އިންޑިއާގެ އަމްރީތާ ހޮސްޕިޓަލާއެކު ހަދާފައިވާ އެއްބަސްވުން ހަމަވެފައިވާތީ، ބަލި މީހުން ފަރުވާއަށް އެ ހޮސްޕިޓަލަށް ފޮނުވުން މެދުކަނޑާލައިފިއެވެ.
އަމްރީތާ ހޮސްޕިޓަލަކީ އާސަންދަ ލިބޭ ހޮސްޕިޓަލެކެވެ. އަދި ވރަށް ގިނަ ޢަދަދެއްގެ ދިވެހިން އާސަންދައިން ފަރުވާ ހޯދަމުން އަންނަ ހޮސްޕިޓަލެއްވެސްމެއެވެ.
އާސަންދަ ހޮސްޕިޓަލްގެ މެނޭޖިންގ ޑިރެކްޓަރ އާމިނަތު ޒީނިޔާ ވިދާޅުވީ އަމްރީތާ ހޮސްޕިޓަލާއެކު ހަދާފައިވާ އެއްބަސްވުން ހަމަވެފައިނުވާއެކު، އަލަށް ފޮނުވާ ބަލިމީހުން ފޮނުވުމުގައި މެދުކަނޑާލާފައިވާކަމަށެވެ. ނަމަވެސް މިވަގުތު ފަރުވާ ހޯދަމުން އަންނަ މީހުންނަށް މެދު ނުކެނޑި ޚިދުމަތް ލިބެމުން އަންނަކަން އޭނާ ފަހަގަކުރެއްވިއެވެ.

ކޮންމެ ޕްރޮސީޖާއަކަށް ވަކިން ބިލްކުރާގޮތަށް ހަދާފައިވާ އެއްބަސްވުން ހަމަވުމާއިި ގުޅިުގެން މިހާރު މަސައްކަތްކުރަނީ ޚާއްސަ ޕެކޭޖުތަކެއް ހަދައި އޭގެ ދަށުން ޚިދުމަތް ދިނުމަށްކަމަށްވެސް ޒީނިޔާ ވިދާޅުވިއެވެ.









ކިޔުންތެރިންގެ ހިޔާލު