ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އީރާނުގެ ރައީސާއި ޕާކިސްތާނުގެ ބޮޑުވަޒީރު ބައްދަލުކުރައްވައިފި، އީރާނުގެ ރައީސަށް ޕާކިސްތާނުން ތާރީޚީ ހޫނު މަރްހަބާއެއް

TTH_Ads
STO_Ads
Advertisement

މިހާރު ޕާކިސްތާނަށް ވަޑައިގެން އުޅުއްވާ އީރާނުގެ ރައީސް ޑރ. މަސްއޫދު ޕެޒެޝްކިއާން، އިސްލާމްއާބާދުގައި ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފްއާ ބައްދަލު ކުރައްވައިފިއެވެ.

އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާން ޕާކިސްތާނަށް ވަޑައިގެންފައިވަނީ މިއަދު މެންދުރުގެ ވަގުތުގައެވެ. އީރާނުގެ ރައީސަށް ޕާކިސްތާނުންވަނީ ބަތަލެއްގެ ދަރަޖައިގެ ތާރީޚީ ހޫނު މަރްހަބާއެއް ދަންނަވާފައެވެ. މަރްހަބާގެ ޚާއްސަ ރަސްމިއްޔާތު ބާއްވާފައިވަނީ ބޮޑުވަޒީރުގެ ރަސްމީ ގެކޮޅުގައެވެ.

މިއީ، އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެފަހުން އީރާނުގެ ރައީސް ގައުމުން ބޭރަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.

HajjCop_ads
Advertisement

އީރާނުގެ ރައީސް ވަޑައިގެންނެވިފަހުން އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަޣްޗީވެސް ވަނީ އިސްލާމްއާބާދަށް ވަޑައިގެންފައެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރާ ބައްދަލު ކުރެއްވުމުގެ ކުރިން އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާންވަނީ، ޕާކިސްތާނު ސިފައިންގެ ވެރިޔާ އަދި ޗީފް އޮފް ޑިފެންސް ފޯސް ފީލްޑް މާޝަލް ސައްޔިދު އާސިމް މުނީރުއާ ބައްދަލު ކުރައްވާފައެވެ.

އީރާނުގެ ރައީސާއި ޕާކިސްތާނުގެ ބޮޑުވަޒީރާ ދެމެދު މައިގަނޑުގޮތެއްގައި މަޝްވަރާތައް ކުރެވުނީ، އެމެރިކާ-އީރާނު އެމްއޯޔޫގެ ވާހަތަކާއި، އެމްއޯޔޫ ތަންފީޒު ކުރުމަށް ކުރެވެމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ކަމަށް ޚަބަރުތައް ބުނެއެވެ.

އީރާނުގެ ރައީސާއި ޕާކިސްތާނުގެ ބޮޑުވަޒީރާ ދެމެދު ބޭއްވި ބައްދަލުވުމުގައި ޕާކިސްތާނުގެ ބޮޑުވަޒީރުގެ ނައިބް، ޚާރިޖީ ވަޒީރު އަދި ސެންޓަރ މުހައްމަދު އިސްހާގް ދާރްއާއި، ފީލްޑް މާޝަލް ސައްޔިދު އާސިމް މުނީރުވެސް ބައިވެރިވެވަޑައި ގެންނެވިއެވެ.

ޕާކިސްތާނާއި އީރާނާ ދެމެދު ވަފުދު ފެންވަރުގައި ބާއްވާ މަޝްވަރާތައް ކުރިއަށް ތާވަލް ކުރެވިފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ.

އީރާނާއި އެމެރިކާއާ ދެމެދު ބާއްވާ ވާހަކަތަކުގައި މެދުވެރިއެއްގެ ދައުރު އަދާކުރަމުން ގެންދަނީ ޕާކިސްތާނުންނެވެ. އަދި އެކަމުގައި ގަތަރުންވެސް ގެންދަނީ މުހިންމު ދައުރެއް އަދާކުރަމުންނެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ހޮރްމޫޒު ކަނޑުއޮޅި އަވަހަކަށް ހުޅުވިދާނޭކަމުގެ އުންމީދު އަނެއްކާވެސް ކުޑަވެއްޖެ

ހޮރްމޫޒު ހުޅުވަން އީރާނުން އެމެރިކާއަށް ކުރިމަތިކުރީ ސަލާމަތްނުވެވޭވަރުގެ ހަރުކަށި ޝަރުތުތަކެއް

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އަނެއްކާވެސް މައްޗަށް ޖެހިލައިފި

ފޮޓޯއިން ޚަބަރު: ސޮއިކުރެއްވުމުގެ ކުރިން 3 ލީޑަރުންވެސް ވަޑައިގެންނެވީ ހުކުރު ނަމާދަށް