ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެމެރިކާއިން ޑިމާންޑްކުރިޔަސް ލުބުނާނުން ސިފައިން ނުލާބާނަން: އިސްރާއީލު ޑިފެންސް މިނިސްޓަރު

STO_Ads
TTH_Ads
Advertisement

އެމެރިކާއިން ޑިމާންޑްކުރިޔަސް ލުބުނާނުން ސިފައިން ނުލާބާނޭ ކަމަށް، އިސްތިއުމާރީ ދައުލަތުގެ ޑިފެންސް މިނިސްޓަރ ޔިސްރައިލް ކާޓްޒް ބުނެފިއެވެ.

އިސްރާއީލުގެ ނޫހަކަށް ދިން އިންޓަރވިއުއެއްގައި އޭނާ ބުނީ، އެމެރިކާއިން ކިތަންމެ ޑިމާންޑެއް ކުރިޔަސް ލުބުނާނުގެ ދެކުނުން ސިފައިން ނުބާލާނޭ ކަމަށާއި، އަދި  ލުބުނާނުގެ ދެކުނުން ގެދޮރުދޫކޮށް ދިޔަ ދެލައްކަ އާންމުންނަށްވެސް އެނބުރި އެ ސަރަހައްދަށް ނާދެވޭނޭ ކަމަށެވެ. އަޔަކަނުދޭނޭ ކަމަށެވެ.

އެ ދެލައްކަ މީހުންނަކީ އިސްތިއުމާރީ ސިފައިން ލުބުނާނުގެ ދެކުނަށް އެއްގަމުމަގުން އަރައިގަތުމާއި، އަދި ދެކުނަށް ދެމުންގެންދިޔަ ވަރުގަދަ ވައިގެ ހަމަލާތަކާ ގުޅިގެން ގެދޮރުދޫކޮށް ދާން މަޖުބޫރުވި އާންމުންނެވެ.

HajjCop_ads
MMA_Ads
Advertisement

އިސްތިއުމާރީ ސިފައިންގެ ހަމަލާތަކުގައި އެތައްސަތޭކަ އާންމުން މަރުވެފައިވާއިރު، ދެކުނުގެ އެތައް ރަށެއްވަނީ މުޅިން ސުންނާފަތި ކޮށްލާފައެވެ.

ލުބުނާނުގެ ދެކުނަށް ދެމުންގެންދިޔަ އުދުވާނީ ހަމަލާތައް ހުއްޓައި އަދި ލުބުނާނުގެ ދެކުނުން ސިފައިން ބޭލުމަކީ، އީރާނުގެ ޑިމާންޑާ އެއްގޮތަށް އެމެރިކާއާއި އީރާނާ ދެމެދު ސޮއިކުރި އެމްއޯޔޫގައި ހިމެނޭ ފުރަތަމަ މާއްދާއެވެ. އިސްރާއީލު ހުއްޓުވުމަކީ އެމެރިކާގެ ޒިންމާއެކެވެ.

އެހެން ނަމަވެސް، މުޖުރިމު ނަތަންޔާހޫއާއި، އޭނާގެ ކެބިނެޓުގައި ހިމެނޭ ޒަޔަނިސްޓު ޓެރަރިސްޓު މިނިސްޓަރުން ފާޅުގައި ގެންދަނީ އެމެރިކާގެ ރައީސަށާއި، އެމެރިކާ ސަރުކާރަށް ގޮންޖަހަމުންނެވެ.

އެމެރިކާއިން ބޮޑެތި ޕްރެޝަރުތަކެއް ކުރިމަތިކުރާން ފެށުމުން ލުބުނާނަށް ދެމުންގެންދިޔަ ވައިގެ ހަމަލާތައް އިސްތިއުމާރީ ސިފައިން މިހާރު ހުއްޓާލާފައި ވީނަމަވެސް، އެއްގަމުމަގުން ކޮންމެވެސް ވަރަކަށް ހަމަލާތައް މިހާރުވެސް ދެމުން ގެންދެއެވެ.

އިސްތިއުމާރީ ދައުލަތުގެ ޑިފެންސް މިނިސްޓަރު ބުނެފައިވަނީ، ލުބުނާނުގެ ދެކުނަކީ މިހާރު އިސްރާއީލުން ކަނޑައަޅާފައިވާ “ސެކިއުރިޓީ ޒޯން” ކަމަށާއި، އެ ސަރަހައްދު ދޫކޮށް ސިފައިން ނުދާނޭ ކަމަށެވެ.

ނަތަންޔާހޫވެސް ބުނެފައިވަނީ “ކޮންމެގޮތެއްވިޔަސް” ލުބުނާނުގެ ދެކުނުން ސިފައިން ނުބާލާނޭ ކަމަށެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އިސްރާއީލުން އެމެރިކާގެ އެންގުންތަކާ ފާޅުގައި ދެކޮޅު ހަދައި ގޮންޖަހަމުންގެންދާ މައްސަލާގައި، އިސްރާއީލަށް ޕްރެޝަރ ކުރުމަށްޓަކައި ޓްރަމްޕް މިހާރު ގެންދަނީ އެކި ގޮތްގޮތުން ދަތިކުރަމުންނެވެ. އެމެރިކާއިން އަޅަމުންދާ ފިޔަވަޅުތަކުން އިސްރާއީލަށް ލިބޭ މެސެޖަކީ، އެމެރިކާގެ ހުއްދަނެތި ކަންކަން ކުރުމަށް އިސްރާއީލަށް އޮތް ފުރުސަތު ނިމުމަކަށް އައިސްފައިވާކަމުގެ މެސެޖް ކަމަށް، އިސްރާއީލުގެ މުހައްލިލުން ބުނެއެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
HajjCop_ads
STO_Ads
MMA_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ފުރަތަމަ ބުރުގެ ވާހަކަތަކަށްފަހު އީރާނުގެ އިސް ވަފުދު ސްވިޒަރލޭންޑުން ފުރައިފި، ޓެކްނިކަލް ވާހަކަތައް ކުރިއަށް

އީރާނުގެ ވަފުދު ސްވިޒަރލޭންޑަށް، އީރާނުން އަންގަނީ ވަފުދު ދިޔައީ އެމެރިކާއާ ވާހަކަދައްކަން ނޫން ކަމަށް

އީރާނުން ހޮރްމޫޒު ކަނޑުއޮޅި ބަންދުކޮށް، އެއްވެސް އުޅަނދެއް ކަނޑުއޮޅިއާ ގާތްނުވާން އަންގައިފި

ލުބުނާނުގެ ދެކުނުގައި ހަނގުރާމަ ވަރަށް ވަރުގަދަ ވެއްޖެ، އިސްތިއުމާރީ ސިފައިންނަށް ބޮޑެތި ގެއްލުންތަކެއް