއުޅޭ އެޕާޓްމަންޓް ބަލައިފާސްކުރިއިރު، އެތަނުން ބާރަ ފުޅި ބަނގުރާ ފެނިފައިވާކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އުމުރުން އެކާވީސް އަހަރުގެ އެމްޑީ ސިއަމް އަހްމަދާއި ތިރީސް ފަސް އަހަރުގެ ރޮބެލް މިއަހް ނަމަކަށް ކިޔާ ދެ މީހުންނެވެ. މި ދެ މީހުންނަކީވެސް ބަންގްލަދޭޝްގެ ރައްޔިތުންނެވެ. ފުލުހުން މިހާރު ދަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ. އަދި މިކަމުގައި އިތުރު ބަޔަކު ޝާމިލުވޭތޯ ބެލުމުގެ މަސައްކަތްވެސް ތަހުގީގުގެ ތެރެއިން ކުރިއަށްދާނެއެވެ.

HajjCop_ads
Advertisement

މި މައްސަލައިގެ ފުލުހުންގެ އިޖުރާއަތްތައް ފުރިހަމަކުރުމަށްފަހު، މި ދެ މީހުންނާމެދު އިމިގްރޭޝަންގެ ޤާނޫނުގެ ދަށުން ފިޔަވަޅު އެޅުމަށްޓަކައި މިހާރު ވަނީ މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފައެވެ. ފަހަކަށް އައިސް ރާއްޖޭގައި ބަނގުރަލުގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ބިދޭސީން ހައްޔަރުކުރުން ވަނީ އާންމުވެފައެވެ. މީގެ ތެރޭގައި ގިނަ އަދަދަކަށް ބަންގްލަދޭޝްގެ ރައްޔިތުން ހިމެނޭކަން ކަމާބެހޭ ފަރާތްތަކުން ފާހަގަކުރެއެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Police 12 Sept

ރަސްމީ ފާލަން ހިމެނޭ ސަރަހައްދުން އުޅަނދުތައް ނަގަން އަންގައިފި

ބަނގުރާ ގެންގުޅެ، ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހުޅުމާލެ ފޭސް 1އިން ދެ މީހުން ހައްޔަރުކޮށްފި

ކޮލެޖު އޮފް ޕޮލިސިންގެ 2 ކޯހަކުން 54 ފުލުހުން ދަސްވެނިވެއްޖެ

ސައިބަރ ޑްރިލްއާއި، ސައިބަރ ކްރައިސިސް ޕްރޮގްރާމް ކުރިއަށް ގެންގޮސްފި