ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

“އީރާނުން އެދިގެން” ވާހަކަދައްކަން ނިންމައިފިން، ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމެއް މިހާރަކުނެތް: ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބ
TTH_Ads
Maldivian_Ads
STO_Ads
Advertisement

“އީރާނުން އެދިގެން” ވާހަކަތައް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.

ޓްރަމްޕް މިހެން ބުނެފައިވަނީ، އޭނާގެ އަމިއްލަ ޓުރުތު ސޯޝަލްގައި ޕޯސްޓްކުރި މެސެޖެއްގައެވެ.

އެމެރިކާގެ ރައީސް ބުނެފައިވަނީ، ވާހަކަ ދައްކަން އީރާނުން އެދުމުން އެކަމަށް އެމެރިކާ އެއްބަސްވެފައިވާ ކަމަށާއި، ނަމަވެސް، ހަމަލާތައް ހުއްޓާލުމަށް ދެފަރާތުން ވެފައިވާ އެއްބަސްވުން ނިމުމަކަށް އައިސްފައިވާ ކަމަށް އީރާނަށް އަންގާފައިވާ ކަމަށްވެސް ޓްރަމްޕް ބުނެފައި ވެއެވެ.

HajjCop_ads
Advertisement

ކަށަވަރު ނުވާ ރިޕޯޓްތައް ބުނާގޮތުގައި، އީރާނާއި އެމެރިކާއާ ދެމެދު ބާއްވާ ވާހަކަތައް އަންނަ ހަފްތާގައި ފަށާނެއެވެ. ވާހަކަތައް އޮންނާނީ ސްވިޒަރލޭންޑްގައި ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

އެހެން ނަމަވެސް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މެސެޖާ ގުޅޭގޮތުން އީރާނުން އަދި އެއްވެސް އެއްޗެއް ނުބުނެއެވެ.

ހަމަލާތައް ހުއްޓާލުމަށް އީރާނާއެކު ވެފައިވާ އެއްބަސްވުން “ނިމުމަކަށް” އައިސްފައިވާ ކަމަށް އެމެރިކާގެ ރައީސް ހާމަކޮށްފައިވާއިރު، އެމެރިކާގެ އެމެރިކާ އަސްކަރިއްޔާގެ ހަނގުރާމަމަތީ ޖެޓުތައް އުފުލާ އަދި މިސައިލް ހަމަލާތައް ދިނުމަށް ބޭނުންކުރާ ބިޔަ ދެ މަނަވަރު އީރާނާ ގާތަށް މިހާރު ގޮސްފައިވާ ކަމަށް، ސެޓެލައިޓް ފޮޓޯތަކާ ހަވާލާދީ މީޑިއާއިން ބުނެއެވެ. އީރާނަށް މިސައިލުން ހަމަލާ ދެވޭވަރަށް އީރާނާ ގާތަށް މަނަވަރުތައް ގޮސްފައިވާ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

އެމެރިކާ އަސްކަރިއްޔާގެ މި މަނަވަރުތައް އީރާނާ ގާތަށް ދިއުމުގެ މާނައަކީ، އީރާނާ ދެކޮޅަށް އެމެރިކާއިން އަނެއްކާވެސް ވަރުގަދަ ހަމަލާތަކެއް ފަށަން އުޅޭކަމުގެ ނިޝާނެއް ކަމަށް، މަސްރަހް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
STO_Ads
Maldivian_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ސީރިއާއަކީ މިހާރު ޓެރަރިޒަމަށް ވާގިވެރިވާ ގައުމެއްނޫން: އެމެރިކާ

އީރާނުގެ އިގްތިސާދު ފުނޑުފުނޑުކޮށްލުމަށް އެމެރިކާއާ ބައިވެރިވާ ގައުމުތަކަށް ހަމަލާ ދޭނެ ކަމުގެ އިންޒާރު އީރާނުން ދީފި

އުމާނަށް ބޮންއަޅަން ޖެހިދާނޭ ކަމަށް އެމެރިކާގެ ރައީސް ޓްރަމްޕް އިންޒާރު ކޮށްފި

މެދުއިރުމަތިން އަބްރަހަމް ލިންކަން އަނބުރާ ގެންދަން އެމެރިކާއިން ނިންމުމުން އެތަކެއް ވާހަކަތަކެއް ފެތުރެނީ