ފީފާ ވޯލްޑް ކަޕްގެ ސެމީ ފައިނަލުގައި އާޖެންޓީނާއާ ދެކޮޅަށް ކުޅޭ މެޗުގައި ޑެލްކަން ރައިސްއަށް ކުޅެވޭނެކަން ނިންމާނީ ފަހުންކަމަށް އިންގްލޭންޑުގެ ކޯޗު ތޯމަށް ޓުޗެލް ބުނެފިއެވެ.
ނޫސްވެރިންނާ ވާހަކަ ދައްކަމުން ކޯޗު ބުނީ ރައިސް އަދިވެސް އެއްކޮށް ފިޓު ނުވާކަމަށެވެ.
ކުއާޓަރ ފައިނަލުގައި ނޯވޭ އާއި ދެކޮޅަށް ކުޅުނު މެޗަށްފަހު ޓުޗެލް ބުނެފައިވަނީ އެ މެޗުގައިވެސް ރައިސް ކުޅެފައިވަނީ ތިން ދުވަސްވަންދެން ބަލިވެ އުޅުމަށްފަހުގައި ކަމަށެވެ. އަދި އެ މެޗުގެ ހާފް ޓައިމްގައި އޭނާ ވަނީ ބަދަލުކޮށްފައެވެ.

ރައިސް ބަލިވެ އުޅުމުގެ ސަބަބުން އެހެން ކުޅުންތެރިންނާ އޭނާ ވަނީ އެކަހެރިކޮށްފައެވެ. ކޯޗު ބުނީ ރައިސް އަދިވެސް އެއްކޮށް ފިޓު ނުވާ ކަމަށާއި އެހެންކަމުން އޭނާ އާޖެންޓީނާ އާއި ދެކޮޅަށް ކުޅޭނެތޯ ނިންމާނީ ފަހު ވަގުތުކަމަށެވެ.
އޭނާ ސެމީ ފައިނަލުގައި ފުރަތަމަ ޓީމުގައި ހިމަނާނެތޯ ނިންމާނީ އެންމެ ފަހު ވަގުތު.
އިންގްލޭންޑުގެ ކޯޗު ބުންޏެވެ.
އިންގްލޭންޑުގެ ގައުމީ ޓީމަށް 78 މެޗު ކުޅެދީފައިވާ ޑެކްލަން ރައިސް ވަނީ މި ފަހަރުގެ ވޯލްޑްކަޕްގެ ގްރޫޕް ސްޓޭޖުގައި ޕެނަމާ އާއި ދެކޮޅަށް ކުޅުނު މެޗު ފިޔަވާ, އިންގްލޭންޑް ކުޅުނު ހުރިހާ މެޗެއްގެ ފުރަތަމަ އެގާރާގައި ހިމަނާފައެވެ.









ކިޔުންތެރިންގެ ހިޔާލު