ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

1000 ހައުސިންގ ޔުނިޓުގެ މަސައްކަތް ދިވެހި ކުންފުނިތަކާ ހަވާލުކުރަނީ

43
STO_Ads
TTH_Ads
Advertisement

ދިވެހި ކުންފުނިތަކާ ޙަވާލުކޮށްގެން ތަރައްޤީ ކުރާ 1000 ހައުސިންގ ޔުނިޓުގެ މަސައްކަތް މި ހަފުތާގެ ތެރޭގައި އެ ކުންފުނިތަކާ ޙަވާލުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

ޕީއެސްއެމްގައި ވާހަކަދައްކަވަމުން ގެދޮރުވެރިކަމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ނާޒިމް މުޙައްމަދު ވިދާޅުވި ގޮތުގައި، މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ 100 އިންސައްތަ ދިވެހި ކުންފުނިތަކާ ޙަވާލުކޮށެވެ. މި މަޝްރޫޢުގެ މަސައްކަތް 5 ކުންފުންޏަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ރާވާފައިވާއިރު، ކޮންމެ ކުންފުންޏަކުން ވެސް 200 ހައުސިންގ ޔުނިޓު ތަރައްޤީ ކުރާނެއެވެ. މިއީ މުޅިން ވެސް ދިވެހި ކުންފުނިތަކުގެ ބައިވެރިވުމާއެކު ހިންގާ މަޝްރޫޢެއްކަން މިނިސްޓްރީން ފާހަގަކުރެއެވެ.

މި މަޝްރޫޢުގެ ދަށުން ތަރައްޤީކުރާ ޔުނިޓުތަކަކީ މިހާތަނަށް ރާއްޖޭގައި ސޯޝަލް ހައުސިންގގެ ގޮތުގައި ތަރައްޤީކޮށްފައިވާ ޔުނިޓުތަކަށްވުރެ ޖާގަ ތަނަވަސް ތަންތަނަކަށް ވާނެއެވެ. އެގޮތުން، ކޮންމެ ކުންފުންޏަކާ ޙަވާލުކުރާ މަޝްރޫޢުގެ ތެރެއިން 60 ޔުނިޓަކީ 2 ކޮޓަރީގެ އެޕާޓްމަންޓުތަކަކަށް ވާއިރު، 140 ޔުނިޓަކީ 3 ކޮޓަރީގެ އެޕާޓްމަންޓުތަކެވެ. މި ތަންތަނުގެ ސައިޒަށް ބަލާއިރު، 2 ކޮޓަރީގެ އެޕާޓްމަންޓުތައް 700 އަކަފޫޓަށް ވުރެ ބޮޑުވާނެ ކަމަށާއި، 3 ކޮޓަރީގެ އެޕާޓްމަންޓުތައް 950 އަކަފޫޓަށް ވުރެ ބޮޑުވާނެ ކަމަށް ވުޒާރާއިން މަޢުލޫމާތު ދެއެވެ. މީގެއިތުރުން، އިމާރާތްތަކުގެ ފިނިޝިންއާއި ވަށައިގެންވާ ޖާގަތައް ކުރީގެ މަޝްރޫޢުތަކާ އަޅާބަލާއިރު ތަރައްޤީކޮށްފައި ހުންނާނެ ކަމަށް ވެސް ވިދާޅުވިއެވެ.

MMA_Ads
HajjCop_ads
Advertisement

މި 1000 ޔުނިޓުގެ މަޝްރޫޢު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ފޭސް 2 ގައެވެ. ސަރުކާރުން ބޯހިޔާވަހިކަމުގެ މައްސަލައަށް ޙައްލު ހޯދުމަށް ފަށާފައިވާ މިފަދަ މަޝްރޫޢުތައް މާލެ ސަރަޙައްދާއި އަތޮޅުތަކުގެ ރަށްރަށުގައި ވެސް އެކި މަރުޙަލާތަކުގައި އަންނަނީ ކުރަމުންނެވެ. ހުޅުމާލެ ފޭސް 1 އިން 3 ބިމަކާއި، ވިލިމާލެއިން 1 ބިމެއް ދިވެހި ކުންފުނިތަކާ މިހާރު ވެސް ޙަވާލުކޮށްފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ. މީގެއިތުރުން، ހުޅުމާލެ ފޭސް 2 އިން ޗައިނާގެ 2 ކުންފުންޏަކާ ބިންތަކެއް ޙަވާލުކޮށްފައިވާއިރު، އެ މަޝްރޫޢުތަކުގެ ޑިޒައިން ކުރުމުގެ މަސައްކަތް ނިމި، ހުއްދަތައް ލިބުމާއެކު ޢަމަލީ މަސައްކަތް ފެށޭނެ ކަމަށް ވެސް އެ ވުޒާރާއިން ހާމަކުރެއެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
STO_Ads
MPL_Ads
MMA_Ads
HajjCop_ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

43

ތަކުރާރުކޮށް އެދުމުން ވެސް ސިޓީ ކައުންސިލުން ދަނީ މާރުކޭޓް އަޅާ ބިން ހަވާލުކުރަން ދެކޮޅު ހަދަމުން: ހައުސިން މިނިސްޓްރީ

Igmh

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު: ފޯމުތައް ވެރިފައިކުރުމުގެ މަސައްކަތް ފަށައިފި

Image 750x 655c53dd175c1

ބިންވެރިޔާ ސްކީމުގެ 3ވަނަ ކެޓަގަރީއަށް ކުރިމަތިލާން ހުޅުވާލައިފި

ތަރައްޤީގެ މަޝްރޫޢުތަކުގެ މަސައްކަތްތައް ކުރިއަށްދާގޮތް ވަޒީރު ބައްލަވާލައްވައިފި