ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މިދިޔަ ހަފްތާގައި ހިމަބިހީގެ 44 ކޭސް

137944 3 532c90c22f2e415b68bfda2d5fcf65ded39ca440 medium
STO_Ads
TTH_Ads
Advertisement

ފާއިތުވި ހަފްތާގެ ތެރޭގައި ހިމަބިހީގެ 44 ކޭސް ރިޕޯޓްކޮށްފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ މިހާތަނަށް 66 ކޭސް ރިކޯޑްކުރެވިފައިވާކަމަށެވެ. މިދިޔަ ހަފުތާގައި 44 ކޭސް ރެކޯޑްކުރި ނަމަވެސް، މިވަގުތު އެކްޓިވް ކޭސްތަކުގެ ޢަދަދަކީ 13 ކޭސްކަމަށްވެސް އެޗްޕީއޭއިން ބުންޏެވެ. ހިމަބިހީގެ ކޭސްގެ ޢަދަދު އިތުރުވީ ޓެސްޓު ކުރި ޢަދަދު އިތުރުވުމުންކަމަށްވެސް އެޗްޕީއޭއިން ބުންޏެވެ.

ހިމަބިހި ޖެހުނު މީހުންގެ ތެރޭގައި ގިނައިން ހިމެނެނީ، 15 އަހަރާއި 39 އަހަރާ ދެމެދުގެ މީހުންނެވެ. ޕޮޒިޓިވްވި މީހުންގެ އެކްޓިވް ކޮންޓެކްޓުގެ ޢަދަދު 258އަށް އަރާކަމަށްވެސް އެޗްޕީއޭއިން ބުންޏެވެ. މިހާތަނަށް 569 މީހުން ވަނީ ބައްޔަށް ޓެސްޓް ކޮށްފައެވެ.

HajjCop_ads
Advertisement

މީސަލްސް ނުވަތަ ހިމަބިއްސަކީ، ވައިރަހުގެ ސަބަބުން ގައިން ގަޔަށް ފަސޭހައިން ފެތުރޭ ބައްޔެކެވެ. އެކަކުގެ ގައިން 16-18 މީހުންނަށް ބަލި ފެތުރެއެވެ. ނަމަވެސް ރާއްޖޭގެ ބޮޑު އާބާދީއަކީ އެމްއާރް ވެކްސިން ފުރިހަމަކޮށްފައިވާ އާބާދީއަކަށްވުމާއެކު ރާއްޖޭގައި މި ޕެޓާން ނުފެންނަ ކަމަށް ވިދާޅުވިއެވެ.

ރާއްޖޭގައި މި ބަލީގެ 4 ކްލަސްޓްރައެއް މިވަގުތު އެބައޮތްކަމަށް އެޗްޕީއޭއީން ބުންޏެވެ. މިއީ ރާއްޖެއިން ނައްތާލެވިފައިވާ ބައްޔަކަށްވުމާއެކު، އައުޓްބްރޭކާ ގުޅިގެން ޓެސްޓިންއާއި ވެކްސިން ކެޕޭސިޓީ އިތުރު ކުރުމަށް ޑަބްލިއުއެޗްއޯގެ އިތުރުން ބައެއް ޤައުމުތަކާއެކުވެސް މަސައްކަތްކޮށް ބައެއް ތަކެތި މިހާރު ރާއްޖެއަށް ލިބިފައިވާކަމަށް އެޗްޕީއޭއިން ބުންޏެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ދުންފަތާ ދެކޮޅަށް މަސައްކަތްކުރާ ޖަމްއިއްޔާތަކަށް މާލީ އެހީދެނީ

Igmh

މި އަހަރު ރާއްޖެއިން ހިމަބިހި ޖެހުނު މީހުންގެ އަދަދު 216 އަށް އަރައިފި

health ministry

އެޗްޕީއޭގެ ޚިދުމަތްތައް ހުޅުމާލެއަށް ބަދަލުކޮށްފި

Igmh

މާލެ ސަރަހައްދުން ހިމަބިހީގެ އިތުރު 22 ކޭސް ފެނި، ޖުމްލަ އަދަދު 166 އަށް އަރައިފި