ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހޮރްމޫޒު ކަނޑުއޮޅި ދެން ބަލަހައްޓާނީ އެމެރިކާއިން، ފީވެސް ނަގާނަން: ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް
STO_Ads
TTH_Ads
Advertisement

ހޮރްމޫޒު ކަނޑުއޮޅި ދެން ބަލަހައްޓާނީ އެމެރިކާއިން ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.

އޭނާގެ އަމިއްލަ ޓުރުތު ސޯޝަލްގައި ޕޯސްޓްކުރި މެސެޖެއްގައި ޓްރަމްޕް ބުނީ، ހުރްމޫޒު ކަނޑުއޮޅީގެ “ގާޑިއަން އެންޖެލް” އަކަށް ދެން ވާނީ އެމެރިކާ ކަމަށާއި، ހޮރްމޫޒު ހުރަސްކުރާ ހުރިހާ އުޅަނދުތަކުން އެމެރިކާއިން ފީވެސް ނަގާނޭ ކަމަށް އެމެރިކާގެ ރައީސް ބުނެފައި ވެއެވެ.

ޓްރަމްޕް ބުނެފައިވަނީ، ވޭތުވެދިޔަ 50 އަހަރު އެމެރިކާއިން ހޮރްމޫޒު “ބަލަހައްޓާދީފައިވަނީ” އެއްވެސް އަގަކާނުލައި މުޅިން ހިލޭ ކަމަށާއި، ނަމަވެސް، ހޮރްމޫޒު ހުރަސްކުރާ އުޅަނދުފަހަރަށް ފޯރުކޮށްދޭ ސަލާމަތާއި ރައްކާތެރިކަމަށް ކާގޯ އުޅަނދުފަހަރުން 20 އިންސައްތައިގެ ފީއެއް ނަގާނޭ ކަމަށެވެ.

HajjCop_ads
Advertisement

އެމެރިކާގެ ރައީސް ބުނެފައިވަނީ، ހޮރްމޫޒު ކަނޑުއޮޅި މިހާރު ވަނީ މުޅިން ހުޅުވާލެވިފައި ކަމަށާއި، އީރާނާ ލައިގެން ނުވަތަ އީރާނާ ނުލައިވެސް ހޮރްމޫޒު އޮންނާނީ ހުޅުވާލެވިފައި ކަމަށެވެ.

މީގެއިތުރުން، އީރާނުގެ ބަނދަރުތަކުން ފުރައިގެންދާ ތެޔޮ ޓޭންކަރުތަކާއި، ކާގޯ ބޯޓުފަހަރާއި، އަދި އީރާނުގެ ބަނދަރުތަކަށް އަންނަ ދުނިޔޭގެ ހުރިހާ ގައުމެއްގެ އުޅަނދުފަހަރު ހުއްޓުވަން އެމެރިކާއިން އަޅާފައިއޮތް ބްލޮކޭޑް އަލުން ގާއިމްކުރިކަންވެސް ޓްރަމްޕް އިއުލާން ކޮށްފައި ވެއެވެ.

ޓްރަމްޕް ބުނީ، އީރާނުގެ އުޅަނދުފަހަރާއި، އީރާނުގެ ކަސްޓަމަރުންނަށް ހޮރްމޫޒު މުޅިން ބަންދުވީ ކަމަށެވެ.

އީރާނުގެ ބްލޮކޭޑް އުވާލުމަކީ، އީރާނާއި އެމެރިކާއާ ދެމެދު ސޮއިކުރި އެމްއޯޔޫގައި ކަނޑައަޅާފައިވާ ކަމެކެވެ. ބްލޮކޭޑް އުވާލީ އެމްއޯޔޫގެ ދަށުންނެވެ.

ޓްރަމްޕް ބުނީ، އީރާނާއެކު ހެދި ޑީލް މުގުރާލީ އީރާނުން ކަމަށެވެ. ނަމަވެސް، އީރާނުން ބުނަނީ، އީރާނަށް  ވައިގެ ހަމަލާތައްދީ އެމްއޯޔޫއާ ޚިލާފްވީ އެމެރިކާއިން ކަމަށެވެ.

ހޮރްމޫޒުން ފީ ނަގާ ވާހަކަ އެމެރިކާގެ ރައީސް ދެއްކިއިރު، ހޮރްމޫޒުން އެއްވެސް ބާވަތެއްގެ ފީއެއް ނެގުމާ ދެކޮޅު ހަދައި އީރާނާއި އުމާނަށް ތަކުރާރުކޮށް އިންޒާރު ދެމުން ގޮސްފައިވަނީ އެމެރިކާއިންނެވެ.

ހޮރްމޫޒު ދެން ބަލަހައްޓާނީ އެމެރިކާއިން ކަމަށް އެމެރިކާގެ ރައީސް ދެއްކި ވާހަތަކަށް ރައްދު ދެމުން އީރާނު އަސްކަރިއްޔާގެ ސެންޓްރަލް ކޮމާންޑް ޚާތަމަލް އަންބިޔާގެ ތަރުޖަމާނު ދެއްވި އިންޒާރުގައި ވިދާޅުވީ، ހޮރްމޫޒު ހިންގުމުގެ ތެރެއަށް ވަންނަން އީރާނުން އެމެރިކާއަށް ފުރުސަތު ނުދޭނޭ ކަމަށެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
HajjCop_ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ދެފަރާތުން ހަމަލާތައް ބަދަލުކުރި ނަމަވެސް އަލުން ވާހަކަތައް ފަށަން ކުރެވޭ މަސައްކަތް ނުހުއްޓޭ: އީރާނު ޚާރިޖިއްޔާގެ ތަރުޖަމާނު

އީރާނަށް ދިން ހަމަލާތަކަށް ވަރުގަދައަށް ބަދަލުހިފަން ފަށައިފި، އެމެރިކާގެ ބޭސްތަކަށް ބޮޑެތި ގެއްލުން

“އީރާނުން އެދިގެން” ވާހަކަދައްކަން ނިންމައިފިން، ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމެއް މިހާރަކުނެތް: ޓްރަމްޕް

އީރާނާއި އެމެރިކާއިން މިއަދުވެސް ހަމަލާތައް ބަދަލުކުރަނީ