ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މަހުން ނަގާ ޓެރިފް ކަނޑާލުމުން އެންމެ ބޮޑު ފައިދާއެއް ލިބެނީ ރާއްޖެއަށް: ޝިޔާމް

Shiyam
STO_Ads
Maldivian_Ads
TTH_Ads
Advertisement

އިނގިރޭސިވިލާތައް އެތެރެކުރާ މަހުން ނަގާ ޓެރިފް ކަނޑާލުމުން އެންމެ ބޮޑު ކާމިޔާބެއް ލިބުނު ޤައުމަކީ ދިވެހިރާއްޖެކަމަށް މަސްވެރިކަމާބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިނގިރޭސިވިލާތައް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ބޭއްވެވި ކޮންމެ ބައްދަލުކުރެއްވުމެއްގައިވެސް އެންމެ މުހިންމު ކަމެއްގެ ގޮތުގައި މަޝްވަރާކުރައްވާފައިވަނީ މަހުގެ ޓެރިފް ކަނޑާލުމާއިމެދުގައިކަމަށެވެ. އަދުގެ ސަރުކާރުން ފުރަތަމަ ދުވަހުން ފެށިގެންވެސް ހަޤީގީ މަސައްކަތްތަކެއް ތެދު ނިޔަތަކާއިއެކު ކުރަމުންދިޔަކަމަށް ޝިޔާމް ވިދާލުވިއެވެ.

މެއި މަހުގެ 20ވަނަ ދުވަހު އިނގިރޭސިވިލާތުން ވަނީ އެ ޤައުމަށް އެތެރެކުރާ މަހުން ނަގާ ޓެރިފް ކަނޑާލާފައެވެ. އިނގިރޭސި ސަރުކާރުގެ މިނިންމުމަކީ ބާޒާރުގައި ތަކެތީގެ އަގު ކޮންޓްރޯލް ކުރުމަށް އެޤައުމުން އެޅި ފިޔަވަޅުތަކުގެ ތެރެއިން ގެންނެވި ބަދަލެކެވެ.

HajjCop_ads
Advertisement

އިނގިރޭސިވިލާތަކީ ރާއްޖެއިން 2ވަނަ އަށް އެންމެ ގިނައިން މަސް އެކްސްޕޯޓްކުރާ ޤައުމެކެވެ. އަދި ރާއްޖެއަކީ 9ވަނަ އަށް އިނގިރޭސިވިލާތައް މަސް އެކްސްޕޯޓްކުރާ ޤައުމެވެ. ވަޒީރު ޝިޔާމް ވިދާޅުވީ، މިކަމުގައި އެންމެ ބޮޑު ކާމިޔާބީއެއް ލިބުނު ޤައުމަކީ ރާއްޖެ ކަމަށެވެ. އަދި އެންމެ ބޮޑު މަސައްކަތެއް ކުރި ޤައުމަކީވެސް ރާއްޖެކަމަށެވެ.

އިނގިރޭސިވިލާތުގެ މި ނިންމުމުގެ ސަބަބުން ދިވެހިރާއްޖެއިން އިނގިރޭސިވިލާތަށް ބޭރު ކުރުމަށް ދައްކަމުން އައި %20ގެ ޓެރިފް 2028 ވަނަ އަހަރުގެ ނިޔަލަށް ވަނީ މެދުކެނޑިފައެވެ. މިހާތަނަށް، އިނގިރޭސިވިލާތުގެ ބާޒާރަށް ކަނޑުމަހުގެ ބާވަތްތައް އެންމެ ގިނައިން އެތެރެކުރާ ދިހަ ޤައުމުގެ ތެރެއިން ހަތް ޤައުމު ކަމަށްވާ އިކުއެޑޯ، މޮރިޝަސް، ސީޝެލްސް، ގާނާ، ފިލިޕީންސް، ސްޕެއިން އަދި ނެދަލޭންޑްސްއަށް އެއްވެސް އިމްޕޯޓް ޑިއުޓީއަކާއި ނުލައި ކަނޑުމަހުގެ އުފެއްދުންތައް އެތެރެކުރެވެއެވެ.

ދިވެހިރާއްޖެއިން އަހަރަކު ގާތްގަނޑަކަށް 16.7 އާއި، 18 މިލިއަން ޕައުންޑާ ދެމެދުގެ އަދަދަކަށް އިނގިރޭސިވިލާތަށް ކަނޑު މަސް ބޭރު ކުރެއެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

minister shiyam

މަސްވެރި ސިނާއަތުގައި ގޮންޖެހުންތައް ހައްލު ކުރުމަށް އެންމެ މުހިންމު އެއް ވަސީލަތަކީ އިންވެސްޓުމަންޓް: ޝިޔާމް

shiyam minister

ޅޮހީގައި އައު އައިސްޕްލާންޓެއް މިއަހަރު ޤާއިމްކުރާނަން: ވަޒީރު

WhatsApp Image 2026 08 12 at 09.35.07

އިނގިރޭސި ޓެރިފް ކަނޑާލުމުން ރާއްޖޭގައި މަސް ގަންނަ ވާދަވެރި ބާޒާރެއް އުފެދިއްޖެ: ޝިޔާމް

Sea Cucumber (Thelenota anax) (8499582873)

އެމްބަރފިޝް ހުއިފިލަނޑާ ބޭރުކުރުމަށް މަޝްވަރާކޮށްފި