މާލޭގައި ގަވާއިދާ ހިލާފަށް އުޅެމުން އަންނަ ބިދޭސީން ހޯދުމަށް ފެށި އޮޕަރޭޝަނުގެ ތެރެއިން އިތުރު ބިދޭސީންތަކެއް ބަލައިފާސްކޮށްފިއެވެ.

މާލޭގައި ގަވާއިދާ ހިލާފަށް ބިދޭސީން ހިންގަމުންދާ ވިޔަފާރިތަކަށް އަމާޒުކޮށް، ޓާސްކްފޯސްއިން ވަނީ ހުޅުމާލެ އަދި މާލޭގައި ބިދޭސީންނާއި ސުވާލުކޮށްފައެވެ.

މި އޮޕަރޭޝަނުގައި 68 ބިދޭސީއަކު ބަލައި ފާސްކޮށްފައިވާ ކަމަށް އިމިގްރޭޝަނުން ވިދާޅުވިއެވެ.

އިޝްތިހާރު އިޝްތިހާރު

މީގެ ތެރެއިން ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 7 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

އިމިގްރޭޝަނުން މި އަހަރާއި މިދިޔަ އަހަރުގެ ތެރޭގައި ހިންގި ރެއިޑް އޮޕަރޭޝަންތަކުގައި މިހާތަނަށް ގިނަ އަދަދެއްގެ ބިދޭސީން ވަނީ އަތުލައިގަނެފައެވެ. އަދި މި މައްސަލަތަކާ ގުޅިގެން ޑިޕޯޓޭޝަން ސެންޓަރުގައި ބަންދުކުރާ ފަރާތްތައް އެ މީހުންގެ ގައުމުތަކަށް ފޮނުވުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.