ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެއްބަސްވުންތައް ނިމުނީ، އީރާނަށް މިރޭވެސް ހަމަލާދޭނަން: އެމެރިކާގެ ރައީސް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް
TTH_Ads
STO_Ads
Advertisement

އީރާނާއި އެމެރިކާއާ ދެމެދު ސޮއިކޮށްފައިވާ ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމާއި، އެމްއޯޔޫ ނިނުމަކަށް އައިސްފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.

ތުރުކީގައި މިވަގުތު ހުރި އެމެރިކާގެ ރައީސް، ޔޫކްރެއިންގެ ރައީސް ޒެލެނެސްކީއާ ބައްދަލު ކުރުމަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ބުނީ، އީރާނުގެ އަމަލުތައް ހުރީ އެއްގޮތަކަށްވެސް އޭނާއަށް ގަބޫލުކުރެވޭ ގޮތަކަށް ނޫން ކަމަށެވެ. އީރާނުގެ ވެރިން އިޚްލާސްތެރި ނޫން ކަމަށެވެ.

އީރާނާ ދެން އެއްވެސް މުއާމަލާތެއް ކުރަން ބޭނުން ނުވާކަމަށްވެސް ޓްރަމްޕް ބުނެފައި ވެއެވެ.

HajjCop_ads
Advertisement

އެމެރިކާގެ ރައީސް ޓްރަމްޕް ބުނީ، އެމެރިކާ ސިފައިން އީރާނަށް ދިން ވަރުގަދަ މިސައިލް ހަމަލާތަކުގައި ބޮޑެތި ގެއްލުންތައް ދެވުނު ކަމަށެވެ. އީރާނުން އަލުން މަރާމާތު ކުރަމުންދިޔަ ރާޑަރު ސިސްޓަމްތައްވެސް ހަލާކުކޮށްލެވުނު ކަމަށް ބުންޏެވެ.

އެމެރިކާގެ ރައީސް ޓްރަމްޕްވަނީ، އެމެރިކާ ސިފައިން މިރޭވެސް އީރާނަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދޭނޭ ކަމަށް ބުނެފައެވެ.

ޓްރަމްޕްގެ އިންޒާރުގައި ބުނެފައިވަނީ، އީރާނުގެ އިންޖީނުގެތަކަށާއި، ބްރިޖްތަކަށާއި، އަދި ޑިސަލިނޭޝަން ޕްލާންޓްތަކަށްވެސް ބޮންއަޅައި ގޮއްވާލަން ޖެހިދާނޭ ކަމަށެވެ. ހަމަ އެއައެކު، އީރާނުގެ ތެލުގެ ސިނާއަތުގެ މައި ހަބް ކަމަށްވާ ޚަރަޖް އައިލެންޑް ހިފަން ޖެހިދާނޭ ކަމަށްވެސް ޓްރަމްޕް އިންޒާރު ކޮށްފައި ވެއެވެ.

ޚަރްޖް އައިލެންޑަށް އެމެރިކާ ސިފައިން ރޭގައިވެސް ވަނީ އުދުވާނީ ހަމަލާތަކެއް ދީފައެވެ.

މީގެއިތުރުން، އެމެރިކާގެ ރައީސް ބުނީ، އީރާނުގެ ބަނދަރުތައް ބްލޮކް ކޮށްފައި އޮތް އޮތުން އަލުން އިއާދަކުރަންވެސް ޖެހިދާނޭ ކަމަށެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
STO_Ads
HajjCop_ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

10 ދުވަހަށް ހަމަލާތައް ހުއްޓާލަން އެމެރިކާއިން ހުށަހެޅި ހުށަހެޅުމަށް އީރާނުން ނޫނެކޭ ބުނެފި

އެމްއޯޔޫގެ ކަންތައް ނިމުނީ، އެމެރިކާއާ މަޝްވަރާކުރުމެއްވެސް ދެން ނޯންނާނެ: އީރާނު

އީރާނުގެ 6 ބްރިޖަކަށް އެމެރިކާއިން ހަމަލާދިނުމާ ގުޅިގެން އީރާނުން ވަރުގަދައަށް ބަދަލުހިފަނީ

އީރާނާއެކު އެއްބަސްވުމެއް ހެދިޔަނުދޭން، ވާހަކަތަކަށް ހުރަސްއަޅަން އިސްރާއީލުން ފަންޑުކުރި: އެމެރިކާގެ ނައިބް ރައީސް