ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހިމަބިހީގެ 2 ކޭސް ރާއްޖެއިން ފެނިއްޖެ

Igmh
TTH_Ads
STO_Ads
Advertisement

ރާއްޖެއިން ނައްތާލާފައިވާ ހިމަބިހީގެ 2 ކޭސް މާލެ ސަރަޙައްދުން ފެނިއްޖެއެވެ. ހިމަބިހި ނުވަތަ މީސްލްސްގެ ކެސްތައް ފެނިފައިވަނީ މިހަފްތާގެ ތެރޭގައެވެ.

މާލެ ސަރަޙައްދުން ހިމަބިހީގެ 2 ކޭސް މިހަފްތާގެ ތެރޭގައި ފެނުމާއި ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމުގެ މަސައްކަތް ފަށާފައިވަކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އެޗްޕީއޭއިން ބުންޏެވެ. އެގޮތުން އާންމުކޮށްވެސް އަމަލުކުރަ އުސޫލުން ބަލި ޖެހުނު ގޮތް ދެނެގަތުމަށް ކޭސް އިންވެސްޓިގޭޝަން ހެދުމާއި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތާއި ބައްޔަށް ޕޮޒިޓިވްވީ މީހުންނާއި ދިމާވި ކޮންޓެކްޓުންނަށް ވެކްސިންދިނުން މިހާރު ކުރިއަށްދާކަމަށް އެޗްޕީއޭއިން ބުންޏެވެ.

މިއަހަރުގެ މިހާތަނަށް ހިމަބިހީގެ 5 ކޭސްވަނީ ރާއްޖެއިން ވަނީ ފެނިފައެވެ. މީގެތެރެއިން 2 މީހުންނަކީ ރާއްޖެއިން ބޭރުން އައި މީހުންގެތެރެއިން ބަލި ހުރި 2 މީހުންނެވެ. ހަމައެއާއެކު މިދުވަސްވަރަކީ ދުނިޔޭގެ އެކި ސަރަޙައްދުތަކުގައިވެސް ހިމަބިހީގެ ކޭސްތައް އިތުރުވަމުންދާ ދުވަސްވަރެއްކަން އެޗްޕީއޭއިން ފާހަގަކުރައްވައެވެ. އެހެންކަމުން މިދުވަސްވަރު ހުން އައިސް، ހަށިގަނޑުގައި ރަތް ބިހިތަކެއް ނަގާނަމަ، ލަސްނުކޮށް ސިއްޙީ ފަރުވާ ހޯދުމަށް ސަމާލުވުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

ހިމަބިހިން ރައްކާތެރިވުމަށް 1983 ވަނަ އަހަރުން ފެށިގެން ޤައުމީ ވެކްސިން ތާވަލުގައި ހިމަނައިގެންވަނީ ވެކްސިންދޭން ފަށާފައެވެ. މިމަސައްކަތުގެ ދަށުން 2017 ވަނަ އަހަރު ރާއްޖެއަކީ ހިމަބިހި ނައްތާލެވިފައިވާ ޤައުމެއްކަމަށް ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާއިންވަނީ ކަނޑައަޅާފައެވެ. އެހެންނަމަވެސް 2020 ވަނަ އަހަރު ހިމަބިހީގެ ކޭސްތަކެއް ފެނިގެން މުޅި ރާއްޖެއަށް ހުޅުވާލައިގެން އެމްއާރް ވެކްސިންގެ ކެމްޕޭނެއްވަނީ ކުރިއަށްގެންގޮސްފައެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ދުންފަތާ ދެކޮޅަށް މަސައްކަތްކުރާ ޖަމްއިއްޔާތަކަށް މާލީ އެހީދެނީ

Igmh

މި އަހަރު ރާއްޖެއިން ހިމަބިހި ޖެހުނު މީހުންގެ އަދަދު 216 އަށް އަރައިފި

health ministry

އެޗްޕީއޭގެ ޚިދުމަތްތައް ހުޅުމާލެއަށް ބަދަލުކޮށްފި

Igmh

މާލެ ސަރަހައްދުން ހިމަބިހީގެ އިތުރު 22 ކޭސް ފެނި، ޖުމްލަ އަދަދު 166 އަށް އަރައިފި