ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހުޅުމާލެ ހޮސްޕިޓަލުގައި އައުޓްޕޭޝަންޓް ނާސިންގެ ހިދުމަތް ފަށައިފި

Io
Maldivian_Ads
STO_Ads
TTH_Ads
Advertisement

ހުޅުމާލެ ހޮސްޕިޓަލުން ބަލިމީހުންނަށް ދޭ އަވަސް ފަރުވާގެ ހިދުމަތްތައް އިތުރަށް ލުއިފަސޭހަކޮށްދިނުމުގެ މަގުސަދުގައި، އައުޓްޕޭޝަންޓް ނާސިންގެ ހިދުމަތް އިއްޔެ ރަސްމީކޮށް ތައާރަފުކޮށްފިއެވެ.

ހުޅުމާލެ ހޮސްޕިޓަލުގައި އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި އާ ހިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީމެވެ. މި ރަސްމިއްޔާތުގައި އެ ހޮސްޕިޓަލުގެ އިސް ވެރިންނާއި ގިނަ އަދަދެއްގެ ނަރުހުން ބައިވެރިވެވަޑައިގަތެވެ. ހުޅުމާލެ ހޮސްޕިޓަލުން މައުލޫމާތު ދިން ގޮތުގައި، މިއީ އެޑްމިޓް ނުކޮށް އާންމުކޮށް ދޭންޖެހޭ ނާސިންގެ ފަރުވާތައް ރައްޔިތުންނަށް އަވަހަށް އަދި ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް ފެށި މުހިންމު މަސައްކަތެކެވެ.

އައުޓްޕޭޝަންޓް ނާސިންގެ ހިދުމަތުގެ ދަށުން ގިނަ ފަރުވާތަކެއް ހޮސްޕިޓަލުން ލިބޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި އިންޖެކްޝަން ޖަހައިދިނުމާއި، ފާރުގައި ބޭސްއަޅައިދިނުމާއި، އާވި އަރުވައިދިނުން ހިމެނެއެވެ. މީގެ އިތުރުން މާބަނޑު މީހުންގެ ބަނޑުގައިވާ ދަރިފުޅުގެ ވިންދު ބަލައިދިނުމާއި، ހަކުރު ޓެސްޓުކުރުމާއި، ލޭ ނެގުމުގެ އިތުރުން ލޭ ހަދިޔާކުރުމުގެ ހިދުމަތްވެސް މިތަނުން ލިބޭނެއެވެ. ހަމައެހެންމެ، ނަރުހުންގެ ފަރާތުން ބޭނުންވާ އެހެނިހެން ހިދުމަތްތައްވެސް މި އޯޕީޑީ މެދުވެރިކޮށް އަވަހަށް ލިބޭނެކަމަށް އެ ހޮސްޕިޓަލުން ހާމަކޮށްފައިވެއެވެ.

HajjCop_ads
Advertisement

މި އާ ހިދުމަތަކީ ބަލިމީހުންނަށް ހޮސްޕިޓަލުގައި ގިނަ ވަގުތު މަޑުކުރަން ނުޖެހި، އަވަސް ފަރުވާ ހޯދުމަށް މަގުފަހިކޮށްދޭނެ ނިޒާމެކެވެ. ހުޅުމާލެ ހޮސްޕިޓަލުން ބުނެފައިވާ ގޮތުގައި، އައުޓްޕޭޝަންޓް ނާސިންގެ ހިދުމަތް އާންމުންނަށް ލިބެން ހުންނާނީ ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން ފެށިގެން ރޭގަނޑު 11:00 އަށެވެ. މިއީ ހުޅުމާލޭގެ އާބާދީއަށް ބޭނުންވާ ސިއްހީ ފަރުވާގެ ކަންކަން އިތުރަށް ހަރުދަނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ބައިނަލްއަޤުވާމީ ޒުވާނުންގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށް ހާއްސަ ހަރަކާތްތަކެއް

ހޭނައްތާ ޑޮކްޓަރުންގެ 15 ވަނަ ސަރަހައްދީ ބައްދަލުވުން ރާއްޖޭގައި ބޭއްވުމަށް ނިންމައިފި

ChatGPT Image Jul 22, 2026, 10 03 40 PM

އެއްމާބަނޑު ދެ ޑޮކްޓަރުން ދެ ދާއިރާއަކުން ރާއްޖޭގެ ފުރަތަމަ ސަބް ސްޕެޝަލިސްޓުންގެ ގޮތުގައި ތާރީޚުން ޖާގަ ހޯދައިފި

hulhumale hospital

ހުޅުމާލެ ހޮސްޕިޓަލުގައި މިމަހު ގޮހޮރާއި ނާރުގެ ބަލިތަކަށް ފަރުވާދޭން ފަށަނީ