ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެމްއެސްއެމްއީ ދުވަހުގެ ހަރަކާތްތައް ކާމިޔާބުކަމާއެކު ނިންމާލައިފި

STO_Ads
TTH_Ads
Advertisement

އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ދުވަސް ނުވަތަ ‘އެމްއެސްއެމްއީ’ ދުވަސް ފާހަގަ ކުރުމަށް ކުރިޔަށް ގެންދިޔަ ހަރަކާތްތައް ނިންމާލައިފިއެވެ.

އެމްއެސްއެމްއީ ދުވަހާއި ގުޅިގެން އިޤްތިޞާދީ ތަރައްޤީއާ ބެހޭ ވުޒާރާގެ އިސްނެންގެވުމާއެކު، ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ބީސީސީ އާއި އެސްއެމްއީ ޑިޖިޓަލް އިން ކުރިއަށްގެންދިޔަ މި ހަރަކާތްތަކުގެ ބޭނުމަކީ ވިޔަފާރީގެ ދާއިރާއަށް ޝައުޤުވެރިވާ ފަރާތްތަކަށާއި ވިޔަފާރިތަކަށް ބޭނުންވާ މަޢުލޫމާތާއި އެހީތެރިކަން ފޯރުކޮށްދިނުމެވެ.

މި ހަރަކާތް ފަށާފައިވަނީ މިއަދު ހަވީރު 16:20 ގައެވެ. އަދި މި ފެސްޓިވަލް ރަސްމީކޮށް ހުޅުވައިދެއްވީ ރާއްޖޭގައި މިހާރު ކުދި ވިޔަފާރިތައް ހިންގަމުންދާ ބައެއްފަރާތްތަކުންނެވެ މި ހަރަކާތް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަނީ ކުރިޔަށްގެންގޮސްފައެވެ.

HajjCop_ads
MMA_Ads
Advertisement

މި ހަރަކާތްތައް ނިންމާލާފައިވަނީ މިއަދު ހަވީރު ފެށުނު އެމްއެސްއީ ފެސްޓް ހަރަކާތުންނެވެ. މިހަރަކާތް ކުރިޔަށް ގެންގޮސްފައިވަނީ މިރޭ 22:00 ޖެހުމާއި ހަމަޔަށެވެ. މިހަރަކާތްތައް ނިންމާލުމަށް އިޤްތިޞޯދީ ތަރައްޤީއާ ދަތުރުފަތުރާ ވިޔަފާރިއާ ބެހޭ ވަޒީރު މުހަންމަދު ސައީދު ވަޑައިގެންނެވިއެވެ.

މި ފެސްޓިވަލްގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ އުފެއްދުންތައް ދައްކާލުމުގެ އިތުރުން، ‘އެމްއެސްއެމްއީ ޕިޗް އަޕް’ މުބާރާތުގެ ބައިވެރިން އެ މުބާރާތުގެ ތެރެއިން އުފެއްދި ތަކެތި ދައްކާލައި ވިއްކުމުގެ ފުރުސަތުވެސް ފަހިކޮށްދީފައެވެ. މި މުބާރާތުގެ 1 ވަނަ 2 އަދި 3 ވަނަ ހޮވާފައިވާ އިރު 1 ވަނަ ލިބުނު ދަ ޖެޓްސް އަށް ވަނީ 10000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފައެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
HajjCop_ads
MPL_Ads
MMA_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ކުދި ވިޔަފާރިތަކުގެ ދަތުރުގެ އެންމެ މުހިންމު ބައިވެރިޔަކީ މިހާރު އެސްއެމްއީ ޑިޖިޓަލް

އެމްއެސްއެމްއީ ދުވަސް ފާހަގަ ކުރުމަށް އެސްއެމްއީ ޑިޖިޓަލް އިން ހާއްސަ ހަރަކާތްތަކެއް ބާއްވަނީ

މޫސުމީ ވިލުންތެރިކަން، ކާނާގެ ޔަގީންކަން އަދި އީޖާދީ ވަސީލަތްތައް ގާއިމްކުރުމަށް ވިލުންވެށި ގްރާންޓް ޕްރޮގްރާމް ލޯންޗުކޮށްފި

“ދަނޑުވެރި މަންފާ” އެގްރިބިޒްނަސް މެޗިން ގްރާންޓް ދެވަނަ ބުރު ހުޅުވާލައިފި