ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހާލަންޑުގެ މޮޅު ކުޅުމާއެކު ސެނެގާލް ބަލިކޮށް ނޯވޭ ދެވަނަ ބުރަށް

Download (1)
STO_Ads
TTH_Ads
Advertisement

އާލިންގ ބްރައުޓް ހާލަންޑް ދެ ލަނޑާއެކު  ނޯވޭއިން ވޯލްޑް ކަޕްގެ ގަދަ 32 ގެ ޖާގައެއް ކަށަވަރުކޮށްފިއެވެ. ސެނެގާލް ބަލިކޮށް، ނޯވޭ މިމެޗު ކާމިޔާބުކުރީ 3-2 އިންނެވެ.

މުބާރާތުގައި ހާލަންޑު ވަނީ ޖުމްލަ ހަތަރު ލަނޑު ޖަހައި، ނޯވޭގެ ތާރީޚުގައި ވޯލްޑް ކަޕެއްގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ. މިއީ އެ ގައުމުގެ އެހެން ކުޅުންތެރިއަކަށް ވޯލްޑް ކަޕެއްގައި ކާމިޔާބު ކުރެވުނު އެންމެ ގިނަ ލަނޑުގެ އަދަދަށްވުރެ ދެގުނަ އިތުރު އަދަދެކެވެ. ފުރަތަމަ ހާފު ނިމެން ގާތްވެފައިވަނިކޮށް، ސެނެގާލްގެ ކެޕްޓަން ކަލިދޫ ކުލިބާލީއަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ނޯވޭއަށް 1-0 އިން ކުރި ހޯދައިދީފައެވެ.

މެޗުގެ ދެވަނަ ހާފުގައި ފެނިގެންދިޔައީ ހާލަންޑްގެ މޮޅު ކުޅުމެވެ.

HajjCop_ads
Advertisement

މެޗުގެ 48 ވަނަ މިނެޓުގައި މާޓިން އޮޑެގާޑް ތަނަވަސްކޮށްދިން ރީތި ފުރުސަތަކުން ހާލަންޑް ވަނީ ނޯވޭގެ ލީޑު ފުޅާކޮށްދީ، ވޯލްޑް ކަޕްގެ ތާރީޚުގައި ނޯވޭއަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާގެ ރެކޯޑް މުގުރާލާފައެވެ.

އޭގެ ފަހުން އިސްމާއިލާ ސާރ ލަނޑެއް ޖަހައި ސެނެގާލަށް އުންމީދެއް ހޯދައިދިން ނަމަވެސް، އޭގެ ފަސް މިނެޓު ފަހުން ހާލަންޑް ވަނީ ހިތްގައިމު ވޮލީއަކުން އިތުރު ލަނޑެއް ޖަހައި، އަލުން ދެ ގޯލުގެ ފަރަގު ދަމަހައްޓާފައެވެ.

ހާލަންޑް މިހާރު ވަނީ ނޯވޭގެ ގައުމީ ޓީމަށް އެންމެ ފަހުން ކުޅުނު 12 މެޗުގައި ވިދިވިދިގެން ލަނޑު ޖަހާފައެވެ. މީގެ ތެރެއިން އެންމެ ފަހުން ކުޅުނު ހަ މެޗުގެ ކޮންމެ މެޗެއްގައި އޭނާ ވަނީ މަދުވެގެން ދެ ލަނޑު ކާމިޔާބުކޮށްފައެވެ.

ނޯވޭ އާއި ފްރާންސް މިހާރު ވަނީ ގްރޫޕް އަައި އިން މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކޮށްފައެވެ.

 

Ads_MTCC
MPL_Ads
MWSC_ads
Advertisement
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

172882787cb5b5fc4723e9a8ed737981

ފީފާގެ ވިޔަފާރި ކުންފުންޏަށް އިންވެސްޓްކުރަނީ ޓްރަމްގެ އާއިލާ ކުންފުންޏަކުން!

QQE6U73G7VLQFAQV6RS5CL324U

އިންފަންޓީނޯގެ ޕްލޭނަށް ތާޢީދުކުރާ ކޮންމެ ޤައުމަކަށް 40 މިލިޔަން ޑޮލަރު ދެނީ!

Screenshot 2026 07 23 at 20.05.52

ފީފާގެ ޑްރީމް ޓީމުގައި އެމްބާޕޭ، މެސީ، ރޮޑްރީ، އަދި ކާބޯވޭޑޭގެ ކީޕަރު

Big Fn04qOjhen80FLFzcPBtigO6Q

އާޖެންޓީނާއަށް ނުގޮސް މެސީ އެމެރިކާގައި