ސޫރިޔާގެ ވެރިރަށް ދިމިޝްގުގައި ބާރުގަދަ ގޮވުމެއް ގޮވައި އެތައް ބަޔަކު މަރުވެއްޖެއެވެ.
ބާރުގަދަ އެއްޗެއް ގޮވާފައިވަނީ، ދިމިޝްގުގެ ޖަސްޓިސް ޕެލަސް ކައިރީގައި ހުރި ކޮފީ ޝޮޕެއްގައި ކަމަށް ރިޕޯޓްތައް ބުނެއެވެ.
މި ހާދިސާގައި އިތުރު އެތައް ބަޔަކު ޒަޚަމްވި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
މަރުވި އަދި ޒަޚަމްވި މީހުންނަކީ ކޮފީ ޝޮޕާއި އެތަނާ ގާތުގައި ތިބި މީހުންނެވެ.
މަރުވި އަދި ޒަޚަމްވި މީހުންގެ ތަފްސީލްތަކެއް ސޫރިޔާ ސަރުކާރުން އަދި ހާމައެއް ނުކުރެއެވެ.
ސޫރިޔާ ސަރުކާރުގެ ސްޓޭޓް މީޑިއާއާ ހަވާލާދީ ބައެއް ރިޕޯޓްތައް ބުނަނީ މިހާދިސާގައި 4 މީހުން މަރުވެ 10 މީހުން ޒަޚަމްވި ކަމަށެވެ.
މިއީ، އައިއީޑީއެއް ގޮއްވާލައިގެން ދިން ހަމަލާއެއް ކަމެއް ނުވަތަ ހަށިގަނޑު ގޮއްވާލައިގެން މީހަކު ދިން ހަމަލާއެއް ކަމެއް ސާފު ނުވާކަމަށް ޚަބަރުތައް ބުނެއެވެ.












ކިޔުންތެރިންގެ ހިޔާލު