ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފުރަތަމަ ބުރުގެ ވާހަކަތަކަށްފަހު އީރާނުގެ އިސް ވަފުދު ސްވިޒަރލޭންޑުން ފުރައިފި، ޓެކްނިކަލް ވާހަކަތައް ކުރިއަށް

އީރާނު ޕާލަމެންޓުގެ ރައީސް ގާލިބާފް (ކ) އަދި ޚާރިޖީ ވަޒީރު އަރަޣްޗީ، މަޝްވަރާތައް ކުރިއަށްދާ ސްވިޒަރލޭންޑްގެ ހޮޓަލުގައި
STO_Ads
TTH_Ads
Advertisement

ސްވިޒަރލޭންޑްގައި ބޭއްވި އީރާން-އެމެރިކާ މަތީފެންވަރުގެ ވާހަކަތަކުގެ ފުރަތަމަ ބުރު ނިންމާލައިފިއެވެ.

ސްވިޒަރލޭންޑްގައި އިއްޔެ ފެށުނު ވާހަކަތަކުގެ ފުރަތަމަ ބުރު ނިންމާލީ 18 ގަޑިއިރުގެ މަޝްވަރާތަކަށް ފަހުއެވެ.

ވާހަކަތަކުގައި އީރާނުގެ ފަރާތުން ބައިވެރިވެވަޑައި ގެންނެވީ އީރާނު ޕާލަމެންޓުގެ ރައީސް މުހައްމަދު ބާގިރު ގާލިބާފާއި، އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަޣްޗީއާއި، އީރާނު މަރުކަޒީ ބޭންކްގެ ގަވަރްނަރ އަބްދުއްނާސިރު ހިންމަތީއާއި، އީރާނު ސަރުކާރުގެ ތެލާބެހޭ ވަޒީރުގެ ނައިބް ހާމިދު ބޫރްދްއާއި، ނިއުކްލިއަރ އެކްސްޕާޓް އަލީ  ބާކްރީއެވެ.

HajjCop_ads
Advertisement

އެމެރިކާގެ ފަރާތުން ބައިވެރިވެވަޑައި ގެންނެވީ އެމެރިކާގެ ނައިބް ރައީސް ޖޭޑީ ވޭންސްއާއި، ޓްރަމްޕްގެ ޚާއްސަ މަންދޫބު ސްޓީވް ވިޓްކޮފާއި، ޖެރެޑް ކުޝްނަރއެވެ.

ފުރަތަމަ ބުރުގައި ބޭއްވި މަޝްވަރާތަކަށްފަހު އީރާނުގެ ވަފުދު ސްވިޒަރލޭންޑުން ފުރި ނަމަވެސް، އެމްއޯޔޫގައި ހިމެނޭ ކަންކަން ތަންފީޒުކުރުމުގެ ޓެކްނިކަލް ވާހަކަތަކަށް އީރާނުގެ ޓެކްނިކަލް ޓީމެއް ސްވިޒަރލޭންޑްގައި ވަނީ މަޑުކޮށްފައެވެ. ޓެކްނިކަލް ޓީމުގެ ވެރިޔަކަށް ހުންނެވީ އީރާނުގެ ޚާރިޖީ ވަޒީރުގެ ކާޒިމް ޤާރިބްއަބަދީއެވެ.

18 ގަޑިއިރުގެ ވާހަކަތަކަށްފަހު މަޝްވަރާތައް ކުރިއަށް ގެންދާނެ އައުޓްލައިނަކަށް ދެ ފަރާތުން ވަނީ އެއްބަސްވެފައެވެ.

އެކަމަކު، ލުބުނާނުގެ މައްސަލައާއި، އީރާނުގެ ތެލުގެ އެކްސްޕޯޓާއި އަދި ގަނޑުކޮށްފައިވާ އީރާނުގެ ފަންޑުތައް ދޫކޮށްލުމާ ގުޅޭގޮތުން ދެ ފަރާތުން އެއްބަސްވުމަކަށް އައިސްފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ. އީރާނު ޚާރިޖިއްޔާގެ ތަރުޖަމާނު އިސްމާއިލް ބަގާޔީ ވިދާޅުވީ، ދެންއޮތީ އެކަންކަން ތަންފީޒުކުރުން ކަމަށެވެ.

އިސްރާއީލުން ލުބުނާނަށް ދެމުންގެންދާ ހަމަލާތައް ހުއްޓުވުމާއި، އިސްރާއީލު ސިފައިން ލުބުނާނުން ބޭލުމަކީ އެމެރިކާގެ ފުރަތަމަ ޓެސްޓެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ހޮރްމޫޒު ކަނޑުއޮޅި އަވަހަކަށް ހުޅުވިދާނޭކަމުގެ އުންމީދު އަނެއްކާވެސް ކުޑަވެއްޖެ

އަހަރެން ބޮޑުވަޒީރަކަށް ހުރިހާހިނދަކު ފަލަސްތީނުގެ މިނިވަން ދައުލަތެއް ނުއުފެއްދޭނެ: ނަތަންޔާހޫ

ހޮރްމޫޒު ހުޅުވަން އީރާނުން އެމެރިކާއަށް ކުރިމަތިކުރީ ސަލާމަތްނުވެވޭވަރުގެ ހަރުކަށި ޝަރުތުތަކެއް

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އަނެއްކާވެސް މައްޗަށް ޖެހިލައިފި