ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެކްސިޑެންޓްވި މީހާ މަރުވީ ޓްރެއިލަރު ލޮރީއެއްގެ ދަށުވެގެން

88887
TTH_Ads
Maldivian_Ads
STO_Ads
Advertisement

މާލޭގެ ބޮޑުތަކުރުފާނު މަގު، ދަރުބާރުގޭ ކައިރީގައި މިއަދު ހަވީރު ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އެ މީހާ ނިޔާވީ 30 ޓަނުގެ ބޮޑު ޓްރެއިލަރު ލޮރީއެއްގެ ދަށުވެގެން ކަމަށް ފުލުހުން ބުނެފިއެވެ.

މި ނުރައްކާތެރި ހާދިސާގައި މަރުވެފައިވަނީ މާލެ ސިޓީގެ ހުޅުމާލެ ގޯތި ނަންބަރު 20054 ގްރީންޕީކް، އިބްރާހީމް ނާޞިޙު އެވެ. ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، މި ހާދިސާ ހިނގުމާއެކު އޭނާ އައިޖީއެމްއެޗަށް ގެންދެވުނެވެ. ނަމަވެސް ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޭނާ ވަނީ މަރުވެފައެވެ.

މިއަދު ހަވީރު 15:57 ހާއިރު ހިނގި މި އެކްސިޑެންޓާ ގުޅިގެން ފުލުހުން ކުރިއަށްގެންދާ ތަހުގީގުގެ ފުރަތަމަ މައުލޫމާތުތަކުން ދައްކާ ގޮތުގައި، އިބްރާހީމް ނާޞިޙު މަރުވާން މެދުވެރިވީ ޓްރެއިލާ ލޮރީއެއްގެ ދަށުވުމުގެ ސަބަބުންނެވެ. އެހެންނަމަވެސް، އޭނާ ލޮރީގެ ދަށުވާން މެދުވެރިވީ ސީދާ އެ އުޅަނދުގައި ޖެހިގެން ކަމަށް މިހާތަނަށް ބެލިބެލުމުން ފާހަގަކުރެވިފައި ނުވާކަމަށް ފުލުހުން ބުނެފައިވެއެވެ. މި ހާދިސާ ހިނގަން މެދުވެރިވި އަސްލު ސަބަބު ދެނެގަތުމަށް ފުލުހުން ދަނީ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

HajjCop_ads
Advertisement

މި ހާދިސާ ހިނގި ވަގުތަކީ އޮފީސްތައް ނިމިގެން ގިނަ ބަޔަކު ހުޅުމާލެއަށް ދަތުރުކުރަމުންދިޔަ ވަގުތު ކަމަށްވުމާއެކު، ދަރުބާރުގެ ސަރަހައްދުގައި ޓްރެފިކް ވަރަށް ބޮޑަށް ބާރުބޮޑުވެގެން ދިޔައެވެ. ބޮޑުތަކުރުފާނު މަގަކީ ބަސް ދަތުރުތަކަށް ވެސް ބޭނުންކުރާ މައި މަގެއް ކަމުން، އާންމު ދަތުރުފަތުރަށް ވަރަށް ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހުނެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
STO_Ads
Maldivian_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

WhatsApp Image 2026 08 29 at 22.57.47

ހުޅުމާލެ ފޭސް ދޭއްގައި ހިނގި އެކްސިޑެންޓެއްގައި ނުވަ އަހަރުގެ ކުއްޖަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެ

Main 20250516

އަހަރުގެ ފުރަތަމަ 6 މަސްދުވަހު މާލެ ސަރަހައްދުގައި 1355 އެކްސިޑެންޓު

police

އެކްސިޑެންޓްވުމުން ސައިކަލް ދޫކޮށް ފިލި މީހަކު ހޯދަނީ

Sstv FORM FOR EC

ހިތަދޫގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި ރަމީޒު ނިޔާވެއްޖެ