ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޖަޕާނުގެ އެހީގައި ފެންހިއްކާ ޕަންޕުތައް 18 ރަށަކާ ހަވާލުކޮށްފި

43
TTH_Ads
STO_Ads
Advertisement

ރާއްޖޭގެ ރަށްތަކުގައި ފެންބޮޑުވުމުގެ މައްސަލައަށް ހައްލު ހޯދުމަށް ޖަޕާނު ސަރުކާރުން ހަދިޔާކުރި ފެންހިއްކާ ޕަންޕުތައް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ، އެންޑީއެމްއޭއިން 18 ރަށަކާ ހަވާލުކޮށްފިއެވެ.

ޖަޕާނު ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ފުރަތަމަ ބުރުގެ ތެރެއިން، ފެންބޮޑުވުމުގެ ކާރިސާތަކުން ރައްކާތެރިވުމަށް ޖުމްލަ 40 ޕަންޕު ވަނީ ލިބިފައެވެ. މި މަޝްރޫޢުގެ ދަށުން 20 ރަށަކަށް ޕަންޕު ބެހުމަށް ހަމަޖެހިފައިވާއިރު، މިހާތަނަށް 18 ރަށަކަށް ޕަންޕުތައް ފޯރުކޮށްދީފައިވާކަމަށް އެންޑީއެމްއޭއިން މައުލޫމާތުދެއެވެ. މި މަޝްރޫޢުގެ ދަށުން ކޮންމެ ރަށަކަށްވެސް ދެ ޕަންޕާއި އެކު ޕަންޕުތައް ބޭނުންކުރުމަށް ބޭނުންވާ އެހެނިހެން ސާމާނުތައް ހަވާލުކުރެވޭނެއެވެ.

ޕަންޕުތައް ހަވާލުކުރި ރަށްތަކުގެ ތެރޭގައި ގއ. ކަނޑުހުޅުދޫ، ހއ. އުލިގަން، ކ. ކާށިދޫ، މ. މުލަށް، ރ. އިނގުރައިދޫ، ރ. ފައިނު، އއ. ފެރިދޫ، ދ. ހުޅުދެލި، ފ. ބިލެއްދޫ، ފ. މަގޫދޫ، ގދ. ހޯޑެއްދޫ، ހއ. ދިއްދޫ، ހއ. އިހަވަންދޫ، ހދ. ނެއްލައިދޫ، ކ. ގާފަރު، ތ. ބުރުނީ، ތ. ކަނޑޫދޫ އަދި ޅ. ނައިފަރު ހިމެނެއެވެ. މި ރަށްތައް ކަނޑައެޅުމުގައި ބަލާފައިވަނީ މީގެ ކުރިން ޕަންޕު ފޯރުކޮށްދީފައިނުވާ ރަށްތަކުގެ ތެރެއިން، ފާއިތުވި އަހަރުތަކުގައި ފެންބޮޑުވުމުގެ ހާދިސާތައް ގިނައިން ހިނގާފައިވާ ރަށްތަކަށެވެ. ބާކީ ތިބި ރަށްތަކަށް ޕަންޕުތައް ފޯރުކޮށްދިނުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށް އެ އޮތޯރިޓީން ފާހަގަކުރެއެވެ.

MMA_Ads
HajjCop_ads
Advertisement

މި މަޝްރޫޢަކީ ކާރިސާތަކަށް އިޖާބަދިނުމުގެ ކަންކަން އަތޮޅުތަކުގައި ހަރުދަނާކޮށް، ވިލުންތެރި ރާއްޖެއެއް ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. މީގެ އިތުރުން، މި މަޝްރޫޢުގެ ދެވަނަ ބުރުގައި އިތުރު 14 ރަށަކަށް ޕަންޕު ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ފެންބޮޑުވުމުގެ މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން އަންނަނީ ރަށްރަށުގައި ފެން ހިންދާ ނިޒާމުތައް ޤާއިމުކުރުމުގެ މަސައްކަތްތައްވެސް ކުރަމުންނެވެ.

MWSC_ads
MPL_Ads
Advertisement
STO_Ads
MMA_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ފެން ހިންދާ ޕަމްޕު ފޯރުކޮށްދޭނެ 10 ކައުންސިލަކާ އެއްބަސްވުމެއް؛ 5 ކައުންސިލާ ހަވާލުކޮށްފި

ހުޅުމާލޭ ގެއެއްގައި އަލިފާނުގެ ހާދިސާއެއް

އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމަށް ސްޓެލްކޯގެ މުވައްޒަފުންނަށް ތަމްރީނުޕޮރުގުރާމެއް ހިންގައިފި

433946 3 9491cd5a13ea3bfbdf63e93b020b15e401f9162c 1140x570

ހިޔާ ޓަވަރުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން 37 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފި