ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފުވައްމުލަކުގައި ބިނާ ކުރި ޤުރުއާނާ ބެހޭ މަރުކަޒު މިއަދު ހުޅުވައިފި

Main 20260626
Maldivian_Ads
TTH_Ads
STO_Ads
Advertisement

ފުވައްމުލައް ސިޓީގައި ސަރުކާރުން އިމާރާތްކުރި ޤުރްއާނާ ބެހޭ މަރުކަޒުގެ ގޯފި، މިއަދު ހަވީރު ރަސްމީކޮށް ހުޅުވައިފިއެވެ.

މި މަރުކަޒަކީ އެ ސިޓީގައި ދީނީ ޢިލްމާއި ޤުރުއާން އުނގަންނައިދިނުމުގެ މަސައްކަތް އިތުރަށް ހަރުދަނާކުރުމަށް ސަރުކާރުން ކުރިއަށްގެންދިޔަ މުހިންމު މަޝްރޫޢެކެވެ.

މި އައު މަރުކަޒާއެކު ފުވައްމުލައް ސިޓީގައި ޤުރްއާން ހިފްޒުކުރުމުގެ ކްލާސްތައް އިތުރުކުރެވިގެންދާނެއެވެ. އަދި މިކަމަށް ބޭނުންވާ މުދައްރިސުން އިތުރުކޮށް، ޤުރުއާން އުނގަންނައިދިނުމުގެ ފުރުޞަތުތައް ފުޅާކުރުމަށް ވަނީ ނިންމާފައެވެ.

HajjCop_ads
Advertisement

މީގެ އިތުރުން، ފުވައްމުލައް ސިޓީގައި ސަރުކާރުން ބިނާކުރަން ނިންމާފައިވާ އިސްލާމިކް ސެންޓަރުގެ މަޝްރޫޢުގެ ޑިޒައިން ކޮންސެޕްޓް މިހާރު ވަނީ ނިންމާފައެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދޭ ގޮތުގައި، މި ކޮންސެޕްޓް މިހާރު ވަނީ ކޮމެންޓްތަކަށް ފުވައްމުލައް ސިޓީ ކައުންސިލަށް ފޮނުވާފައެވެ.

އިސްލާމިކް ސެންޓަރުގެ މަސައްކަތް ނިމުމުން، ޤުރުއާނާ ބެހޭ މަރުކަޒުގެ ޚިދުމަތްތައް އެ ސެންޓަރަށް ބަދަލުކުރެވޭނެއެވެ. އަދި މިހާރު ހުޅުވުނު ޤުރްއާން މަރުކަޒުގެ ބިނާ ވަގުފު ބިނާއަކަށް ބަދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ބިނާ ކުއްޔަށް ދީގެން ލިބޭ ފައިސާ ޚަރަދުކުރުމަށް ނިންމާފައިވަނީ ފުވައްމުލައް ސިޓީގެ ދީނީ ކަންކަން ތަރައްޤީކުރުމަށެވެ.

މި މަޝްރޫޢާ ގުޅޭގޮތުން އިސްލާމީ ކަންތައްތަކާ އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، “ސަރުކާރުގެ ތަޞައްވުރަކީ މުޅި ރާއްޖޭގައި ޤުރުއާނުގެ ޢިލްމު ފުޅާކޮށް ޙާފިޒުން ބިނާކޮށް، ވަޤުފު މަޝްރޫޢުތައް އިތުރުކޮށް ދީނީ ކަންކަން ކުރިއެރުވުން” ކަމަށެވެ.

މި ފެށުނު މަސައްކަތްތަކަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދީނީ ހޭލުންތެރިކަން އިތުރުކޮށް، ޤުރުއާން އުނގަންނައިދިނުމުގެ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ކުރިއަށްދާ މުހިންމު މަސައްކަތްތަކެކެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Qw

ފުވައްމުލަކުގައި ވެރިންނަށް ނޭނގި ބާލާފައި ހުރި ގިނަ އަދަދެއްގެ ކުރުނބާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

Img md 202607311259421785484782.1493

ފުވައްމުލައް ސިޓީގެ ކަރަންޓާއި ކުނީގެ މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާކޮށްފި

Img md 202607221211041784661064.3467

ފުވައްމުލަކު އެތެރޭގެ މަގުތައް ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ބާރަށް ކުރިއަށް

ފުވައްމުލައް ސިޓީގައި ސަރުކާރުން އިމާރާތްކުރި ޤުރުއާނާއި ބެހޭ މަރުކަޒު ހުކުރު ދުވަހު ހަވީރު ހުޅުވަނީ