ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ވީއައިއޭގެ ކުއްލި ހާލަތްތައް މެނޭޖްކުރުމުގެ ގާބިލުކަން އިތުރުކުރަން ގައުމީ އިދާރާތަކާއެކު ސޮއިކޮށްފި

FB IMG
STO_Ads
TTH_Ads
Advertisement

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ކާރިސާތަކާއި ކުއްލި ހާލަތްތައް މެނޭޖްކުރުމުގެ ގާބިލުކަން އިތުރުކުރުމަށްޓަކައި، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ގައުމީ މުހިންމު އިދާރާތަކަކާއެކު ފަހުމުނާމާތަކެއްގައި ސޮއިކޮށްފިއެވެ.

މި ފަހުމުނާމާތަކުގައި ސޮއިކުރުމަށްޓަކައި ހުޅުލޭ އައިލެންޑް ހޮޓެލްގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި، އެމްއޭސީއެލްގެ އިތުރުން ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (އެމްއެމްއެސް) އަދި މޯލްޑިވްސް ރެޑް ކްރެސެންޓް (އެމްއާރްސީ) އިން ބައިވެރިވިއެވެ.

“އެއާޕޯޓް ކްރައިސިސް މެނޭޖްމަންޓް” ގެ ނަމުގައި ބޭއްވި މި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފް މުހައްމަދާއި އެންވަޔަރަންމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިބްރާހީމް މިމްރާހުގެ އިތުރުން ކަމާގުޅޭ މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

HajjCop_ads
MMA_Ads
Advertisement

އެމްއޭސީއެލުން ބުނި ގޮތުގައި މި ފަހުމުނާމާތަކުގެ މައިގަނޑު ބޭނުމަކީ ރާއްޖޭގެ މައި އެއާޕޯޓުގައި ކުއްލި ނުރައްކަލުގެ ހާލަތްތަކަށް ވީއައިއޭ ވެފައިވާ ތައްޔާރީތައް އިތުރަށް ހަރުދަނާކުރުމެވެ. އެއާޕޯޓުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހުރިހާ އިދާރާތަކެއް ގުޅިގެން މަސައްކަތްކުރުމާއި، މައުލޫމާތު ބަދަލުކުރުމާއި މުއާމަލާތުކުރުމުގެ ނިޒާމު ހަރުދަނާކުރުމަކީ މިހާރުގެ ހާލަތަށް ބަލާއިރު ކޮންމެހެން ބޭނުންތެރި ކަމެއްކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ. މި އެއްބަސްވުންތަކުގެ ސަބަބުން ރަސްމީ އޮނިގަނޑެއްގެ ތެރެއިން އެކި އިދާރާތަކާ ދެމެދު އެއްބާރުލުން ދިނުމަށް ފުރުސަތު ހުޅުވިގެންދާނެއެވެ.

މި ފަހުމުނާމާތަކުގެ ދަށުން ކޮންމެ މުއައްސަސާއެއްގެ ވެސް ދައުރު ސާފުކޮށް ކަނޑައެޅިގެންދާނެއެވެ.

މީގެ އިތުރުން، ކުއްލި ހާލަތްތަކުގައި ގުޅިގެން ހަރަކާތްތެރިވާނެ ގޮތްތައް ދެނެގަތުމަށް ބޭނުންވާ ތަމްރީނުތަކާއި ސިމިއުލޭޝަންތައް ހިންގުމަށް ވަނީ ރޭވިފައެވެ. ވީއައިއޭއަކީ ކާރިސާތަކަށް ތައްޔާރަށް އޮތް ރައްކާތެރި ތަނެއްގެ ގޮތުގައި ދެމެހެއްޓުމަށްޓަކައި އެމްއޭސީއެލުން އަބަދުވެސް މަސައްކަތް ކުރަމުން ގެންދާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
MMA_Ads
MPL_Ads
STO_Ads
HajjCop_ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ވީއައިއޭގެ ފަޅުތެރޭގެ އޮޕަރޭޝަންތައް ހަރުދަނާކުރުމަށް ހާއްސަ ޑިޖިޓަލް ޕްލެޓްފޯމެއް ތައާރަފުކޮށްފި

B 6iZTXuIgvywDrVVPxXJ3Ob4ip

ނާސިފް އެމްއޭސީއެލް ބޯޑަށް އައްޔަންކޮށްފި

WhatsApp Image 2026 06 07 at 16.08.57

ވީއައިއޭގައި ނަންވިޒިބަލް ޑިސްއެބިލިޓީސް ހުންނަ ފަރާތްތަކަށް ޚާއްސަ ކާމް ރޫމެއް ހުޅުވައިފި

ނަންވިޒިބަލް ޑިސެބިލިޓީސް ހުންނަ ފަސިންޖަރުންނަށް ވީއައިއޭގައި ކާމް ރޫމެއް ހުޅުވައިފި