ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ދުންފަތާއި ދުރު މުޖުތަމަޢެއް ބިނާކުރުމަށް ފިޔަވަޅު އަޅަނީ ރޭވުންތެރިކަމާއެކު: ރައީސް

Muiz
Maldivian_Ads
STO_Ads
TTH_Ads
Advertisement

ދުންފަތާ ދުރު މުޖުތަމަޢެއް ބިނާކުރުމަށް ފިޔަވަޅު އަޅުއްވަނީ ރޭވިގެން، ވަށައިޖެހޭ ހައްލެއް ލިބޭގޮތަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއިން ގެނެސްދޭ ނޭޝަން ޗެޓްގެ ދެވަނަ އެޕިސޯޑުގައި ރައީސުލްޖުމްހޫރިއްޔާވަނީ ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީއަށް ބަދަލު ގެނައުމަށް ސަރުކާރުން ހުށަހަޅުއްވާފައިވާ ބިލާ ގުޅޭގޮތުން މައުލޫމާތު ޙިއްސާކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ޤައުމުގެ ކޮންމެ ކަމެއްގައިވެސް ދުޅަހެޔޮ މުޖުމަތަޢެއް ބިނާވެފައި އޮތުމަކީ މުހިންމު ކަމެއް ކަމަށާއި ވެރިކަމާ ހަވާލުވެވަޑައިގެންނެވި ދުވަހުން ފެށިގެން ވަށާޖެހޭ ސިއްޙީ ދުޅަހެޔޮކަމުގެ ސިޔާސަތެއް ތަންފީޒުކުރައްވަން ފެއްޓެވީ އެ މަޤުސަދު ހާސިލުކުރުމަށް ކަމަށެވެ. ދުންފަތުގެ އިސްތިއުމާލުކުރުމަކީ ރާއްޖޭގެ އިތުރުން ދުނިޔޭގެ އެތައް ޤައުމަކަށް ދިމާވެފައިވާ މައްސަލައެއްކަމަށާއި މާނަހުރި ގޮތެއްގައި ޤައުމަށް ފައިދާހުރި ގޮތްތައް ހޯދައިދޭނަމަ އެކަމާ ރައްޔިތުން ދުރުކޮށް، ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރަންޖެހޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

HajjCop_ads
Advertisement

ރައީސް ވިދާޅުވީ ދުންފަތާ ދުރު މުޖުތަމަޢެއް ބިނާކުރުމަށް ފަރުވާގެ ނިޒާމު ހަރުދަނާ ކުރުމުގެ އިތުރުން ދުންފަތާ މީހުން ދުރުކުރަންވެސް ފިޔަވަޅު އަޅަންޖެހޭ ކަމަށާއި ރާއްޖޭގައި ވޭޕް މަނާކޮށް، ޖެނަރޭޝަނަލް ބޭންއެއް ތައާރަފުކުރީ އެބޭނުމުގައި ކަމަށެވެ. ވޭޕް މަނާކުރުމުން އެ ބޭނުންކުރަމުން އައި ޒުވާނުން ދުންފަތުގެ އިސްތިއުމާލުކުރުމުގެ ތެރެއަށް ވަންނާނެކަމަށް ލަފާކުރެވި، އެފަދަ ތަކެތިން ނަގާ ޑިއުޓީ ބޮޑުކުރަން އޭރު ނިންމެވީ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

“އެއީ ހަމަ ދުންފަތުގެ އިސްތިއުމާލުކުރުމުގެ ތެރެއަށް ވަރަށް ގިނަބަޔަކު ވޭޕް ހުއްޓާލުމުން ވަދެގެން ހިނގައިދާނެކަމުގެ ކަންބޮޑުވުން، އެކަމަށް ވިސްނާފައި. އެކަމުގެ ނަތީޖާވެސް ރަނގަޅު. ދެން މިހާރު އަޅުގަނޑުމެން މިވަނީ ނިންމާފައި ޑަބްލިޔުއެޗްއޯއިން ހަދާފައި އޮތް ދިރާސާގައި އޮތް ޓޭބަލަށް ބަލައިގެން މިއަހަރަށް އަދި އަންނައަހަރަށް ކަނޑައަޅާފައި ހުރި ރޭޓުތައް އެބަހުރި. އެހެންވެ އެއަށް ބަލާފައި އަޅުގަނޑުމެން މިކަނޑައެޅީ ބޮޑުކޮށްފައި މިއޮތް ސްޕެސިފިކް ރޭޓުން ކުޑަކުރަން 4 ރުފިޔާއަށް.” ރައީސް

ރައީސް ވިދާޅުވީ ދުންފަތުގެ އުފެއްދުންތަކުން ނަގަމުން އައި ޑިއުޓީއަށް ބަދަލު ގެނައުމުން ސިއްޙަތަށް އިތުރަށް ގެއްލުންވާ ޒާތުގެ ދުންފަތް ބޭނުންކުރާ ފަރާތްތަކަށް، އެއިން ދުރުވާން ފަސޭހަވެގެންދާނެ ކަމަށެވެ.

އެމަނިކުފާނު ދުންފަތާ ދުރު މުޖުތަމަޢެއް ބިނާކުރުމަށް މަސައްކަތް ކުރައްވަނީ މަރުހަލާތަކަކަށް ބަހާލައިގެންކަން ފާހަގަކުރައްވައި، ރަށްރަށުގެ ޖަމުޢިއްޔާ ޖަމާޢަތްތައް މެދުވެރިކޮށް އެ ރަށެއްގައި ދުންފަތުގެ އިސްތިއުމާލުކުރުމާ ދުރު ރައްޔިތުން ބިނާކުރުމަށް މަސައްކަތް ކުރާނެ ޚާއްސަ ޤައުމީ ޕްރޮގްރާމެއް ފަށަން ނިންމަވާފައިވާކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

SIDS GBN Forum

ކުދި ޖަޒީރާ ޤައުމުތަކުގެ އިޤުތިޞާދުތަކަކީ އީޖާދުކުރުމަށް ހުރި ވަސީލަތްތަކެއް: ރައީސް

muiz

ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ ގާނޫނަށް ގެނައި އިސްލާހު ރައީސް ތަސްދީގު ކުރައްވައިފި

raees muiz

ނޭޝަނަލް ޕޭމަންޓް ސްވިޗް ޤާއިމުކުރުމުގެ ބިލު ތަސްދީޤުކުރައްވައިފި

raees muiz

ކުނި މެނޭޖުކުރުމުގެ ގާނޫނަށް ގެނައި އިސްލާހު ރައީސް ތަސްދީގުކުރައްވައިފި