ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މަސްތުވާތަކެއްޗަކީ އިޤުތިޞާދީ ފޭރާން ހަލާކުކޮށް، ޤައުމީ ސަލާމަތަށް އޮތް ވަރަށް ބޮޑު ގޮންޖެހުމެއް: ރައީސް

raees muiz
Maldivian_Ads
STO_Ads
TTH_Ads
Advertisement

ބައިނަލްއަޤުވާމީ ގޮތުން ފާހަގަކުރާ މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރާ ދުވަހާ ގުޅިގެން، މަސްތުވާތަކެއްޗާ ދެކޮޅަށް މިހާރަށްވުރެ ހަރުދަނާ އަދި ވަރުގަދަ ފިޔަވަޅުތަކެއް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ.

މި ދުވަހާ ގުޅިގެން ރައީސް ދެއްވި ޚާއްޞަ މެސެޖުގައި ވިދާޅުވީ، މަސްތުވާތަކެއްޗަކީ މުޖުތަމަޢުގެ އިޖުތިމާޢީ އަދި އިޤުތިޞާދީ ފޭރާން ހަލާކުކޮށް، ޤައުމީ ސަލާމަތަށް އޮތް ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށެވެ. މިއަހަރުގެ ޝިޢާރު ކަމަށްވާ “ދުނިޔޭގެ މަސްތުވާތަކެތީގެ މައްސަލަ: ދެމިއޮތް ކަންބޮޑުވުންތައް، އާ ގޮންޖެހުންތައް، އާ އީޖާދީ ޙައްލުތައް” މި މަޢުޟޫޢުގެ ދަށުން ބައިނަލްއަޤުވާމީ މުޖުތަމަޢުއާއެކު ރާއްޖެއިން ސާބިތުކަމާއެކު މަސައްކަތްކުރާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ. އަދި ޤައުމުގެ މުސްތަޤުބަލާއި ޒުވާނުން ސަލާމަތްކުރުމަށް މި މައްސަލައަށް އަވަސް ޙައްލެއް ހޯދުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެއްކަން ފާހަގަކުރެއްވިއެވެ.

މި ވަބާގައި ޖެހިފައިވާ ފަރާތްތަކަށް ފަރުވާދީ، އަނބުރާ މުޖުތަމަޢަށް ނެރުމަށްޓަކައި ކުރެވޭ މަސައްކަތްތަކުގެ ދަށުން، މިއަހަރުގެ ފަހުކޮޅު ފުރިހަމަ ޚިދުމަތްތަކާއެކު ވަށާޖެހޭ ތިން ރިހެބިލިޓޭޝަން ސެންޓަރު އަލަށް ހުޅުވިގެންދާނެކަން ރައީސް އިޢުލާންކުރެއްވިއެވެ. އޭގެ އިތުރުން، ދާދިފަހުން ޤާނޫނަށް ގެނެވުނު އިޞްލާޙުތަކުގެ ސަބަބުން ކަމާގުޅޭ މުއައްސަސާތަކުގެ ގުޅުން ބަދަހިވެ، މަސްތުވާތަކެތީގެ ވިޔަފާރިކުރާ ނެޓްވޯކްތައް ރޫޅާލުމާއި ކުށްވެރިންނަށް ފިޔަވަޅު އެޅުމުގެ މަސައްކަތް އިތުރަށް ހަރުދަނާވެފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި އަލަށް އުފެދޭ ނުރައްކާތަކާއި އާ ބާވަތްތަކުގެ ޑްރަގްތަކާ ދެކޮޅަށް ސަރަޙައްދީ އަދި ބައިނަލްއަޤުވާމީ ފެންވަރުގައި ރާއްޖެއިން ގުޅިގެން މަސައްކަތްކުރާނެކަމަށްވެސް ރައީސްގެ މެސެޖުގައި ވިދާޅުވިއެވެ.

HajjCop_ads
Advertisement

MWSC_ads
Ads_MTCC
MPL_Ads
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

SIDS GBN Forum

ކުދި ޖަޒީރާ ޤައުމުތަކުގެ އިޤުތިޞާދުތަކަކީ އީޖާދުކުރުމަށް ހުރި ވަސީލަތްތަކެއް: ރައީސް

muiz

ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ ގާނޫނަށް ގެނައި އިސްލާހު ރައީސް ތަސްދީގު ކުރައްވައިފި

raees muiz

ނޭޝަނަލް ޕޭމަންޓް ސްވިޗް ޤާއިމުކުރުމުގެ ބިލު ތަސްދީޤުކުރައްވައިފި

raees muiz

ކުނި މެނޭޖުކުރުމުގެ ގާނޫނަށް ގެނައި އިސްލާހު ރައީސް ތަސްދީގުކުރައްވައިފި