ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހުޅުމާލެ ހޮސްޕިޓަލުން މެޑިކަލް އިންޓާންޝިޕްގެ ފުރުސަތު ހުޅުވާލައިފި

hulhumale hospital
Maldivian_Ads
STO_Ads
TTH_Ads
Advertisement

ޑޮކްޓަރުކަން ކިޔަވައިގެން އަންނަ ދަރިވަރުން ޢަމަލީ މައިދާނަށް ނުކުތުމުގެ ކުރިން ފުރިހަމަކުރަންޖެހޭ އެއް އަހަރު ދުވަހުގެ މެޑިކަލް އިންޓާންޝިޕް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުމާލެ ހޮސްޕިޓަލުން މިއަދު ހުޅުވާލައިފިއެވެ.

މިއީ މެޑިކަލް ކައުންސިލްގެ އުސޫލުތަކާ އެއްގޮތަށް އެ ހޮސްޕިޓަލުން މި ޕްރޮގްރާމް ކުރިއަށްގެންދާ ދެވަނަ އަހަރެވެ. މިދިޔަ އަހަރެކޭ އެއްފަދައިން މިއަހަރުވެސް އެ ހޮސްޕިޓަލުން ފުރުސަތު ދިނުމަށް ހަމަޖެހިފައިވަނީ 15 ދަރިވަރަކަށެވެ.

ހުޅުމާލެ ހޮސްޕިޓަލުން ބުނި ގޮތުގައި މި ޕްރޮގްރާމަށް ކުރިމަތިލުމުގެ މުއްދަތު މި މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. ޝައުގުވެރިވާ ފަރާތްތަކުން ހޮސްޕިޓަލުގެ އިއުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތަކާއެކު [email protected] އަށް އީމެއިލް ކުރަންޖެހޭނެއެވެ. ކަނޑައެޅިފައިވާ ޖާގައަށްވުރެ އިތުރަށް ކުދިން ކުރިމަތިލައިފިނަމަ، އިސްކަންދޭނީ އެމްބީބީއެސް  ނިންމި ފަހުން އެންމެ ގިނަ ދުވަސްވީ ފަރާތްތަކަށާއި އީމެއިލް ފޮނުވި ތަރުތީބަށް ބަލައިގެންނެވެ.

HajjCop_ads
Advertisement

ބޭރުން ކިޔަވައިގެން އަންނަ ދިވެހި ދަރިވަރުންނަށް ރާއްޖޭގައި ތިބެގެން އަމަލީ ތަޖުރިބާ ހޯދުމަކީ ކުރިން ބޮޑު ގޮންޖެހުމެއް ނަމަވެސް، މިހާރު ހުޅުމާލެ ހޮސްޕިޓަލުގެ އިތުރުން އައިޖީއެމްއެޗް އަދި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައިވެސް ތަޖުރިބާކާރު ޑޮކްޓަރުންގެ ބެލުމުގެ ދަށުން މި ޕްރޮގްރާމް ދަނީ ހިންގަމުންނެވެ. މީގެ ސަބަބުން ސިއްޚީ ދާއިރާއަށް ނުކުންނަ ޑޮކްޓަރުން މަސައްކަތުގެ މާހައުލަށް އަހުލުވެރިވެ، ހޮސްޕިޓަލްތަކުގެ މެޑިކަލް އެޑިއުކޭޝަންގެ ފެންވަރު މަތިވެގެންދެއެވެ. ހުޅުމާލެ ހޮސްޕިޓަލުން ބުނީ ކުރިއަށް އޮތް ތަނުގައި މި ޕްރޮގްރާމްގެ ކެޕޭސިޓީ އިތުރުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ބައިނަލްއަޤުވާމީ ޒުވާނުންގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށް ހާއްސަ ހަރަކާތްތަކެއް

ހޭނައްތާ ޑޮކްޓަރުންގެ 15 ވަނަ ސަރަހައްދީ ބައްދަލުވުން ރާއްޖޭގައި ބޭއްވުމަށް ނިންމައިފި

ChatGPT Image Jul 22, 2026, 10 03 40 PM

އެއްމާބަނޑު ދެ ޑޮކްޓަރުން ދެ ދާއިރާއަކުން ރާއްޖޭގެ ފުރަތަމަ ސަބް ސްޕެޝަލިސްޓުންގެ ގޮތުގައި ތާރީޚުން ޖާގަ ހޯދައިފި

hulhumale hospital

ހުޅުމާލެ ހޮސްޕިޓަލުގައި މިމަހު ގޮހޮރާއި ނާރުގެ ބަލިތަކަށް ފަރުވާދޭން ފަށަނީ