ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފުޓްބޯޅައިގެ ރަސްގެފާން ބްރެޒިލް ކަޓުވާލައި ނޯވޭ ކުއާރޓާއަށް

2026 07 06 177309 1783297708. large
TTH_Ads
STO_Ads
Advertisement

ބްރެޒިލް ކަޓުވާލުމަށްފަހު, ނޯވޭ ފީފާ ވަރލްޑްކަޕްގެ ކްއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ. ނޯވޭ ކުއާޓާ ފައިނަލަށް ދަތުރުކުރީ ވޯލްޑުކަޕް ތާރީޚުގައި އެންމެ ކާމިޔާބު ބްރެޒިލްގެ މައްޗަށް 1-2އިން ކުރި ހޯދައިގެންނެވެ.

މި މެޗުގައި ނޯވޭގެ ދެ ލަނޑުވެސް ޖެހީ ޒުވާން ކުޅުންތެރިޔާ ހާލަންޑުއެވެ. ދެލަނޑުވެސް ޖެހީ ދެވަނަ ހާފްގައެވެ. 79 ވަނަ މިނިޓްގައި ފުރަތަމަ ގޯލް ޖެހީ އޭރިޔާ ތެރެއަށް ނެގި ހުރަސް ގެބްރިއަލް ކައިރިން ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ. ދެވަނަ ގޯލް ޖެހީ އޭރިޔާ ބޭރުން, 20 ޔާޑުން ބޯޅަ ކޮންޓްރޯލް ކޮށްލުމަށްފަހު ތިރިތިރިން ގޯލްގެ ދުރުކަނަށް ފޮނުވާލައިގެން މެޗުގެ ފުރިހަމަ ވަގުތުން ފަހު މިނިޓްގައެވެ. މިއީ ހާލަންޑް މުބާރާތުގައި ޖެހި 7 ވަނަ ގޯލެވެ. މިއަދަދަށް މެސީ އާއި އެމްބާޕޭ ވެސް ވަނީ ލަނޑު ޖަހާފައެވެ.

ބްރެޒިލް ބަލިވީ ފުރަތަމަ ހާފްގައި ޕެނަލްޓީއެއް ލިބި ނާކާމިޔާބުވުމަށްފަހުއެވެ. އަދި ދެވަނަ ހާފްގައިވެސް ބްރެޒިލަށް ލަނޑުޖަހަން ރަނގަޅު ފުރުޞަތުތަކެއް ލިބި ވަނީ ބޭކާރުވެފައެވެ. ދެވަނަ ހާފްގައި ކުޅެން ނިކުއިން އެންޑްރިކްއަށް މުޅިން ހުސްކޮށްލާފަ ވިނީޝިއުސް ދިން ބޯޅަވެސް އޭނާ އަތުން ބޭކާރުވިއެވެ. މެޗުގައި ދެޓީމްގެ ކީޕަރުންވެސް ރަނގަޅު ސޭވްތަކެއް ކުރިއެވެ. ފުރަތަމަ ހާފްގައި ވިނީޝިއުސް ފޮނުވާލި ބާރު ބޯޅައަކާއި, ދެވަނަ ހާފްގައި ރަޔަން ފޮނުވާލި ބާރު ބޯޅައެއްވެސް ނޯވޭ ކީޕަރު މަތަކުރިއެވެ. އަދި ކަސެމީރޯ އަށް ލިބުނު ހުސް ފުރުޞަތެއްވެސް އަރިމަތިން ފޮނުވާލީ ބޭރަށެވެ.

HajjCop_ads
Advertisement

ދެވަނަ ހާފްގެ ކުރީކޮޅު ކޯޗު އެންޗެލޮޓީ ވަނީ ނޭމާ ވެސް ކުޅެން ނެރެފައެވެ. ނަމަވެސް އިތުރު ވަގުތުގައި ޕެނަލްޓީ ކާމިޔާބުކުރުން ފިޔަވާ ތަފާތެއް ނުފެނުނެވެ.

މިއީ ނޯނޭ މުބާރާތުގެ ކްއާޓާ ފައިނަލަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ. އަދި ބްރެޒިލް 1990 ވަނަ އަހަރުގެ ފަހުން ކްއާޓާ ފައިނަލަށް ނުގޮސް ކެޓި ފުރަތަމަ ފަހަރެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
HajjCop_ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Imago860335998 1024x712

ޖަޕާން ހިތްދަތިކޮށްލުމަށްފަހު ބްރެޒިލް ގަދަ 16އަށް

910d16ea 29f1 475e 8f33 c1095a63305d 16 9 aspect ratio default 0 x962y276

ބްރެޒިލާ ބައްދަލުކުރާ މެޗުގައި ޖަޕާންގެ ކޯޗު ބޭނުންވަނީ ޕެނަލްޓީ ޖަހަން

P0nrwhd7

މުބާރާތުގައި އެންމެ ބޮޑު ތަކުލީފެއް އުފުލަންޖެހޭ އީރާނުން މިރޭ ނިކުންނަނީ ނިއުޒިލޭންޑާ ދެކޮޅަށް