ޖަޕާން އަތުން 2-1 ން މޮޅުވެ ފީފާ ފުޓްބޯޅަ މުބާރާތުގައި ބްރެޒިލް ގަދަ 16 ގެ ބުރުން ޖާގަ ކަށަވަރުކޮށްފިއެވެ.
ޗު ބްރެޒިލް ކާމިޔާބުކުރީ ފުރަތަމަ ހާފްގައި ޖަޕާނުން ލަނޑު ޖަހާ ލީޑް ހޯދާފައި ވަނިކޮށް، ދެވަނަ ހާފްގައި ދެ ލަނޑު ޖަހާ ނަތީޖާ އަނބުރާލައިގެންނެވެ. މެޗުގައި ޖަޕާނަށް ލީޑް ނަގައިދިނީ ކައިޝޫ ސާނޯ އެވެ. ބްރެޒިލް ހާފްތެރެއިން މެދުރޮނގު ކައިރިން ހެދި ގޯހެއްގައި ލިބުނު ބޯޅަ ކުރިއަށް ޖައްސާލުމުން، ބޯޅައާއެކު ކުރިއަށް އަރާ އަސާނޯ ފޮނުވާލީ ކީޕަރު އެލިސަން ބެކާއަށް ފުރުސަތެއް ނުދީ ތިރިތިރިން ދުރު ކަނަށެވެ.
އެންޑްރިކްއާއެކު ދެވަނަ ހާފަށް ނިކުމެ، ހާފް ފަށައިގެން 11 ވަނަ މިނިޓްގައި ބްރެޒިލްއަށް ނަތީޖާ ހަމަހަމަކޮށްދިނީ މިޑްފީލްޑަރ ކަސެމީރޯއެވެ. ގަބްރިއެލް މަގާޅައެސް ނަގައިދިން ރީތި ހުރަސް އޭރިޔާ ތެރޭގައި ހުރެ ކަސެމީރޯ ބޮލުން ފޮނުވާލި ބޯޅަ މަތަކުރަން މެޗުގައި ގިނަ ބޯޅަތަކެއް މަތަކުރި ޖަޕާނު ކީޕަރު ޒިއޯން ސުޒުކީއަށް އެއްވެސް ކަމެއް ނުކުރެވުނެވެ. މެޗު އެއްވަރުވެ، ނަތީޖާ ނެރެން 15 މިނިޓްގެ ދެހާފް ކުޅެން ޖެހިދާނެ ކަމަށް ބެލެވިފައި ވަނިކޮށް، ބްރެޒިލްއިން މެޗު ކާމިޔާބުކުރީ ބަދަލަކަށް ނިކުއިން މާޓިނެލީ ކާމިޔާބުކުރި ލަނޑުންނެވެ.

ގަދަ 16ގެ ބުރުގައި ބްރެޒިލް ވާދަކުރަންޖެހޭނީ ނޯވޭއާއި އައިވަރީ ކޯސްޓް ވާދަކޮށް މޮޅުވާ ޓީމަކާއެވެ.









ކިޔުންތެރިންގެ ހިޔާލު