ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އިންގްލޭންޑުގެ ފުރަތަމަ ލަނޑުގެ ކުރިން ބޯޅަ ކެމެރާ ކޭބަލްގައި ޖެހުނު: ނޯވޭގެ ކޯޗު

P3GXUDFBTNPGLI2IGY6DYKQUNI
Maldivian_Ads
TTH_Ads
STO_Ads
Advertisement

ފީފާ ވޯލްޑު ކަޕްގެ ކުއާޓަރ ފައިނަލުގައި އިންގްލޭންޑާއި ނޯވޭ ކުޅުނު މެޗުގައި އިންގްލޭންޑުގެ ފުރަތަމަ ކާމިޔާބު ކުރި ލަނޑުގެ ހަމަލާ އުފެއްދުމަށް ލިބުނު ފުރުސަތުގެ ތެރެއިން މަތިން އަޅާފައިވާ ކެމެރާތަކުގެ ކޭބަލްގައި ބޯޅަ ޖެހުނުކަމަށް ނޯވޭގެ ކޯޗު ސްޓާލް ސޮލްބަކެން ބުނެފިއެވެ.

2-1 އިން ބަލިވި މެޗަށްފަހު މީޑިއާއާއި ވާހަކަ ދައްކަމުން ކޯޗު ބުނީ އެހާދިސާ ހިނގާފައިވަނީ ނޯވޭގެ ކީޕަރ އޯޔާން ނައިލަންޑް ބޯޅައެއް ކްލިއަރ ކުރުމުގެ ތެރޭގައި ކަމަށާއި އަދި ކޭބަލްގައި ބޯޅަ ޖެހި މިސްރާބު ކޮށްމެވެސް ވަރަކަށް ބަދަލުވެ ލިބިފައިވަނީ އިންގްލަންޑްގެ ކުޅުންތެރިޔަކަށް ކަމަށެވެ. އަދި އެއީ އިންގަލަންޑްގެ ފުރަތަމަ ހަމަލާ ލަނޑު ޖެހުމުގެ ހަމަލާ ފެށުނު ހިސާބު ކަމަށް އޭނާ ބުންޏެވެ.

ފުރަތަމަ ހާފު ނިމުމާއެކު މިކަމުގެ ޝަކުވާ ރެފްރީ ކައިރީގައިވެސް ކުރިނަމަވެސް މެޗުގެ ރެފްރީ ވަނީ އޭނާއަށް އެތަން ނުފެންނަ ކަމަށް ބުނުމުގެ އިތުރުން ވީއޭއާރުންވެސް އެފަދަ ކަމެއް ހިނގިކަމަށް އިޝާރާތް ކޮށްފައިނުވާކަމަށް ބުނެފައެވެ.

HajjCop_ads
Advertisement

ބޯޅަ ކުއްލިއަކަށް މަތިން ވެއްޓުނީ ކަމަށާއި އެހެން ކަމުން ބޯޅައިގެ މިސްރާބު ބަދަލުވިކަން އެނގޭ ކޯޗު ބުންޏެވެ. އަދި މިކަމުގެ ސަބަބުން އޭނާގެ ކުޅުންތެރިންނަށް އޮޅުން އަރައިގެން ދިޔަކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

ނަމަވެސް ފީފާއިން އާންމު ކުރި ބަޔާނެއްގައިވަނީ ބޯޅަ ކޭބްލްގައި ޖެހުނު ކަމެއް ނުވަތަ ބޯޅައިގެ މިސްރާބު ބަދަލުވިކަމުގެ އެއްވެސް ހެއްކެތް ފެއްނަން ނެތްކަމަށް ބުނެފައެވެ. އަދި މިކަމުގައި ދެން ކުރެވޭނެ ކަމެއް ނޯންނާނެ ކަމަށާއި އެއީ އެކަން އެހެން ވީއޭ ކިޔާފަ މިމެޗު އަލަކުން ނުކުޅޭނެކަމަށްވެސް ނޯވޭގެ ކޯޗު ވަނީ ބުނެފައެވެ.

މިމެޗުގެ ނަތީޖާ އާމެދު ހިތާމަ ކުރާ ކަމަށާ އެއީ މިމެޗުން މޮޅުވުމުގެ ފުރުސަތު އެޓީމަށް އޮތް ކަން އެނގޭތީކަމަށްވެސް ނޯވޭގެ ކޯޗު ވަނީ ބުނެފައެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ނޯވޭގެ ރަސްގެފާނު ހެރަލްޑް 5ވަނަ އަވަހާރަވުމުން، ރައީސް މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެ

6a892d02a3106bc5df926f9e (1)

ޕަރޭޑޭސް 10 މެޗަށް، އަޔާލާ 3 މެޗަށް ސަސްޕެންޑުކޮށް، އާޖެންޓީނާ 321،000 ޑޮލަރުން ޖޫރިމަނާކޮށްފި

B52c334b 09c5 4c3b b119 aec2d7a06c8c

ހާލަންޑަށް ދުނިޔޭގެ 4 ރެކޯޑެއް

172882787cb5b5fc4723e9a8ed737981

ފީފާގެ ވިޔަފާރި ކުންފުންޏަށް އިންވެސްޓްކުރަނީ ޓްރަމްގެ އާއިލާ ކުންފުންޏަކުން!