ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އީވޯޓިންއަށް ދާން ރާއްޖެ ތައްޔާރެއް ނޫން: ޝަކީލު

Shakeel elections
MPL_Ads
STO_Ads
TTH_Ads
Advertisement

އިލެކްޓްރޯނިކް ވޯޓިން ނިޒާމު، އީ-ވޯޓިން ނިޒާމަކަށް ދާން ރާއްޖެ އަދި ތައްޔާރު ނޫންކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް މުޙައްމަދު ޝަކީލް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައި ޝަކީލް ވިދާޅުވީ އީ-ވޯޓިން ނިޒާމަކަށް ދިއުމުގެ ކުރިން އެކަމާއި މެދު ރައްޔިތުން ވަރަށް ބޮޑަށް ހޭލުންތެރިކުރަން ޖެހޭކަމަށެވެ. ރާއްޖެއަށް އީވޯޓިން ގެނައުމަށް މާއްދީ ހުރަހެއް ނެތް ނަމަވެސް އެ ނިޒާމު ރާއްޖެއަށް ގެނައުމަށް ދިވެހި މުޖުތަމަޢު އަދި ތައްޔާރު ނޫންކަން ޝަކީލް ވަނީ ފާހަގަކުރައްވާފައެވެ. އެފަދަ ބަދަލެއް ގެންނަންވާނީ އާއްމުންނަށް އެ ނިޒާމަކީ ކޮބައިކަން އަންގާދިނުމަށް ދެމެހެއްޓެނެވި މަސައްކަތްތަކެއް ކުރުމަށް ފަހު ކަމަށް ވެސް ޝަކީލް ވިދާޅުވިއެވެ. ވޯޓުލުމުގެ އިންތިޒާމްތައް އީ-ވޯޓިންއަށް ބަދަލުކުރަންވާނީ ރައްޔިތުން އެކަމަށް ތައްޔާރުކަމަށް ރައްޔިތުން ޤަބޫލުކުރާ ފަހުންކަމަށާއި އެފަދަ ހާލަތެއް ރާއްޖޭގައި ނެތްކަމަށް ޝަކީލް ވިދާޅުވިއެވެ.

“އަދި އަޅުގަނޑުމެންގެ މުޖުތަމަޢު އޮތްގޮތުން އީ-ވޯޓިންއަށް ތައްޔާރެއް ނޫން. އެއީ މިދަންނަވާހެން މި ނިޒާމާއި މެދު އެކި ގޮތްގޮތަށް ވާހަކަ އެބަދެކެވޭ. އީވޯޓިން ނިޒާމްގެ ވާހަކަ ދެކެވޭ އިރު އޮޅުވާލަން މަސައްކަތްކުރަނީއޭ ބުނެ ވާހަކަ އެބަދެކެވޭ. އީވޯޓިން ނިޒާމަކަށް ދިއުމުގެ ކުރިން ހޭލުންތެރިކޮށް ހަގީގީ މައުލޫމާތު ފޯރުކޮށްދޭންޖެހޭ.” ޝަކީލް

HajjCop_ads
MPL_Ads
Advertisement

ޝަކީލް މިފަދައިން ވިދާޅުވެފައި މިވަނީ ޑިޖިޓަލް ޓްރާންސްފޮމޭޝަން ބިލާއެކު އީވޯޓިންގެ ބަހުސް ސިޔާސީ ފަރާތްތަކުގެ މެދުގައި ކުރިއަށްދާ ދަނޑިވަޅެއްގައެވެ. މި ބިލު މެދުވެރިކޮށް އެ ނިޒާމަށް މަގުފަހިކޮށްދޭ ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރި ނަމަވެސް އެފަދަ މަަސައްކަތެއް އީސީން ކުރަމުން ނުދާކަން ތަކުރާރުކޮށް އެ ކޮމިޝަނުން ހާމަކުރައްވާފައިވެއެވެ. އަދި އީ-ވޯޓިންއާ ބެހޭ އެެއްވެސް ވާހަކައެއް އެ ބިލުގައި ހިމަނާފައިނުވާކަން ފާހަގަކޮށްލެވެއެވެ. ގާނޫނަށް ބަދަލު ގެނެސް، ނިޒާމު ބަދަލުކުރަން އެއްވެސް މަސައްކަތެއް ނުކުރާކަމަށް ސަރުކާރު ހިންގާ ޕާޓީ ޕީއެންސީ އަށް ނިސްބަތްވާ މެމްބަރުން ވެސްވަނީ ފާހަގަކުރައްވާފައެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
STO_Ads
MPL_Ads
HajjCop_ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Shakeel elections

އާއްމުން ހޭލުންތެރިކުރުމަށް އީސީއަށް ލިބެނީ ކުޑަ ބަޖެޓެއް: ޝަކީލް