މިހާރު ކުރިއަށްދާ ފީފާ ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުގައި ޖަޕާނާ ދެކޮޅަށް ފެނުނީ ބްރެޒިލްގެ އެންމެ މޮޅު ކުޅުންކަމަށް ކޯޗު ކާލޯ އެންޗެލޯޓީ ބުނެފިއެވެ.
ޖަޕާނަ ދެކޮޅަށް ކުޅުނު މެޗު 2-1އިން ބްރެޒިލް ވަނީ ކާމިޔާބުކޮށްފައެވެ. މެޗަށް ފަހު ވާހަކަ ދައްކަމުން ކޯޗު ބުނީ މި މެޗުން ފެނުނީ މިހާތަނަށް ބްރެޒިލުން ފެނުނު އެންމެ ފުރިހަމަ ކުޅުންކަމަށެވެ. ފުރަތަމަ ހާުގައި ޖަޕާނުގ ޑިފެންސްގެ ރޭވުންތެރިކަމައި ހަރަކާތްތެރިވިލެއް ފުރިހަމަކަމުން އުނދަގޫތަކެއް ކުރިމަތިވިކަން ފާހަގަކުރަމުން ކޯޗު ބުނީ ހުރިހާ މައްސަލައެއް ހައްލުވީ ދެވަނަ ހާފުގައިކަމަށެވެ.
މި މުބާރާތުގައި ކުރިން އެފަދަ މައްސަލައަކާ ކުރިމަތިލާން ޖެހިފައިނުވާކަމަށާއި، އެމައްސަލަތަކާ ކުރިމަތިވުމާއެކު އެކަންކަން ވަގުތުން މެޗުގެ ތެރޭގައި ހައްލު ކުރެވުމުން އެޓީމަށް އައިސްފައިވާ ކުރިއެރުން ދައްކުވައިދޭކަމށްވެސް ކޯޗު ބުންޏެވެ. ކޯޗު ބުނީ ޓީމު އިތުރށް ހަރުދަނާކުރަން ބޭނުންވާނަމަ އަދި ހިތްހަމަ ޖައްސާލެވެން ނެތްކަމަށާއި، މިހާރު އޮތީ ކުރިއަށް އޮތް މެޗާއި މެދު ވިސްނަން ޖެހިފައިކަމަށެވެ.
މެޗުގެ 60 ވަނަ މިނެޓާއި ހަމައަށް ލަނޑެއް ނުޖެހުނުނަމަ ނޭމާ ކުޅެން އަރުވަން އޭނާ ހުރީ ނިންމައިގެންކަމަށްވެސް ކޯޗު ވަނީ ބުނެފައެވެ. އިތުރު ވަގުތުގެ ދެ ހާފު ކުޅެން ޖެހުނުނަމަވެސް ނޭމާ ފެނުނީސްކަމަށް އޭނާ ބުންޏެވެ. ނަމަވެސް ލަނޑެއް ޖަހައި ލީޑު ނެގުމުން ނޭމާ ނޭރުވީކަމަށް ކޯޗު ބުންޏެވެ.












ކިޔުންތެރިންގެ ހިޔާލު