ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އީރާން- އެމެރިކާ މަޝްވަރާތައް “ވަރަށް ރަނގަޅަށް” ކުރިއަށް އެބަދޭ: އެމެރިކާގެ ރައީސް ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް
Maldivian_Ads
STO_Ads
TTH_Ads
Advertisement

އީރާނާއި އެމެރިކާއާ ދެމެދު ގަތަރުގައި ވާހަކަތައް ކުރިއަށް އެބަދާ ކަމަށާއި، ވާހަކަތައް ކުރިއަށްދަނީ “ވަރަށް ރަނގަޅަށް” ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.

އެމެރިކާގެ ރައީސް މިހެން ބުނެފައިވަނީ، އެމެރިކާގެ ޖޮއިންޓް ބޭސް އެންޑްރޫސްގައި ނޫސްވެރިންނާ ވާހަކަ ދައްކަމުންނެވެ.

ދޯހާގައި ކުރިއަށްދަނީ ޓެކްނިކަލް ލެވެލްގެ ވާހަކަތައް ކަމަށާއި، އެމެރިކާއާއި އީރާނުގެ ވެރިންގެ ފެންވަރުގެ ބޭފުޅުން ސީދާސީދާ ބައްދަލުކުރައްވައި ވާހަކަ ދައްކަން ހަމަޖެހިފައި ނުވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

HajjCop_ads
Advertisement

ދޯހާގައި މިވަގުތު ވާހަކަތައް ނުވަތަ މަޝްވަރާ ކުރަމުންދާ ނުކުތާތަކުގެ ތެރޭގައި ގަނޑުކޮށްފައިވާ އީރާނުގެ ފަންޑުތައް ދޫކޮށްލުމާއި، އީރާނުގެ ނިއުކްލިއަރ މައްސަލަވެސް ހިމެނެއެވެ.

ނޫސްވެރިންނާ ވާހަކަ ދައްކަމުން އެމެރިކާގެ ރައީސް ޓްރަމްޕްވަނީ، އީރާނަށް ނިއުކްލިއާ ހަތިޔާރެއް ނުލިބޭނެ ކަމަށް ބުނާ ވާހަކަ ތަކުރާރު ކޮށްފައެވެ.

އީރާނާއި އެމެރިކާއާ ދެމެދު މަޝްވަރާތައް ކުރިއަށްދާކަން އީރާނުންވެސް ވަނީ ކަށަވަރު ކޮށްދީފައެވެ.

އީރާނުން އިއްޔެ ބުނެފައިވަނީ، އީރާނުގެ އެކްސްޕާޓުންގެ ޓީމެއް ދޯހާއަށްދާން އުޅޭ ކަމަށާއި، ނަމަވެސް އެއީ އެމެރިކާއާ ވާހަކަ ދައްކަން ކުރާދަތުރެއް ނޫން ކަމަށެވެ.

އަނެއްކޮޅުން، އެމެރިކާގެ ވަފުދެއްވެސް މިހާރުވަނީ ގަތަރަށް ގޮސްފައެވެ. އެމެރިކާގެ ފަރާތުން އީރާނާއެކު  މަޝްވަރާ ކުރާ ޓީމުގައި ހިމެނޭ އެންމެ އިސް ދެ މަންދޫބުން ކަމަށްވާ ސްޓީވް ވިޓްކޮފާއި، ޖެރެޑް ކުޝްނަރ މިހާރު ތިބީ ދޯހާގައެވެ. ގަތަރުގެ އަމީރު ޝައިޚް ތަމީމް ބިން ހަމަދު އައްޘާނީ މިއަދުވަނީ ވިޓްކޮފް އަދި ކުޝްނަރއާ ބައްދަލު ކުރައްވައި، ވާހަކަތަކުން ހޯދިފައިވާ ކުރިއެރުންތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.

ހަމަ އެއާއެކު، ލުބުނާނުގެ ހާލަތާއި އަދި ހަމަލާތައް ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމުގެ މަތީގައި ދެމިތިބުމުގެ މުހިންމު ކަމާ ގުޅޭގޮތުންވެސް ގަތަރުގެ އަމީރު މަޝްވަރާ ކުރެއްވި ކަމަށް، އަމީރުގެ އޮފީހުން ހާމަކޮށްފައި ވެއެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އެމެރިކާ ރައްޔިތުން ސައުދީ އަރަބިއްޔާއަށް ދަތުރުކުރާނަމަ އަލުން ވިސްނުމަށް އެމެރިކާއިން އަންގައިފި

ހަކަތައާ ގުޅުންހުރި ތަންތަނަށް ހަމަލާނުދޭން ޔޫކްރެއިނާއި ރަޝިޔާ އެއްބަސްވެއްޖެ

އީރާނުން ގަލްފްގެ ގައުމުތަކާ ބައްދަލުކުރިޔަސް ފަރުވާލެއް ނެތް: އެމެރިކާގެ ރައީސް

ވިޔަފާރި އުޅަނދަށް އެމެރިކާއިން ދިން ހަމަލާ އީރާނުން ވަރަށް ބޮޑަށް ކުށްވެރިކޮށްފި، ހަމަލާގައި އެކަކު މަރުވި