ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެމެރިކާ ސިފައިން އީރާނަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފި، އީރާނުގެ ރައްދު އަންނާނެގޮތެއް އަދި ނޭނގޭ

އީރާނުގަށް މިރޭ ދިން ހަމަލާތަކުގެ މަންޒަރެއް:
STO_Ads
TTH_Ads
Advertisement

އެމެރިކާ ސިފައިން އީރާނަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދިނުމާ ގުޅިގެން އީރާނުން އެކަން ވަރަށް ބޮޑަށް ކުށްވެރިކޮށް، ބަދަލު ހިފާނޭކަމުގެ އިންޒާރު ދީފިއެވެ.

ހޮރްމޫޒު ކަނޑުއޮޅިން ދަތުރުކުރި ކާގޯ ބޯޓަކަށް އީރާނުން ބުޜާސްފަތި ދުވަހު ހަމަލާ ދިން ކަމަށް ބުނެ އެމެރިކާ ސިފައިންވަނީ، އީރާނުގެ އެތައް ތަނަކަށް މިރޭ މިސައިލާއި ޑްރޯން ބޭނުންކޮށްގެން ވަރުގަދަ ހަމަލާތަކެއް ދީފައެވެ.

ހަމަލާތައް ދިނުމަށްފަހު އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ބުނެފައިވަނީ، އެމެރިކާ ސިފައިން ހަމަލާދިނީ އީރާނުން މިސައިލާއި ޑްރޯން ރައްކާކޮށްފައި ހުރި ތަންތަނަށާއި، އައްސޭރިފަށުގެ ރާޑަރު ސައިޓްތަކަށް ކަމަށެވެ.

HajjCop_ads
Advertisement

އެކްސްގައި ޕޯސްޓްކުރި މެސެޖެއްގައި ސެންޓްރަލް ކޮމާންޑުން ބުނެފައިވަނީ، އީރާނުން ބުރާސްފަތި ދުވަހު މުދާއުފުލާ “އެމްވީ އެވަރ ލަވްލީ” އަށް ދިން ޑްރޯން ހަމަލާއަކީ، ހަމަލާތައް ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމާ ޚިލާފަށް ދިން ހަމަލާއެއް ކަމަށެވެ.

އެމެރިކާއިން ދިން ހަމަލާތަކުގައި ލިބުނު ގެއްލުންތަކާ ގުޅޭގޮތުން އީރާނުން އަދި އެއްވެސް އެއްޗެއް ނުބުނެއެވެ.

އެމެރިކާއިން ދިން އުދުވާނީ ހަމަލާތަކާ ގުޅިގެން އީރާނުގެ އިންގިލާބީ ލަޝްކަރުން ފުރަތަމަ ނެރުނު ބަޔާން މިހާރުވަނީ ނަގާފައެވެ. އެހެންކަމުން، އެމެރިކާގެ ހަމަލާތަކަށް އިންގިލާބީ ލަޝްކަރުގެ ރަސްމީ ބަހެއް އަދި  ނެތެވެ.

އެ ބަޔާނުގައި އެމެރިކާގެ ކިބައިން ބަދަލު ހިފާނޭކަމުގެ އިންޒާރު ދީފައި ވެއެވެ.

އީރާނު ޕާލަމެންޓުގެ ގައުމީ ސަލާމަތާބެހޭ ކޮމިޓީގެ ވެރިޔާ އިބްރާހިމް އަޒީޒީ ވިދާޅުވީ، އީރާނާއި އެމެރިކާއާ ދެމެދު ކުރިއަށްދާ ވާހަތަކަށް އަދި ހަނގުރާމަ ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމަށް އެމެރިކާގެ ރައީސް ޓްރަމްޕް އެއްވެސް ވަރަކަށް އިހްތިރާމް ނުކުރާކަން މިކަމުން ހާމަވެގެން ގޮސްފައިވާ ކަމަށެވެ.

އެމެރިކާއިން ހިންގި މި އަމަލަށް އެމީހުން ހިތާމަކުރަން ޖެހޭނޭ ކަމަށްވެސް އިބްރާހިމް އަޒީޒީ ވިދާޅުވެފައި ވެއެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
HajjCop_ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

10 ދުވަހަށް ހަމަލާތައް ހުއްޓާލަން އެމެރިކާއިން ހުށަހެޅި ހުށަހެޅުމަށް އީރާނުން ނޫނެކޭ ބުނެފި

އެމްއޯޔޫގެ ކަންތައް ނިމުނީ، އެމެރިކާއާ މަޝްވަރާކުރުމެއްވެސް ދެން ނޯންނާނެ: އީރާނު

އީރާނުގެ 6 ބްރިޖަކަށް އެމެރިކާއިން ހަމަލާދިނުމާ ގުޅިގެން އީރާނުން ވަރުގަދައަށް ބަދަލުހިފަނީ

އީރާނާއެކު އެއްބަސްވުމެއް ހެދިޔަނުދޭން، ވާހަކަތަކަށް ހުރަސްއަޅަން އިސްރާއީލުން ފަންޑުކުރި: އެމެރިކާގެ ނައިބް ރައީސް