ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހިންނަވަރު ފުޓްސަލް ދަނޑު ވަޒީރު ރާފިޢު ހުޅުއްވައިދެއްވައިފި

S43lasmj media library original 2048 1366 1536x1025
STO_Ads
TTH_Ads
Maldivian_Ads
Advertisement

ޅ. ހިންނަވަރު ފުޓްސަލް ދަނޑު ހުޅުވައިފިއެވެ

.އާދިއްތަ ދުވަހު ހަވީރު ހިންނަވަރުގައި އޮތް ރަސްމިއްޔާތެއްގައި އައު ފުޓުސަލް ދަނޑު ހުޅުވައިދެއްވީ ޒުވާނުން ބާރުވެރިކުރުވުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ރާފިއު ވިދާޅުވީ، މި ދަނޑާއެކު ހިންނަވަރާއި އަދި ޅ އަތޮޅަށް ފުޓުސަލް މުބާރާތްތައް ބޭއްވުމާއި ހުނަރުވެރި ކުޅުންތެރިންތަކެއް އުފެއްދުމަށް ގިނަ ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

HajjCop_ads
Advertisement

އާ ފުޓްސަލް ދަނޑު ހުޅުވުމުގެ ރަސްމިއްޔާތަށްފަހު ވަޒީރު ރާފިޢު ވަނީ އެ ރަށުގެ ޒުވާނުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ “ގަނޑިޔަ ފުޓްސަލް ޗެލެންޖު” ފައްޓަވާދެއްވާފައެވެ. މިއީ ކުރީގެ ފުޓްސަލް ދަނޑު ހަލާކުވުމުގެ ސަބަބުން އެ ރަށުގައި ފުޓްސަލް މުބާރާތެއް ނުބޭއްވި އޮތުމަށްފަހު އެ ރަށުގައި ބާއްވާ ފުރަތަމަ ފުޓްސަލް މުބާރާތެވެ. މި މުބާރާތުގައި އެރަށުގެ 14 ޓީމު ބައިވެރިވެއެވެ.

ހިންނަވަރު ފުޓްސަލް ދަނޑު ވަޒީރު ރާފިޢު ހުޅުއްވައިދެއްވަނީ — ފޮޓޯ: ކުޅިވަރާ ބެހޭ ވުޒާރާ

ސަރުކާރުން ހިންނަވަރުގައި ޤާއިމްކޮށްދެއްވި ފުޓްސަލް ދަނޑަކީ އެ ރަށުގެ ކުރީގެ ފުޓްސަލް ދަނޑު ހަލާކުވިތާ 8 އަހަރު ފަހުން އެ ރަށުގައި ހުޅުވި ދަނޑެކެވެ.

މި ދަނޑުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި ހަވާލު ކުރީ 2025 ވަނަ އަހަރުގެ މެއި މަހުއެވެ. (އާރު.ޑީ.ސީ)އިން މިމަސައްކަތް ނިންމާފައިވަނީ އަހަރެއްހާ ދުވަހުގެ ތެރޭގައެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

muiz

ކެޕޭސިޓީ ވަރުގަދަކުރާ ޑްރެޖަރާއެކު ކުރިއެރުން ބޮޑުވާނެ: ރައީސް

ވައިގެމަގުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތުގައި ތިން މީހުން ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ދެއްވަދޫއިން މީހަކު ހައްޔަރުކޮށްފި

ސިނަމާލެ ބްރިޖުން ފައިމަގުގައި ހުޅުލެއަށާއި ހުޅުމާލެއަށް ދިއުމަކީ މަނާކަމެއް، ފިޔަވަޅު އަޅާނެ: ފުލުހުން