ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ދިވެހި ފުލުހުންގެ ޚިދުމަތުގެ ވެންޑަރ ޕޫލް ގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފި

police
Maldivian_Ads
TTH_Ads
STO_Ads
Advertisement

ދިވެހި ފުލުހުންގެ ޚިދުމަތަށް ބޭނުންވާ ތަފާތު މުދަލާއި، ޚިދުމަތް އަދި މަސައްކަތްތައް ފޯރުކޮށްދޭ ފަރާތްތައް ހިމެނޭ “ވެންޑަރ ޕޫލް” އެކުލަވާލުމަށްޓަކައި، އެ ޕޫލްގައި ރަޖިސްޓްރީވުމުގެ ފުރުސަތު ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ވިޔަފާރިތަކަށާއި، މުދާ ފޯރުކޮށްދޭ ފަރާތްތަކުގެ އިތުރުން މަސައްކަތްތެރިންނަށް ހުޅުވާލައިފިއެވެ.

މި ވެންޑަރ ޕޫލަކީ ދިވެހި ފުލުހުންގެ ޚިދުމަތަށް ބޭނުންވާ ތަކެއްޗާއި ހިދުމަތްތަކުގެ ތެރެއިން، އަގު 35,000.00ރ (ތިރީސްފަސްހާސް ރުފިޔާ) އަށް ވުރެ ކުޑަ މުދަލާއި ހިދުމަތްތައް ފޯރުކޮށްދިނުމަށް އެކުލަވާލާ ޕޫލެކެވެ. އިއުލާން ނަންބަރު 171-Y(FBM2)/IUL/2026/129 އާ ގުޅިގެން މި ޕޫލްގައި ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކުން، އިއުލާނާއެކު ޝާއިއުކޮށްފައިވާ މައުލޫމާތު ކަރުދާހާ އެއްގޮތަށް “ވެންޑަރ ރެޖިސްޓްރޭޝަން ފޯރމް” ފުރިހަމަކުރުމަށްފަހު، ހުށަހަޅަންޖެހޭ ލިޔެކިޔުންތަކާއެކު އީމެއިލް މެދުވެރިކޮށް ހުށަހަޅަންޖެހެއެވެ.

އެގޮތުން ފުރިހަމަކޮށްފައިވާ ފޯރމާއި ލިޔެކިޔުންތައް [email protected] އަށް އީމެއިލް ކުރުމަށްފަހު، [email protected] އަށް އޭގެ ކޮޕީއެއް ފޮނުވަންޖެހޭނެއެވެ. އަދި ވެންޑަރ ޕޫލްގައި ރަޖިސްޓްރީވިކަން ކަށަވަރުވާނީ ރަޖިސްޓްރީ ނަންބަރު ލިބުމުންނެވެ.

HajjCop_ads
Advertisement

މި ވެންޑަރ ޕޫލްގައި ރަޖިސްޓްރީ ވުމުގެ އެންމެ ފަހު ސުންގަޑިއަކީ 2026 ޖުލައި 30 ވާ ބުރާސްފަތި ދުވަހުގެ 12:00 އެވެ. މި ސުންގަޑީގެ ފަހުން ލިބޭ އެއްވެސް ފޯރމެއް ބަލައިނުގަނެވޭނެއެވެ.

މިކަމާ ގުޅޭ އިތުރު މައުލޫމާތު ދިވެހި ފުލުހުންގެ ޚިދުމަތުގެ ޕްރޮކިއުމަންޓް ސެކްޝަނުގެ ނަންބަރު 9790052 ފޯނަށް ގުޅައިގެން ނުވަތަ [email protected] އީމެއިލް މެދުވެރިކޮށް ސާފުކުރެވޭނެއެވެ.

ގެޒެޓްގައި ޝާއިއުކޮށްފައިވާ އިއުލާން: https://www.gazette.gov.mv/iulaan/401451

Ads_MTCC
MWSC_ads
MPL_Ads
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Police 12 Sept

ރަސްމީ ފާލަން ހިމެނޭ ސަރަހައްދުން އުޅަނދުތައް ނަގަން އަންގައިފި

ބަނގުރާ ގެންގުޅެ، ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހުޅުމާލެ ފޭސް 1އިން ދެ މީހުން ހައްޔަރުކޮށްފި

ކޮލެޖު އޮފް ޕޮލިސިންގެ 2 ކޯހަކުން 54 ފުލުހުން ދަސްވެނިވެއްޖެ

ސައިބަރ ޑްރިލްއާއި، ސައިބަރ ކްރައިސިސް ޕްރޮގްރާމް ކުރިއަށް ގެންގޮސްފި