ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އީރާނާއި އެމެރިކާއިން މިއަދުވެސް ހަމަލާތައް ބަދަލުކުރަނީ

STO_Ads
Maldivian_Ads
TTH_Ads
Advertisement

އެމެރިކާ ސިފައިން އީރާނަށް ވައިގެ ހަމަލާތައް ދެމުންގެންދާތީ، އީރާނުންވެސް ރައްދުގައި ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ ބޭސްތަކަށް ހަމަލާތައް ދެމުން އެބަ ގެންދެއެވެ.

އީރާނުން އެމެރިކާގެ ބޭސްތަކަށް ހަމަލާ ދެމުންގެންދަނީ ބެލިސްޓިކް މިސައިލާއި ޑްރޯން ބޭނުންކޮށްގެންނެވެ.

ރޭގައި އީރާނުގެ އެތައް ސިޓީއަކަށް ދިން އުދުވާނީ ހަމަލާތަކަށްފަހު އެމެރިކާ ސިފައިން މިއަދު ހަމަލާތައް ދީފައިވަނީ ބަންދަރު އައްބާސްއަށާއި، ބުޝެހްރް އަދި ޝީރާޒަށެވެ.

HajjCop_ads
Advertisement

ޝީރާޒަށް ދިން ހަމަލާތަކަށްފަހު އެ ރަށުގައި ހުރި އިލެކްޓްރޯކިކްސް އިންޑަސްޓްރީޒް ކޮމްޕްލެކްސްއިން ދުން އަރަމުންދާ ކަމަށް އީރާނު މީޑިއާއިން ބުނެއެވެ.

ރައްދުގައި އީރާނުން ގެންދަނީ ކުވައިތާއި، އުރުދުންގައި ގާއިމްކޮށްފައިވާ އެމެރިކާގެ އަސްކަރީ ބޭސްތަކަށް ވަރުގަދަ މިސައިލް ހަމަލާތަކެއް ދެމުންނެވެ.

އުރުދުން އަސްކަރިއްޔާ އަދި އެމެރިކާ ސިފައިން އޮޕަރޭޓްކުރާ މުވައްފާގް ޝަލްތީ އެއަރބޭހަށް އީރާނުންވަނީ ފަސްވަރަކަށް ބެލިސްޓިކް މިސައިލުން ހަމަލާ ދީފައެވެ. އީރާނުގެ މިސައިލްތައް ހުއްޓުވަން އެއަރ ޑިފެންސް ސިސްޓަމްތައް އެކްޓިވޭޓް ކުރި ނަމަވެސް، ބައެއް މިސައިލްތައް ބޭހަށް އަމާޒުވާ މަންޒަރު ފެންނަ ވީޑިއޯތައް އާންމުވެފައި ވެއެވެ.

ކުވައިތުގައި އެމެރިކާ ސިފައިން ތިބޭ ބޭސްތަކުން ބާރުގަދަ ގޮވުންތަކުގެ އަޑުފަށްގަނޑު އިވެމުންދާއިރު، ނުރައްކާ އަންނަ ކަމުގެ ޑަނޑޫރާގެ އަޑު މެދުނުކެނޑޭ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

މީގެއިތުރުން، އީރާނުގެ މިސައިލް ހަމަލާތައް ބަހްރެއިންގައި އޮންނަ އެމެރިކާ ކަނޑުގެ ސިފައިންގެ ފިފްތު ފްލީޓުގެ ހެޑްކުއާޓަރަށްވެސް އަމާޒުކުރަމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެމެރިކާ ސިފައިން ރޭގައިވަނީ އީރާނުގެ އެކި ސިޓީތަކަށް ނުވަދިހައަށްވުރެ ގިނަ ވައިގެ ހަމަލާ ދީފައެވެ. ހަމަލާތައް އަމާޒުކުރީ އީރާނު އަސްކަރިއްޔާއާ ގުޅުންހުރި ތަންތަނަށް ކަމަށް އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ބުނި ނަމަވެސް، އިންޖީނުގެތަކާއި، ބްރިޖަކަށާއި، ރޭގު މަގު ވިއުގައަކަށާއި، ހޮސްޕިޓަލަކަށްވެސް އެމެރިކާ ސިފައިން ބޮންއެޅި ކަމަށް އީރާނު ސަރުކާރާ ހަވާލާދީ އީރާނު މީޑިއާއިން ބުނެއެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އެމެރިކާ ރައްޔިތުން ސައުދީ އަރަބިއްޔާއަށް ދަތުރުކުރާނަމަ އަލުން ވިސްނުމަށް އެމެރިކާއިން އަންގައިފި

ހަކަތައާ ގުޅުންހުރި ތަންތަނަށް ހަމަލާނުދޭން ޔޫކްރެއިނާއި ރަޝިޔާ އެއްބަސްވެއްޖެ

އީރާނުން ގަލްފްގެ ގައުމުތަކާ ބައްދަލުކުރިޔަސް ފަރުވާލެއް ނެތް: އެމެރިކާގެ ރައީސް

ވިޔަފާރި އުޅަނދަށް އެމެރިކާއިން ދިން ހަމަލާ އީރާނުން ވަރަށް ބޮޑަށް ކުށްވެރިކޮށްފި، ހަމަލާގައި އެކަކު މަރުވި