ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އަލަށް 11 ރަށެއްގައި ޑައިލަސިސް ހިދުމަތް ފަށައިފި

STO_Ads
Maldivian_Ads
TTH_Ads
Advertisement

ރައްޔިތުންނަށް ބޭނުންވާ އަސާސީ ޞިއްޙީ ޚިދުމަތްތައް ފުޅާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އެކުލަވައިލައްވާފައިވާ ސިޔާސަތުގެ ތެރެއިން 11 ރަށެއްގައި އަލަށް ޑައިލަސިސްގެ ޚިދުމަތް ތައާރަފުކުރެވިފައިވާކަމަށް ޞިއްޙީ ވުޒާރާއިން ބުނެފިއެވެ.

އެމްއެމްޓީވީން އެދިގެން އެ ވުޒާރާއިން ހިއްސާކޮށްފައިވާ ހިސާބުތަކަށް ބަލާއިރު ރައީސް ޑރ.މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިފަހުން އަތޮޅު ތެރޭގެ ރަށްރަށުގައި ޑައިލަސިސް ޚިދުމަތް ތައާރަފުކުރުމަށް ފެއްޓެވި މަސައްކަތުގެ ތެރެއިން 11 ރަށެއްގައި މުޅިން އަލަށް އެ ޚިދުމަތް ފަށާފައިވެއެވެ.

މިހާރު ސަރުކާރުން އަމާޒު ހިފާފައިވަނީ 2026 ވަނަ އަހަރުގެ ނިޔަލަށް އިތުރު 9 ރަށެއްގައި އެ ޚިދުމަތް ފެށުމަށެވެ. ޞިއްޙީ ވުޒާރާއިން ބުނި ގޮތުގައި މިހާރު މަސައްކަތް ކުރިއަށްދާ ގޮތަށް ބަލާއިރު މި އަހަރު ތެރޭ އެ ރަށްރަށުގައި ޑައިލަސިސް ޚިދުމަތް ޤާއިމުކުރެވިގެންދާނެއެވެ.

HajjCop_ads
Advertisement

ކިޑްނީ ބައްޔަށް ފަރުވާ ހޯދާ މީހުން އިތުރުވަމުންދާއިރު، ރައީސް ޑރ.މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ޑައިލަސިސް ޚިދުމަތް ލިބެމުންއައީ ސަރަހައްދީ ހޮސްޕިޓާތަކާއި މާލޭ ސަރަހައްދުގައި ހުރި ސަރުކާރު ހޮސްޕިޓާތަކުންނެވެ. އެ ޚިދުމަތް ބޭނުންވާ މީހުން ޚިދުމަތް ހޯދުމުގައި ގިނަ ތަކުލީފުތަކެއް އުފުލަމުންދިޔައެވެ.

އަތޮޅު ތެރޭގެ ރަށްރަށުގައި ހުރި ޞިއްޙީ މަރުކަޒުތަކާއި ހޮސްޕިޓާތަކުން ލިބޭ ޚިދުމަތްތައް އިތުރުކޮށް ޞިއްޙީ ޚިދުމަތްތައް ހޯދުމުގައި މާލެއަށް ބަރޯސާވާ މިންވަރު ކުޑަކުރެއްވުމަކީ ރައީސް ކަނޑައަޅުއްވާފައިވާ މުހިއްމު އަމާޒެކެވެ.

އެ އަމާޒުގެ ތެރެއިން ޑައިލަސިސްގެ ޚިދުމަތް ރަށްރަށުގައި ފެށުމަށް ޞިއްޙީ މަރުކަޒުތަކާއި ހޮސްޕިޓާތަކުގައި އެކަމަށް ހާއްސަކޮށް ޖާގަ އިތުރުކޮށް، އެ ޚިދުމަތް ދިނުމަށް ބޭނުންވާ ތަމްރީނު މުވައްޒަފުންނަށް ފޯރުކޮށްދިނުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ.

ޑައިލަސިސްގެ ޚިދުމަތުގެ އިތުރަށް ރަށްރަށުގައި އަސާސީ ޓެސްޓުތައް ރަށްރަށުގައި ހެދޭނެ އިންތިޒާމު ހަމަޖެއްސުމަށް ހުރިހާ ރަށެއްގައި ސިއްހީ ލެބޯޓަރީތައް ގާއިމުކުރުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ. މި އަހަރު 76 ރަށެއްގައި ލެބޯޓަރީ ހިދުމަތް ފެށިގެންދާނެކަމަށް ސިއްހީ ވުޒާރާއިން ބުނެއެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
STO_Ads
Maldivian_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

SIDS GBN Forum

ކުދި ޖަޒީރާ ޤައުމުތަކުގެ އިޤުތިޞާދުތަކަކީ އީޖާދުކުރުމަށް ހުރި ވަސީލަތްތަކެއް: ރައީސް

muiz

ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ ގާނޫނަށް ގެނައި އިސްލާހު ރައީސް ތަސްދީގު ކުރައްވައިފި

raees muiz

ނޭޝަނަލް ޕޭމަންޓް ސްވިޗް ޤާއިމުކުރުމުގެ ބިލު ތަސްދީޤުކުރައްވައިފި

raees muiz

ކުނި މެނޭޖުކުރުމުގެ ގާނޫނަށް ގެނައި އިސްލާހު ރައީސް ތަސްދީގުކުރައްވައިފި