ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކުއްލި: އެމެރިކާ ސިފައިން އީރާނުގެ ދެކުނަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދޭން ފަށައިފި

އީރާނުގެ ސިރިކް ބަނދަރުގެ މަންޒަރެއް
TTH_Ads
STO_Ads
Maldivian_Ads
Advertisement

އެމެރިކާ ސިފައިން އީރާނުގެ ދެކުނަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދޭން ފަށައިފިއެވެ.

އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ބުނެފައިވަނީ، އީރާނަށް ހަމަލާތައް ދެމުންގެންދަނީ ހޮރްމޫޒު ކަނޑުއޮޅިން ދަތުރުކުރި ތިން ޓޭންކަރަކަށް އީރާނުން އަންގާރަ ދުވަހު ހަމަލާ ދިނުމާ ގުޅިގެން އެކަމުގެ ބަދަލު ހިފުމުގެގޮތުން ކަމަށެވެ.

އެމެރިކާގެ ހަމަލާތަކާއެކު އީރާނުގެ ދެކުނުގެ ގޭޝްމް އައިލެންޑާއި، ސިރިކް ބަނދަރު ސަރަހައްދުން ބާރުގަދަ ގޮވުންތައް ގޮވަމުންދާ ކަމަށް އީރާނުގެ މީޑިއާއިން ބުނެއެވެ.

HajjCop_ads
Advertisement

ގޭޝްމް އައިލެންޑް ސަރަހައްދުން ބާރުގަދަ ހަ ގޮވުމެއް ގޮވާފައި ވާއިރު، ސިރިކް ބަނދަރު ސަރަހައްދުން ހަތް ގޮވުމެއް ގޮވާފައިވާ ކަމަށް އީރާނު ދައުލަތުގެ ޓީވީން ބުނެއެވެ.

ގޭޝްމް އައިލެންޑާއި، ސިރިކް ބަނދަރު ސަރަހައްދަކީވެސް، އީރާނުން ހޮރްމޫޒު ކޮންޓްރޯލް ކުރުމަށް ބޭނުންކުރާ މުހިންމު ތަންތަނެވެ.

އެމެރިކާގެ ހަމަލާތަކުގައި ސިރިކްގައި ހުރި އީރާނު ކަނޑުގެ ސިފައިން އެތައް ކުދި ބޯޓުތަކެއް ގޮއްވާލާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އެމެރިކާ ސިފައިން ހަމަލާ ދެމުންގެންދަނީ ސީދާ ކޮން އަމާޒުތަކަކަށް ކަމެއް އަދި ސާފެއް ނުވެއެވެ. މީގެކުރިން މިފަދަ ހަމަލާތައް އަމާޒުކޮށްފައިވަނީ ކޮމިއުނިކޭޝަން ޓަވަރުތަކާއި، ރާޑަރުތަކާއި، މިސައިލާއި ޑްރޯން ސައިޓްތަކަށެވެ.

އީރާނުން އަންގާރަ ދުވަހު ހަމަލާ ދީފައިވަނީ، އީރާނުގެ އެންގުމާ ޚިލާފަށް ހޮރްމޫޒު ހުރަސްކުރަން އުޅުނު ޓޭންކަރުތަކަކަށެވެ. އެ ޓެންކަރުތައް ހުރަސްކުރަން އުޅުނީ އެމެރިކާއިން ކަނޑައެޅި ސަދަން ރޫޓުން، އެމެރިކާ ސިފައިންގެ ހިމާޔަތުގައެވެ.

އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ބުނެފައިވަނީ، އީރާނުން ޓޭންކަރުތަކަށް ހަމަލާދިނީ ހަމަލާތައް ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމާ ޚިލާފަށް ކަމަށާއި، އީރާނުން ހިންގި އަމަލަކީ ނުރައްކާތެރި އަމަލުތަކެއް ކަމަށެވެ.

އީރާނުން ބުނަމުންދަނީ، އެމެރިކާއާއި އީރާނާ ދެމެދު ސޮއިކޮށްފައިވާ އެންމްއޯޔޫގެ ދަށުން ހޮރްމޫޒު މެނޭޖް ކުރަމުންދަނީ އީރާނުން ކަމަށާއި، އީރާނުގެ އެންގުންތަކާ ޚިލާފަށް ހޮރްމޫޒު ހުރަސްކުރަން ކުރެވޭ ކޮންމެ ކަމަކީ އެއްބަސްވުމާ ޚިލާފަށް ކުރެވޭ ކަމެއް ކަމަށާއި، އެކަން ހުއްޓުވާނޭ ކަމަށެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
TTH_Ads
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ކާގޯ ބޯޓު އަޑިޔަށްދިޔައީ ނުރައްކާތެރި މަގަކުން ދަނިކޮށް މައިނެއްގައި ޖެހިގެން: އިންގިލާބީ ލަޝްކަރު

އީރާނަށް އިސްވެ ހަމަލާދޭން އިސްރާއީލުން ނޫޅޭ ކަމަށް ނަތަންޔާހޫ ބުނެފި

ހޫޘީން އުޅެނީ އިންތިޚާބުގެކުރިން ގަސްތުގައި ތެލުގެ އަގު ބޮޑުކުރަން: އެމެރިކާގެ ރައީސް

އެއަރބޭހަށް ދޭންއުޅުނު ހަމަލާގެ އަޑީގައިއޮތީ އީރާނުކަން “ގާތްގަނޑަކަށް ޔަގީން”: އިނގިރޭސި ބޮޑުވަޒީރު