ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޖެނުއަރީގެ ނިޔަލަށް ހުރިހާ އަތޮޅެއްގައި އާރުޓީއެލްގެ ހިދުމަތް ފަށަނީ

RTL
STO_Ads
TTH_Ads
Advertisement

އަންނަ އަހަރުގެ ޖެނުއަރީ މަސް ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އާރުޓީއެލް ފެރީގެ ހިދުމަތް ފަށަން ވަޒީރުންގެ މަޖިލިހުން އިއްޔެ ނިންމައިފިއެވެ.

ރައީސް އޮފީހުން ވިދާޅުވީ އަންނަ އަހަރުގެ ޖެނުއަރީ މަސް ނިމުމުގެ ކުރިން ރާއްޖޭގައި އާރުޓީއެލް ވިއުގަ ގާއިމުކޮށް، އެ ހިދުމަތް ފެށުމަށް ކުރަން ޖެހޭ އެންމެހާ ކަންކަން ހާއްސަ އިސްކަމެއް ދީގެން ކުރުމަށް ވަޒީރުންގެ މަޖިލިހުން ނިންމާފައިވާ ކަމަށެވެ.

ސަރުކާރުން އާންމުންނަށް ދޭ ހިދުމަތްތައް ހަރުދަނާކޮށް، ކަނޑައަޅާފައިވާ ސުންގަޑިތަކަށް މަޝްރޫއުތައް ނިންމުމުގެ މަގުސަދުގައި ހާއްސަ ފިޔަވަޅުތަކެއް އަޅަން ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ވަނީ ނިންމައިފައެވެ. އޭގެ ތެރޭގައި އާރުޓީއެލްގެ ހިދުމަތް ހުރިހާ އަތޮޅެއްގައި ފެށުން ވެސް ހިމެނެއެވެ.

MMA_Ads
HajjCop_ads
Advertisement

ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އާރްޓީއެލްގެ ހިދުމަތް ފަށަން ނިންމިއިރު، އެމްޓީސީސީ މެދުވެރިކޮށް ސަރުކާރުން މިހާރު ވެސް އަންނަނީ އާރުޓީއެލް ފެރީގެ ހިދުމަތް 15 އަތޮޅެއްގައި ދެމުންނެވެ. މިއީ ރާއްޖޭގެ ރަށްތައް ދަތުރުފަތުރުގެ ނިޒާމަކުން ގުޅުވާލުމަށްޓަކައި ސަރުކާރުން ކުރިއަށް ގެންދަވާ މުހިއްމު މަޝްރޫއެކެވެ.

މި މަޝްރޫއަކީ މުޅި ރާއްޖެ ތިން ފޭސްއަކަށް ބަހާލައިގެން، ހަ ޒޯންއަކަށް ރާއްޖޭގެ އަތޮޅުތައް ބަހާލައިގެން ކުރިއަށް ގެންދާ ގައުމީ ދަތުރުފަތުރުގެ މަޝްރޫއެކެވެ. މި މަޝްރޫއުގެ މައިގަނޑު މަގްސަދަކީ ރައްޔިތުންނަށް ލުއިފަސޭހަ ކަމާއެކު ކުޑަ އަގެއްގައި، އަރާމުގައި ކަނޑުމަގުން ދަތުރުފަތުރު ކުރެވޭނެގޮތް މަގުފަހި ކުރުމެވެ. މީގެ އިތުރުން، މި ޚިދުމަތް ފުޅާވުމަކީ އިގްތިސާދީ އަދި އިޖުތިމާއީ ގޮތުންވެސް ފައިދާހުރި ނިޒާމެއް ގާއިމްކުރުމަށް މަގުފަހިވެ، ރާއްޖޭގެ އަތޮޅުތަކުގެ ގުޅިފައިވާ ތަރައްގީއަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެކެވެ.

ރާއްޖޭގެ 15 އަތޮޅެއްގެ 132 ރަށެއްގައި އާރްޓީއެލް ފެރީގެ ހިދުމަތް ދެމުން އަންނައިރު، އެންމެ ފަހުން މި ހިދުމަތް ފަށާފައިވަނީ ލ. އަތޮޅުގައެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
MPL_Ads
STO_Ads
MMA_Ads
HajjCop_ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

78

ދ. އަތޮޅާއި ފ. އަތޮޅުގައި އާރުޓީއެލް ފެރީގެ ހިދުމަތް ފަށައިފި

98

ފ. އަތޮޅާއި ދ. އަތޮޅުގައި އާރްޓީއެލް ފެރީގެ ޚިދުމަތް މާދަމާ ފަށަނީ

RTL

އާރްޓީއެލްގެ ޚިދުމަތް ފ އަދި ދ.އަތޮޅުގައި ފަށަނީ

Ii

އާދީއްތަ ދުވަހުން ފެށިގެން ނ. އަތޮޅާއި ރ. އަތޮޅާއި ދެމެދު އާރުޓީއެލް ފެރީގެ ހިދުމަތް ފަށަނީ