ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބޮޑުތަކުރުފާނު މަގުގައި ތާރު އެޅުމުގެ މަސައްކަތް ބުދަ ދުވަހު ފަށަނީ

WhatsApp Image 2026 06 24 at 17.45.13
STO_Ads
TTH_Ads
Advertisement

ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން، އެ މަގުގެ ވަކި ސަރަހައްދެއްގައި ތާރު އެޅުމުގެ މަސައްކަތް އަންނަ ބުދަ ދުވަހު ފެށުމަށް ތައްޔާރުވަމުންދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެމްޓީސީސީން މައުލޫމާތު ދޭ ގޮތުގައި، މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ކުރިއަށްދާ މަސައްކަތްތަކުގެ ތެރެއިން އަސާސީ ހިދުމަތްތަކާ ގުޅުންހުރި މުހިންމު މަސައްކަތްތައް މިހާރު ވަނީ ނިންމާލެވިފަ އެވެ. އެގޮތުން، ނަރުދަމާ އާއި ފެން ހޮޅި އެޅުމުގެ މަސައްކަތުގެ އިތުރުން، ފެން ހިންދާ ވަޅުތަކާއި ކޭބަލް ޖަންކްޝަންތައް ބެހެއްޓުމުގެ ހުރިހާ މަސައްކަތެއް މިހާރު 100 އިންސައްތަ ފުރިހަމަކުރެވިފައިވާ ކަމަށް އެ ކުންފުނިން ކަށަވަރުކޮށްދެއެވެ.

މަގުގެ ބިންގަނޑު އެއްވަރުކުރުމުގެ މަސައްކަތްތައް މިހާރު ބާރުމިނުގައި ކުރިއަށްދާ ކަމަށާއި، މިހާތަނަށް މަޝްރޫއުގެ ސެގްމަންޓް 5 އަދި 4 ގެ މަސައްކަތްތައް ނިންމާލެވިފައިވާ ކަމަށް އެމްޓީސީސީން ހާމަކުރެ އެވެ. މިހާރު ކުރިއަށްދަނީ ސެގްމަންޓް 3 އަދި 2 ގެ މަސައްކަތްތަކެވެ. އަދި ތާރު އެޅުމުގެ މަސައްކަތަށް ބޭނުންވާ މެޝިނަރީތައް 1 ޖުލައި ގައި ސައިޓަށް ގެނައުމަށް ވަނީ ތާވަލުކުރެވިފަ އެވެ.

HajjCop_ads
Advertisement

ތާރު އެޅުމުގެ މަސައްކަތް ކުރިއަށްދާ ވަގުތުތަކުގައި، ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ކާނިވަލް ޕާކިން ޒޯނާ ހަމައަށް މަގުގެ އެ ބައި ވަގުތީ ގޮތުން ބަންދުކުރެވޭނެ އެވެ. މި ބަދަލުތަކާއެކު ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އެމްޓީސީސީން އެދެއެވެ.

ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މި މަޝްރޫއަކީ 700 މީޓަރުގެ ސަރަހައްދެއްގައި ތާރުއަޅައި، މަގު ފުޅާކުރުމަށްޓަކައި 610 މީޓަރުގެ އެއްގަމު ތޮށިލުމަށް ހިންގާ މުހިންމު މަޝްރޫއެކެވެ. މީގެ އިތުރުން، ފެން ހިންދާ ނިޒާމު ގާއިމުކުރުމާއި، ހިނގާ މީހުންނަށް ހާއްސަ ޕޭމަންޓް ހެދުމުގެ މަސައްކަތްތައް ވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ތިލަފުށީ ޕޯޓާއެކު މުދާ ހޭންޑަލް ކުރާ މިންވަރު 80000އިން 390000އަށް އިތުރުކުރާނެ

Saeed

މަހާޖައްރާފު ފަދަ ބޮޑެތި އުޅަނދުތައް މަރާމާތުކުރެވޭނެ ޑްރައި ޑޮކިން ފެސިލިޓީއެއް ގާއިމުކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

ހުސެއިން އާދަމް ބިލްޑިންއިން ދޮށިމޭނާއާ ހަމައަށް އެއްގަމު ތޮށި ސިފައިންގެ ބޭނުމަށް ހާއްސަ

88887

ބާވެ ހަލާކުވެފައިވާ 9 ބަހެއް ނީލަމުގައި ވިއްކާލަން އެމްޓީސީސީން އިއުލާންކޮށްފި