ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޒުވާން ޚަޠީބުން: 600 އަށް ވުރެ ގިނަ ޒުވާނުން މިހާތަނަށް ސަނަދު ހާސިލްކޮށްފި

zuvaan khatheebun
STO_Ads
TTH_Ads
Advertisement

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން ކުރިއަށްގެންދާ ޒުވާން ޚަޠީބުންނާއި އިމާމުން ތަމްރީނު ކުރުމުގެ ޕްރޮގްރާމްގެ 4 ވަނަ ބުރު ކާމިޔާބުކަމާއެކު ނިންމާލައި، ބައިވެރިންނަށް ސަނަދު އަރުވައިފިއެވެ.

ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ 1،000 ޒުވާން ޚަޠީބުން ބިނާކުރުމާއި، 500 ޙާފިޒުން އުފެއްދުމެވެ. މިހާތަނަށް ކުރެވުނު މަސައްކަތުން ޒުވާން ޚަޠީބުންގެ ޕްރޮގްރާމްގެ ދަށުން 600 އަށް ވުރެ ގިނަ ޒުވާނުން ވަނީ ތަމްރީނު ފުރިހަމަކޮށް ސަނަދު ހާސިލުކޮށްފައެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުން ޖުމްލަ 82 ފަރާތަކުން މި ބުރުގައި ތަމްރީނު ފުރިހަމަކޮށް ސަނަދު ހާސިލުކޮށްފައިވެއެވެ.

އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވިގޮތުގައި ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ މި މަޝްރޫއުގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ރަށްތަކުގައި ހުކުރު ޚުޠުބާ ކިޔާނެ އިމާމުން ލިބުމުގައި ކުރިމަތިވެފައިވާ ދަތިތަކަށް ދާއިމީ ޙައްލެއް ހޯދުމެވެ. މީގެ އިތުރުން، ކުރިއަށް އޮތް އިސްލާމީ ގަރުނުގައި ރާއްޖޭގައި އިސްލާމީ ޝިޢާރު ފާޅުކޮށް، ދީނީ ކަންކަމަށް ލޯބިކުރާ ހަރުދަނާ ޒުވާން ޖީލެއް ބިނާކުރުމަކީވެސް މި ޕްރޮގްރާމްގެ މުހިންމު އަމާޒެކެވެ

HajjCop_ads
Advertisement

އިސްލާމިކް މިނިސްޓްރީން ހާމަކުރި ގޮތުގައި، ޒުވާން ޚަޠީބުންނާއި އިމާމުން އަދި ޙާފިޒުންނަށް ހާއްސަކޮށްގެން ބޮޑު މަހާސިންތާއެއް ބޭއްވުމުގެ ތައްޔާރީތައް މިހާރު ދަނީ ކުރަމުންނެވެ.

މި މަހާސިންތާ ބޭއްވުމަށް ރޭވިފައިވަނީ ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ބަރަކާތްތެރި މުނާސަބަތާ ގުޅުވައިގެންނެވެ. މި ތާރީހީ ބައްދަލުވުމުގެ ޝަރަފްވެރި މެހްމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގަތުމަށް، މައްކާގެ މަސްޖިދުލް ހަރަމްގެ އިމާމު ފަޟީލަތުއްޝައިޚް ޑރ. ޔާސިރް އައްދައުސަރީއަށް މިހާރު ވަނީ ދައުވަތު އަރުވާފައެވެ.

ކީރިތި ޤުރްއާން ހިތުދަސްކުރުމުގެ ދާއިރާއިންވެސް ބޮޑެތި ކުރިއެރުންތަކެއް ލިބެމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެގޮތުން ރާއްޖޭގެ ޙާފިޒުންގެ އަދަދު މިހާރު ވަނީ 310 އަށް އަރާފައެވެ. ޤުރްއާން ހިތުދަސްކުރުމުގެ ޕްރޮގްރާމް އިތުރަށް ފުޅާކޮށް، ކްލާސްތަކުގެ އަދަދު އިތުރުކުރުމާ ގުޅިގެން، މިހާރުވެސް 2،000 އަށް ވުރެ ގިނަ ދަރިވަރުން ޤުރްއާން ހިފްޒުކުރަމުންދާ ކަމަށް ޝަހީމް ވަނީ ވިދާޅުވެފައެވެ.

ސަރުކާރުން އިސްކަންދެނީ ދިވެހި ޒުވާނުންނަކީ ދީނީ ކަންކަމުގައި އިސްނަގާ، ޤައުމީ ފެންވަރުގައި ހިދުމަތްކުރާ ބަޔަކަށް ހެދުމަށެވެ. މި މަސައްކަތްތަކުގެ ސަބަބުން މިސްކިތްތަކުގެ ދައުރު ފުޅާވެ، ދީނީ ހޭލުންތެރިކަން އިތުރުވެގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެއެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Resorts

ދީނީ ޢިލްމުވެރިންގެ އަހަރީ ބައްދަލުވުން އޮގަސްޓު 14 އިން 15އަށް ބޭއްވުމަށް ނިންމައިފި

445gf

ހުޅުމާލޭގައި ބިނާކުރާ މަސްޖިދު އުންމުލްމުއުމިނީން ޢާއިޝާގެ 86 އިންސައްތަ މަސައްކަތް ނިމިއްޖެ

Io

މި ފަހަރުގެ ޗުއްޓީގައި 4،000 އަށް ވުރެ ގިނަ ދިވެހީން އުމްރާއަށް ގޮސްފި

ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި