ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސިއްހީ ދާއިރާގެ އުމްރާނީ ތަރައްގީގެ 166 މަޝްރޫއެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްދޭ: ގީލާ

Igmh
STO_Ads
TTH_Ads
Maldivian_Ads
Advertisement

ރާއްޖޭގެ ސިއްހީ ދާއިރާ ހަރުދަނާކުރުމަށްޓަކައި މުޅި ރާއްޖޭގައި އުމްރާނީ ތަރައްގީގެ 166 މަޝްރޫއެއް އެކި މަރުހަލާތަކުގައި މިހާރުވެސް ކުރިއަށްދާކަމަށް ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ގީލާ އަލީ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު މަމްދޫހު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ، ސިއްހީ ދާއިރާއަކީ މިހާރުވެސް އުމްރާނީ ތަރައްގީގެ އެންމެ ގިނަ މަޝްރޫއުތައް ހިނގަމުންދާ އެއް ދާއިރާ ކަމަށެވެ. މި މަޝްރޫއުތަކުގެ ތެރޭގައި ސަރުކާރުން ސީދާ ފައިސާ ހަރަދުކޮށްގެން ހިންގާ މަޝްރޫއުތަކާއި، ކުންފުނިތަކާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއުތައް ހިމެނޭކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. މިއިން ކޮންމެ މަޝްރޫއަކީވެސް ރަށްރަށުގެ ސިއްހީ ނިޒާމަށް އިންގިލާބީ ކުރިއެރުންތަކެއް ގެނެސްދޭނެ އަދި ދެމެހެއްޓެނިވި ގޮތެއްގައި އިގުތިސާދީ ފައިދާތަކެއް ކުރާނެ މަޝްރޫއުތަކެއްކަމަށް ސަރުކާރުން ގަބޫލުކުރެއެވެ.

މިގޮތުން ކުރިއަށްދާ މުހިންމު މަސައްކަތްތަކުގެ ތެރޭގައި އެމްއާރްއައި މެޝިން ބެހެއްޓުމަށްޓަކައި އިމާރާތްތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމާއި، އާލާތްތައް އޮޕަރޭޓުކުރާނެ މުވައްޒަފުން ހަމަޖެއްސުން ހިމެނެއެވެ. މީގެ އިތުރުން، ދަތުގެ ފަރުވާއާއި ޑަޔަލަސިސްގެ ހިދުމަތް ނުދެވި ހުރި ރަށްތަކުގައި އެ ހިދުމަތްތައް ގާއިމުކުރުމާއި، ސީޓީ ސްކޭންގެ ހިދުމަތް ތައާރަފުކުރުމުގެ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށްދާކަން ވަޒީރު ފާހަގަކުރެއްވިއެވެ. މިއީ ރައްޔިތުންނަށް ފުރިހަމަ ސިއްހަތެއް ކަށަވަރުކޮށްދިނުމަށް ކޮންމެހެން ބޭނުންވާ، އަދި ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށް މުހިންމު ހިދުމަތްތަކެކެވެ.

HajjCop_ads
Advertisement

ސިއްހީ ދާއިރާގެ ބިނާރުތައް ހަރުދަނާކުރުމަކީ މި ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒެވެ. އެގޮތުން، މިއަހަރުގެ ދައުލަތުގެ ބަޖެޓުގައި އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ ސިއްހީ ދާއިރާގެ މަޝްރޫއުތަކަށާއި ޕްރޮގުރާމުތަކަށެވެ. މިއީ ސިއްހީ ދާއިރާއަށް ކުރެވޭ އިންވެސްޓްމަންޓްތައް އިތުރުކޮށް، ގައުމީ އުފެއްދުންތެރިކަން ކުރިއެރުވުމަށް ސަރުކާރުން ގެންގުޅޭ ހަރުދަނާ ސިޔާސަތުތަކުގެ ނަތީޖާއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ސިއްހީ ދާއިރާއިން ކުރިއަށްގެންދާ މަޝްރޫއުތައް ނިންމާނެ ގޮތުގެ ތާވަލެއް އެކުލަވައިލައްވާފައިވާކަން ދާދިފަހުން ހާމަކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި، މި ތާވަލު އެކުލަވައިލައްވާފައިވަނީ މަޝްރޫއުތަކުގެ ކުދި ބޮޑުމިނަށް ބައްލަވައިގެންނެވެ. އަދި ބޮޑެތި މަޝްރޫއުތައް 2028 ވަނަ އަހަރުގެ މެދުތެރެއަށް ނިންމެވުމަށް އަމާޒުކުރައްވާފައިވާއިރު، ކުދި މަޝްރޫއުތައް އެއަށްވުރެ އަވަހަށް ނިމިގެންދާނެއެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Saeed

ދުންފަތާ ދުރު މުޖުތަމަޢެއް ބިނާކުރުމުގެ ނިންމުންތައް ނިންމަނީ ފަންނީ ދިރާސާތަކަށް ބަލައި ނަތީޖާ ނެރެވޭގޮތަށް: ވަޒީރު ޤީލާ

Geealaa health minister

ކިހާދޫ ސިއްހީ މަރުކަޒުގެ އިމާރާތް ބޮޑުކުރުމުގެ މަސައްކަތް އަންނަ އަހަރު ނިމޭނެ: ވަޒީރު ގީލާ

1784200864435 eoaaeq

އިތާ ޕޯޓަލް ރަސްމީކޮށް އިފްތިތާޙުކޮށްފި

ބޯންމެރޯ ޓްރާންސްޕްލާންޓް ހަދަން ތެލެސީމިއާ ހަ ކުއްޖަކު އިންޑިއާއަށް ފުރުވުމަށް ހަމަޖެހިއްޖެ