ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެލައިޑް އިންޝުއަރެންސާއި ސީއޭ މޯލްޑިވްސްއާ ދެމެދު އެކައުންޓިންގ ދާއިރާ ކުރިއެރުވުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި

TTH_Ads
STO_Ads
Advertisement

ރާއްޖޭގެ އެކައުންޓިންގ ދާއިރާ ހަރުދަނާކޮށް ކުރިއެރުވުމަށާއި، އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް (ސީއޭ މޯލްޑިވްސް) ގެ މެންބަރުންނަށް ލިބޭ އިނާޔަތްތައް އިތުރުކުރުމަށްޓަކައި، އެލައިޑް އިންޝުއަރެންސް ކޮމްޕެނީ އޮފް ދަ މޯލްޑިވްސް އާއި ސީއޭ މޯލްޑިވްސްއާ ދެމެދު މިއަދު ފަހުމުނާމާ (އެމްއޯޔޫ) އެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގެ މައިގަނޑު މަގްސަދަކީ ދެ މުއައްސަސާ ގުޅިގެން ފަންނީ ތަރައްގީއަށް މަސައްކަތްކުރުމާއި، މައުލޫމާތު ބަދަލުކުރުމުގެ އިތުރުން، އެކައުންޓިންގ ދާއިރާގައި އަޚްލާގީ މިންގަނޑުތައް ހިފެހެއްޓުމާއި މާލީ ދެފުށް ފެންނަ ނިޒާމެއް ގާއިމުކުރުމަށް ބާރުއެޅުމެވެ.

މި ފަހުމުނާމާގެ ދަށުން، އެލައިޑް އިންޝުއަރެންސްގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތައް ސީއޭ މޯލްޑިވްސްގެ މެންބަރުންނަށް ވުމަށް ހިތްވަރުދީ، ދެ ފަރާތް ގުޅިގެން ދާއިރާގެ ތަޖުރިބާކާރުން ބިނާކުރުމަށާއި މާލީ ދާއިރާއާ ގުޅުންހުރި ދިރާސާތައް ކުރުމަށް ވަނީ ނިންމާފައެވެ.

HajjCop_ads
Advertisement

މީގެ އިތުރުން، މި އެއްބަސްވުމުގެ ދަށުން ސީއޭ މޯލްޑިވްސްގެ މެންބަރުންނަށް ހާއްސަ އިނާޔަތްތަކެއް ލިބިގެންދާނެއެވެ. އޭގެ ތެރޭގައި އެކައުންޓެންޓުންގެ ލައިސަންސް ހޯދުމަށް ބޭނުންވާ ‘ޕްރޮފެޝަނަލް އިންޑެމްނިޓީ ތަކަފުލް’ ހޯދުމުގައި ލުއިގޮތްތަކާއި ހާއްސަ ރޭޓުތަކެއް ހަމަޖެހިގެންދާނެއެވެ. އަދި ސީއޭ މޯލްޑިވްސްގެ މެންބަރުންނާއި ދާއިމީ މުވައްޒަފުންނަށް ‘ގްރޫޕް ހެލްތު ތަކަފުލް’ އަދި ‘ގްރޫޕް ޓާމް ލައިފް ތަކަފުލް’ ގެ ހިދުމަތްތައްވެސް ހާއްސަ އުސޫލުތަކެއްގެ ދަށުން ލިބޭނެ ގޮތް ވަނީ ހަމަޖެހިފައެވެ.

މި ރަސްމިއްޔާތުގައި ދެ މުއައްސަސާއިންވެސް ފާހަގަކުރި ގޮތުގައި، މި ފަހުމުނާމާގެ ސަބަބުން ރާއްޖޭގެ މާލީ ދާއިރާގެ ފެންވަރު މަތިވެ، އިތުބާރު ހުރި އަދި ދެފުށް ފެންނަ ނިޒާމެއް ބިނާކުރުމަށް ބޮޑު ބާރަކަށް ވެގެންދާނެއެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
MPL_Ads
STO_Ads
HajjCop_ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގުޅުން ހުރި ލިޔުމެއް ނުފެނުނު