ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހާލަންޑުގެ ލަނޑުން ނޯވޭ މޮޅުވެ ގަދަ 16އަށް

Images (1)
TTH_Ads
Maldivian_Ads
STO_Ads
Advertisement

އައިވަރީ ކޯސްޓް ބަލިކޮށް، 2-1 އިން ކުރި ހޯދައިގެން ނޯވޭ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގަދަ 16އަށް ދަތުރުކޮށްފިއެވެ.

މެޗުގެ ފުރަތަމަ ހާފްގައި ފުރަތަމަ ކުރި ހޯދީ ނޯވޭއިންނެވެ. ހާފް ނިމެން ހަ މިނިޓަށް ވެފައިވަނިކޮށް، ކެޕްޓަން އޮޑެގާޑް ތަނަވަސްކޮށްދިން ފުރުސަތަކުން ލީޑް ނަގައިދިނީ އެންޓޯނިއޯ ނޫސާ އެވެ. އޭނާ ފޮނުވާލި ބޯޅަ އަމާޒުވީ މަތީ ކަނަށެވެ. މެޗުގެ ފޯރިއާއި ވާދަވެރިކަން ބޮޑުވީ ދެވަނަ ހާފްގައި މެޗުގެ 74 ވަނަ މިނިޓްގައި އައިވަރީ ކޯސްޓުން ލަނޑުޖަހާ ނަތީޖާ ހަމަހަމަ ކުރުމުންނެވެ. ނިކޮލަސް ޕެޕޭ ތަނަވަސްކޮށްދިން ފުރުޞަތަކުން ނަތީޖާ ހަމަހަމަކޮށްދިނީ އަމަދު ޑިއާލޯ އެވެ. އޭނާ ބޯޅަ ފޮނުވާލީ ގޯލުގެ ދުރުކަނަށެވެ. އެކަމަކު އެނަތީޖާގައި އޮތީ 11 މިނިޓެވެ.

ވޯލްޑްކަޕްގައި ފުރަތަމަ ފަހަރަށް ކުޅޭ ނޯވޭގެ ތަރި ހާލަންޑް ލަނޑު ޖަހާ ނޯވޭ ގަދަ 16 އާ ކައިރިކޮށްދިނެވެ. ޕެޓްރިކް ޕާކް ތަނަވަސްކޮށްދިން ފުރުޞަތުގައި ހާލަންޑް ބޯޅަ ގޯލަށް ފޮނުވާލީ އޭރިޔާ ތެރޭގައި ހުރެއެވެ. މިއީ މުބާރާތުގައި ހާލަންޑްގެ ފަސްވަނަ ލަނޑެވެ.

HajjCop_ads
Advertisement

މިއީ ވޯލްޑްކަޕް ނޮކްއައުޓް މެޗެއް ނޯވޭއިން ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. ެން ނޯވޭ ގަދަ 16 ގައި ނުކުންނާނީ ބުރެޒިލާއި ދެކޮޅަށެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

6a892d02a3106bc5df926f9e (1)

ޕަރޭޑޭސް 10 މެޗަށް، އަޔާލާ 3 މެޗަށް ސަސްޕެންޑުކޮށް، އާޖެންޓީނާ 321،000 ޑޮލަރުން ޖޫރިމަނާކޮށްފި

B52c334b 09c5 4c3b b119 aec2d7a06c8c

ހާލަންޑަށް ދުނިޔޭގެ 4 ރެކޯޑެއް

172882787cb5b5fc4723e9a8ed737981

ފީފާގެ ވިޔަފާރި ކުންފުންޏަށް އިންވެސްޓްކުރަނީ ޓްރަމްގެ އާއިލާ ކުންފުންޏަކުން!

QQE6U73G7VLQFAQV6RS5CL324U

އިންފަންޓީނޯގެ ޕްލޭނަށް ތާޢީދުކުރާ ކޮންމެ ޤައުމަކަށް 40 މިލިޔަން ޑޮލަރު ދެނީ!