ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އީރާނަށް ދިން ހަމަލާތަކަށް ވަރުގަދައަށް ބަދަލުހިފަން ފަށައިފި، އެމެރިކާގެ ބޭސްތަކަށް ބޮޑެތި ގެއްލުން

TTH_Ads
STO_Ads
Advertisement

އީރާނުގެ ސިޓީތަކާއި ރަށްތަކަށް އެމެރިކާ ސިފައިން ކެނޑިނޭޅި ވަރުގަދަ ވައިގެ ހަމަލާތަކެއް ދިނުމުން އީރާނުން ވަރުގަދަ ބަދަލުހިފުމަކުން ސަރަހައްދުގެ ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ ބޭސްތަކަށް ވަރުގަދަ ވައިގެ ހަމަލާތަކެއްދީ  ބަދަލުހިފަމުން އެބަ ގެންދެއެވެ.

އެމެރިކާ ސިފައިން ރޭގައިވަނީ އީރާނުގެ ސިޓީތަކާއި ރަށްތަކަށް ސަތޭކަ ސާޅީހަށްވުރެ ގިނަ ވައިގެ ހަމަލާ ދީފައެވެ.

ރައްދުގައި އީރާނުން ވަނީ ގަތަރު، ޔޫއޭއީ، އުރުދުން، ކުވައިތު، ބަހްރެއިން އަދި އުމާނުގައި އެމެރިކާ ސިފައިން ތިބޭ ތަންތަނަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފައެވެ. އަދި މިހާރުވެސް ބައެއް ސަރަހައްދުތަކަށް ހަމަލާތައް ދެމުން އެބަ ގެންދެއެވެ.

HajjCop_ads
Advertisement

އީރާނުން ޑްރޯން އާއި ބެލިސްޓިކް މިސައިލް ހަމަލާތައްދީ ޔޫއޭއީގެ އައްދަފްރާ އެއަރބޭސް ގޮއްވާލާފައި ވާއިރު، ގަތަރުގައި ހުރި ސެޓެލައިޓް ކޮމިއުނިކޭޝަން އެންޓަނާއެއްވެސް ހަލާކުކޮށްލާފައި ވެއެވެ.

އަދި ގަތަރުގައި ގާއިމްކޮށްފައިވާ މެދުއިރުމަތީގައި އޮންނަ އެމެރިކާގެ އެންމެބޮޑު އަސްކަރީ ބޭސްތަކަށް އަލް އުދައިދް އެއަރބޭހަށް ބެލިސްޓިކް މިސައިލް ހަމަލާތައްދީ، އެމެރިކާ ސިފައިންގެ ފައިޓަރ ޖެޓުތަކުގެ މެއިންޓެނަންސް އަދި ރިޕެއަރ ސެންޓަރުވެސް ގޮއްވާލާފައި ވެއެވެ.

އަދި ކުވައިތުގައި ގާއިމްކޮށްފައިވާ އެމެރިކާގެ ޕޭޓްރިއޭޓް މިސައިލް ސިސްޓަމްތައްވެސް ހަލާކުކޮށްލާފައި ވެއެވެ.

މީގެއިތުރުން، އުރުދުންގައި ގާއިމްކޮށްފައިވާ އެމެރިކާ ސިފައިންގެ ކޮމާންޑް އެންޑް ކޮންޓްރޯލް ސެންޓަރުވެސް އީރާނުން ހަމަލާދީ ހަލާކުކޮށްލާފައި ވެއެވެ.

އުރުދުންގައި ގާއިމްކޮށްފައިވާ އެމެރިކާ ސިފައިން ބޭނުންކުރާ ތެޔޮ ރައްކާކުރާ ޓޭންކްތައްވެސް އީރާނުންވަނީ ހަމަލާދީ ގޮއްވާލާފައެވެ.

އުމާނަށް އީރާނުގެ އިންގިލާބީ ލަޝްކަރުން ދިނީ ވަރުގަދަ އަދި “ސަޕްރައިޒް” ކުއްލި ހަމަލާތަކެކެވެ. މި ހަމަލާތައް އަމާޒުކުރީ އެމެރިކާ ސިފައިންގެ ލޮޖިސްޓިކްސް ސަޕޯޓް ސެންޓަރުތަކާއި، ރެފިއުލިންގ ޕްލެޓްފޯމްތަކަށެވެ.

އީރާނުގެ އިންގިލާބީ ލަޝްކަރުން ނެރުނު ބަޔާނެއްގައި އިންޒާރުކޮށްފައިވަނީ، ސަރަހައްދުގެ އަމާންކަން ގެއްލެމުންދިއުމުގެ ފުރިހަމަ ޒިންމާ ނަގަންޖެހޭނީ އެމެރިކާއާއި ޒަޔަނިސްޓު ދައުލަތުން ކަމަށާއި، އީރާނާ ދެކޮޅަށް ހިންގާ އުދުވާނު ތަކުރާރު ކޮށްފިނަމަ އިތުރު ހަރުކަށި ރައްދުތަކެއް ދޭނޭ ކަމަށެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އީރާނުން ގެންދަނީ، ފުރިހަމަ ބާރު ދައްކައި މުޅި ސަރަހައްދުގެ ކޮންޓްރޯލް ނަގަމުންނެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
MPL_Ads
HajjCop_ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

“އީރާނުން އެދިގެން” ވާހަކަދައްކަން ނިންމައިފިން، ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމެއް މިހާރަކުނެތް: ޓްރަމްޕް

އީރާނާއި އެމެރިކާއިން މިއަދުވެސް ހަމަލާތައް ބަދަލުކުރަނީ

ސުލްހައިގެ މަގަށް އެނބުރި އައުމަށް ޕާކިސްތާނުން އީރާނަށާއި، އެމެރިކާއަށް ގޮވާލައިފި

އެއްބަސްވުންތައް ނިމުނީ، އީރާނަށް މިރޭވެސް ހަމަލާދޭނަން: އެމެރިކާގެ ރައީސް