ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކްރިމިނަލް ކޯޓުގެ ގާޒީ ކަމަށް ކުރިމަތިލުމުގެ ފުރުސަތު ޖޭއެސްސީއިން ހުޅުވާލައިފި

criminal court
TTH_Ads
Maldivian_Ads
STO_Ads
Advertisement

ޖުޑިޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ކްރިމިނަލް ކޯޓަށް ތިން ގާޒީން ހޯދުމަށް އިއުލާނުކޮށް، އެ މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކަށް މި މަހުގެ 16ގެ ކުރިން އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުޞަތު މިއަދު ހުޅުވާލައިފިއެވެ.

ކްރިމިނަލް ކޯޓުގެ ގާޒީ އަކަށް އަސާސީ މުސާރައިގެ ގޮތުގައި މަހަކު 37،700 ރުފިޔާ އަދި ލިވިންގ އެލަވަންސްގެ ގޮތުގައި މަހަކު 18،000 ރުފިޔާ ލިބޭނެއެވެ. މީގެ އިތުރުން ރިސްކް އެލަވަންސްގެ ގޮތުގައި މަހަކު 3،300 ރުފިޔާ ލިބޭނެކަމަށް ޖޭއެސްސީގެ އިޢުލާނުގައި ބަޔާންކޮށްފައިވެއެވެ. ހަމައެހެންމެ، ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ގޮތުގެ މަތިން މެޑިކަލް އިންޝުއަރެންސާއި ފޯނު އެލަވަންސްގެ ގޮތުގައި މަހަކު 1،000 ރުފިޔާވެސް ޤާޒީންނަށް ލިބޭނެއެވެ.

މި މަޤާމަށް ކުރިމަތިލެވޭނީ އުމުރުން 25 އަހަރު ފުރިފައިވާ ފަރާތްތަކަށެވެ. ތަޢުލީމީ ގޮތުންނާއި ތަޖުރިބާގެ ގޮތުން ބަލާއިރު، އެ ފަރާތަކީ އިސްލާމީ ޝަރީޢާ ނުވަތަ ޤާނޫނު، ނުވަތަ ޤާނޫނާއި އިސްލާމީ ޝަރީޢާގެ ރޮނގުން ފުރަތަމަ ޑިގްރީ ޙާޞިލުކޮށްފައިވާ މީހަކަށް ވާންޖެހެއެވެ. މީގެ އިތުރުން، ފަނޑިޔާރުކަމުގައި ނުވަތަ ޤާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ މި ދެ ދާއިރާއިން މަދުވެގެން ތިން އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުމަކީ ވެސް މި މަޤާމުގެ އަސާސީ ޝަރުޠެކެވެ.

HajjCop_ads
Advertisement

މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހަޅަންޖެހެނީ 16 ޖުލައި 2026 ގެ މެންދުރު 12:00 ގެ ކުރިން ޖޭއެސްސީގެ ފަހިރެސް ޕޯޓަލް މެދުވެރިކޮށެވެ. ނަމަވެސް، އޮންލައިންކޮށް ހުށަހެޅުމުގެ ބަދަލުގައި ހާޑް ކޮޕީ ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް، ސުންގަޑި ހަމަވުމުގެ ކުރިން ކޮމިޝަނުގެ ކައުންޓަރަށް ލިޔެކިޔުންތައް ހުށަހެޅުމުގެ އިންތިޒާމުވެސް ވަނީ ހަމަޖައްސާފައެވެ. ކްރިމިނަލް ކޯޓަށް ފަނޑިޔާރުން ނެގުމުގައި ޢަމަލުކުރާނީ ދިވެހިރާއްޖޭގެ ކޯޓުތަކަށް ފަނޑިޔާރުން ޢައްޔަނުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުންނެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
MPL_Ads
Maldivian_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Igmh

ޝިއާއު މަރާލި މައްސަލައިގައި ޝާހިލްގެ މައްޗަށް އުފުލި ދައުވާތަކުގެ އަޑުއެހުންތައް ނިންމާލައިފި

Qw

އަލަށް އައްޔަންކުރި ފަނޑިޔާރުންނާއެކު ސިވިލް އާއި ކްރިމިނަލް ކޯޓުގެ މަސައްކަތްތައް ހަލުއިވެގެންދާނެ: ޖޭއެސްސީގެ ރައީސް

8u

ކްރިމިނަލް ކޯޓުގެ ގާޒީކަމަށް ތިން ބޭފުޅަކު އައްޔަންކުރަން ޖޭއެސްސީން ނިންމައިފި

88887

8 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހިމެނޭ އިންޑިއާގެ ދެ މީހަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި