ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މިނިވަން 60 ފާހަގަކުރަން ހަރަދުކުރީ 4.1 މިލިއަން ރުފިޔާ

Heena
STO_Ads
TTH_Ads
Maldivian_Ads
Advertisement

ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހާއި ގުޅިގެން ކުރިއަށްގެންދިޔަ ހަރަކާތްތަކަށް ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ހަރަދުކޮށްފައިވަނީ 4.1 މިލިއަން ރުފިޔާކަމަށް އެ ވުޒާރާ ހިންގެވުމާ ހަވާލުވެ ހުންނެވި، ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިފަދައިން ވިދާޅުވީ މިއަދުގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހީމް ކުރެއްވި ސުވާލަކަށް މަޖިލީހަށް ހާޒިރުވެވަޑައިގެން ޖަވާބު ދެއްވަމުންނެވެ.

މެމްބަރު ސުވާލުކުރެއްވީ ދިވެހިރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުމުގެ މުނާސަބަތު ފާހަގަކުރުމަށް ވުޒާރާއިން ހިންގި ހަރަކާތްތަކަށް ޖުމްލަ ހަރަދުކުރެވުނުގޮތާއި، ހިނގި ހަރަދުތަކުގެ ތަފްސީލަށް އެދިއެވެ. މީގެ އިތުރުން، މިނިވަން ދުވަހުގެ ހަރަކާތްތަކަށް މާލެ ފިޔަވައި އެހެން ސަރަހައްދުތަކުގައި ވުޒާރާއިން ބޭއްވި ގޮތުގެ ތަފްސީލު، މި ހަރަކާތްތައް ހިންގުމަށްކުރެވުނު ހަރަދުތަކާއެކު އަންގަވައިދެއްވުމަށެވެ.

HajjCop_ads
Advertisement

މަޖިލީހުގެ މިއަދުގެ ޖަލްސާގައި، މެންބަރު ކުރެއްވި ސުވާލުގެ ޖަވާބުގައި ވަޒީރު ވިދާޅުވީ ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހާއި ގުޅިގެން ކުރިއަށްގެންދިޔަ ހަރަކާތްތަކަށް ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ހަރަދުކޮށްފައިވަނީ 4.1 މިލިއަން ރުފިޔާކަމަށެވެ.

“މިނިވަންކަމަށް 60 އަހަރު ފުރުމާ ގުޅިގެން މާލެ ފިޔަވައި އަތޮޅުތެރޭގެ އެއްވެސްތަނެއްގައި މި ހަރަކާތްތައް ހިންގާފައެއް ނުވޭ، އެހެންވީމަ އަތޮޅުތެރޭގައި މި ހަރަކާތްތައް ހިންގުމަށް އެއްވެސް ހަރަދެއް ހިނގާފައި ނުވާކަން ފާހަގަކޮށްލަން”. ވަޒީރު ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހާއި ގުޅިގެން އާންމުންނަށް ބައިވެރިވެވޭނެހެން ގިނަ ހަރަކާތްތަކެއް މިދިޔަ އަހަރު ކުރިއަށް ގެންދިޔައެވެ. މިނިވަން ދުވަސް ފާހަގަކުރުމުގެ ހަރަކާތްތައް ޝަރަފްވެރިކޮށްދެއްވީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީއެވެ. މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފްވެރިކޮށްދެއްވުމަށް މޯދީ ވަޑައިގަތީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދައުވަތަކަށެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

B 202609121117361789237056.6345

ދިވެހި ޤައުމިއްޔަތުގެ ބިންގަލަކީ އިސްލާމްދީން: ހީނާ

Heena

ޕީއެންސީގެ މަތީ މަޖިލީހުގައި 13،000 އަށް ވުރެ ގިނަ މެމްބަރުން ބައިވެރިވާނެ: ހީނާ

Heena

ތަރިކަތަކުން ނަފާވެރިކަން އިތުރުކުރުމަކީ މުހިންމު ސިޔާސަތެއް: ހީނާ

Heena

ދިވެހި ބަހުން ވާހަކަދައްކަން ކުދިން ޖެހިލުންވާތީ ފުންކޮށް ވިސްނަންޖެހޭ: ވަޒީރު ހީނާ