ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މަތީ އަރުތަވެރިންގެ 3ވަނަ ދަންފަޅި ނައިބް ރައީސް ޝަރަފުވެރިކޮށްދެއްވައިފި

STO_Ads
MPL_Ads
TTH_Ads
Advertisement

މަތީ އަރުތަވެރިންގެ އިނާމް 2025 ދިނުމުގެ ރަސްމިއްޔާތުގެ 3 ވަނަ ދަންފަޅި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ޝަރަފުވެރި ކޮށްދެއްވައިފިއެވެ.

ހުޅުމާލެ ސީއެޗްއެސްސީ ހޯލުގައި ބޭއްވި މި ރަސްމިއްޔާތުގައި ނައިބުރައީސްގެ އިތުރުން ތަޢުލީމީ ވަޒީރާއި ދައުލަތުގެ ބައެއް ވަޒީރުން ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވަނީ، 2025 ވަނަ އަހަރު މަތީ ސާނަވީ ތައުލީމު ނިންމާ އިމްތިހާނުތަކުން ގަދަ 10ގެ ފަސްވަނަ ހާސިލްކޮށްފައިވާ 42 ދަރިވަރުންގެ ތެރެއިން ފުރަތަމަ ބުރުގެ 16 ދަރިވަރުންނަށް އެވޯޑު ހަވާލުކޮށްދެއްވާފައެވެ. އަދި 2025 ވަނަ އަހަރު މަތީ ސާނަވީ ތައުލީމު ނިންމާ އިމްތިހާނުތަކުން ގަދަ 10ގެ 4ވަނަ ހާސިލުކުރި 48 ދަރިވަރުންގެ ތެރެއިން ފުރަތަމަ ބުރުގެ 7 ދަރިވަރުންނަށްވެސް ވަނީ އެވޯޑް ހަވާލުކޮށްދެއްވާފައެވެ.

MPL_Ads
HajjCop_ads
Advertisement

“މަތީ އަރުތަވެރިންގެ އިނާމު” ދިނުމުގެ 3 ވަނަ ދަންފަޅީގައި 390 ދަރިވަރުންނަށް ވަނީ އިނާމު ދެއްވާފައެވެ. މީގެތެރޭގައި ހިމެނެނީ، މަތީ ސާނަވީ އިމްތިހާނު ނިންމި ދަރިވަރުންގެ ތެރެއިން 10 ވަނަ ޙާސިލުކުރި 55 ދަރިވަރުންނާއި، 9 ވަނަ ޙާސިލުކުރި 67 ދަރިވަރުންނާއި، 8 ވަނަ ޙާސިލުކުރި 61 ދަރިވަރުންނާއި، 7 ވަނަ ޙާސިލުކުރި 60 ދަރިވަރުންނެވެ. އަދި 6 ވަނަ ޙާސިލުކުރި 57 ދަރިވަރުންނާއި، 5 ވަނަ ޙާސިލުކުރި 42 ދަރިވަރުންގެ އިތުރުން 4 ވަނަ ޙާސިލުކުރި 48 ދަރިވަރުންވެސް ހިމެނެއެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
MPL_Ads
STO_Ads
HajjCop_ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ވޮކޭޝަނަލް ޖަރނީ އިން ފްރޭމްސް ފޮޓޯ މައުރަޒު ހުޅުއްވައިދެއްވައިފި

391475 89a551fc 0

ރައީސުލްޖުމްހޫރިއްޔާގެ ނައިބު، “ދިވެހި ޔޫތު ލީގު” މުބާރާތުގެ އެވޯޑް ދިނުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައިފި