ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެންސްޕާގެ ކޯލް ސެންޓަރެއް އައްޑޫގައި ހުޅުވަނީ

nspa Addu
TTH_Ads
STO_Ads
Advertisement

ނޭޝަނަލް ޕްރޮޓެކްޝަން އެޖެންސީ، އެންސްޕާއިން އައްޑޫ ސިޓީގައި ކޯލްސެންޓަރުގެ ޚިދުމަތް އަންނަ ޖުލައިމަހު ފަށާނެކަމަށް އެއިދާރާއިން ހާމަކުރައްވައިފިއެވެ.

އެންސްޕާ އިން މީސްމީޑިއާގައި ހިއްސާކުރައްވާފައިވާ މެސެޖެއްގައި އެ އިދާރާގެ ސީއީއޯ އާމިނަތު ޝިރުނާ ވިދާޅުވީ އައްޑޫސިޓީގެ ކޯލް ސެންޓަރގެ ޚިދުމަތް، ފެށުމުން އެންސްޕާގެ ކޯލްސެންޓަރުގެ ޚިދުމަތް ލިބޭ ވަގުތު އިތުރުވެ، ރައްޔިތުންނަށް އިތުރު ލުއިފަސޭހަތަކެއް ލިބޭނެ ކަމަށެވެ.

އެންސްޕާއިން ދެމުންދާ މާލީ އެހީތެރިކަމާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ އިނާޔަތްތަކާ ގުޅޭ މައުލޫމާތު އެންސްޕާގެ ހޮޓްލައިން ނަންބަރު ‘1402’ އަށް ގުޅައިގެން ސާފުކުރެވޭނެއެވެ. އަދި އެ އިދާރާގެ ހޮޓްލައިން މެދުވެރިކޮށް، މެޑިކަލް ވެލްފެއަރ ނުވަތަ ބޭސްފަރުވާގެ އެހީ، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ މާލީ އެހީ، ފޯމު ފުރުމުގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިވުމުގެ އިތުރުން އެންސްޕާގެ ޚިދުމަތްތަކާއި ގުޅުން ހުރި މައުލޫމާތުތައް އޮޅުންފިލުވޭނެއެވެ.

HajjCop_ads
MMA_Ads
Advertisement

މީގެ އިތުރުން އެންސްޕާގެ ޚިދުމަތްތަކަށް މިހާރު ވަން ގަވް މެދުވެރިކޮށް ވެސް ފޯމު ހުށަހެޅޭނެއެވެ. އެގޮތުން ފަގީރު ހާލަތުގައި ދިރިއުޅޭ އެކަނި ދަރިން ބަލަހައްޓާ މައިންނާއި ބަފައިންނަށް ދެވޭ މާލީ އެހީގެ ޕްރޮގްރާމާއި، ފަގީރު ހާލަތުގައި ދިރިއުޅޭ ފަރާތްތަކުން ކާބޯތަކެތި ގަތުމަށް ދޭ މާލީ އެހީ އާއި، ނުކުޅުދުންތެރިކަން ހުންނަ ފަރާތްތަކަށް ފޯރުކޮށްދެވޭ ޚިދުމަތްތަކާއި، ތެލެސީމިއާ އެލަވަންސާއި، ނުކުޅުދުންތެރިކަން ހުންނަ ފަރާތްތަކުން ބޭނުންވާ ތެރަޕިއުޓިކް ފަރުވާއަށް ދޭ އެހީގެ ޕްރޮގްރާމާއި، ފަގީރު ހާލަތުގައި ދިރިއުޅޭ މައިންބަފައިންގެ އެހީތެރިކަމެއް ނެތި އެހެން މީހަކު ބަލަހައްޓާ ކުދިންނަށާއި އެ ކުދިން ބަލަހައްޓާ ފަރާތަށް ދޭ މާލީ އެހީގެ ޕްރޮގްރާމަށް ވަންގަވް މެދުވެރިކޮށް ހުށަހެޅޭނެއެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
STO_Ads
MMA_Ads
MPL_Ads
HajjCop_ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Original

އެންސްޕާގެ އައްޑޫ އޮފީހުގައި ކޯލް ސެންޓަރެއް ގާއިމުކޮށް ހިދުމަތް ފަށައިފި

Asanda

މިއަދުންފެށިގެން “މެޑިކަލް ވެލްފެއަރ ސްކީމް”ގެ ދަށުން ދެމުންގެންދާ ޚިދުމަތްތައް އާސަންދައަށް

Nspa CEO Shiuna

އެންސްޕާގެ ސީއީއޯ އަކަށް ޝިރުނާ އައްޔަންކޮށްފި

nspa

އައިވީއެފް އެހީއަށް ޝަރުތު ހަމަވި 39 މީހުންގެ ވަގުތީ ލިސްޓު އާންމުކޮށްފި