ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ތަކުރާރުކޮށް އެދުމުން ވެސް ސިޓީ ކައުންސިލުން ދަނީ މާރުކޭޓް އަޅާ ބިން ހަވާލުކުރަން ދެކޮޅު ހަދަމުން: ހައުސިން މިނިސްޓްރީ

43
TTH_Ads
STO_Ads
Advertisement

މާލޭގެ މާރުކޭޓްތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މާލެ ވެޓް މާކެޓް މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި ބިން ހަވާލުކޮށްދިނުމަށް ތަކުރާރުކޮށް އެދުމުން ވެސް މާލެ ސިޓީ ކައުންސިލުން އެކަމަށް ދެކޮޅު ހަދަމުންދާ ކަމަށް މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ހާމަކޮށްފިއެވެ.

މި މަޝްރޫޢާ ގުޅޭގޮތުން ކައުންސިލުން އާންމުންނަށް އޮޅޭގޮތަށް މަޢުލޫމާތު ފަތުރަމުންދާ ކަމަށް ބުނެ އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ ކަން ހިނގަމުންދާ ގޮތުގެ ތަފްސީލުތައް ހިއްސާކޮށްފައެވެ.

ސަރުކާރުން ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ޓްރަސްޓެންޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވާ މި މަޝްރޫޢުގެ މަސައްކަތް ފެށުމަށް ބިން ހަވާލުކޮށްދިނުމަށް އެދި ފުރަތަމަ ފަހަރަށް މާލޭ ސިޓީ ކައުންސިލަށް ހުށައަޅާފައިވަނީ މިއަހަރުގެ މާރޗް މަހުގެ 29 ވަނަ ދުވަހުއެވެ. އެ ސިޓީއަށް ޖަވާބެއް ނުލިބުމުން، އޭޕްރީލް 12 ވަނަ ދުވަހު ދެވަނަ ފަހަރަށް އެދިފައިވާއިރު، އޭގެ ފަހުން ވެސް މެއި މަހުގެ 3 ވަނަ ދުވަހާއި 18 ވަނަ ދުވަހު އިތުރު ސިޓީތައް ފޮނުވާފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.

MMA_Ads
HajjCop_ads
Advertisement

މާލޭ ސިޓީ ކައުންސިލުން ބިން ހަވާލުކުރެވެން ނެތް ކަމަށް އަންގާފައިވަނީ 2023 ވަނަ އަހަރުގެ މާޗް މަހުގެ 9 ވަނަ ދުވަހު, ހައިރު އިންޖިނިއަރިންގ ކޮންސަލްޓަންސީ ޕްރައިވެޓް ލިމިޓެޑާއެކު ވެފައިވާ އެއްބަސްވުމެއްގެ ސަބަބުން ކަމަށް ބުނެއެވެ. ނަމަވެސް، މިނިސްޓްރީން ފާހަގަކުރާ ގޮތުގައި އެ އެއްބަސްވުން ބާތިލުކުރަން އެ ކުންފުނިން ވެސް އެއްބަސްވެ ކައުންސިލަށް ސިޓީ ފޮނުވާފައިވެއެވެ. އެހެންކަމުން، މިހާރު ވެސް އެ އެއްބަސްވުން އުވާލުމުގެ މަސައްކަތް ކައުންސިލުން ނުކޮށް އޮތުމަކީ މަޝްރޫޢު ލަސްވުމުގެ މައިގަނޑު ސަބަބު ކަމަށް މިނިސްޓްރީން ބުނެއެވެ.

މި މަޝްރޫޢުއަކީ މާލޭގެ ރައްޔިތުންނަށް ނުހަނު ބޭނުންތެރި މަޝްރޫޢުއެއްކަން ފާހަގަކޮށް މިނިސްޓްރީން ބުނީ، މިއީ ސިޔާސީ މަސްލަހަތު އިސްކޮށްގެން ކައުންސިލުން ކުރަމުންދާ ކަމެއް ކަމަށެވެ. ޖުމްލަ 600 ދުވަހުގެ ތެރޭގައި ނިންމުމަށް ކަނޑައަޅާފައިވާ މި މަޝްރޫޢު ލަސްވާ ކޮންމެ ދުވަހަކީ މަޝްރޫޢުގެ އަގު ބޮޑުވެ، ރައްޔިތުންނަށް ލިބެންޖެހޭ ހިދުމަތްތަކުން މަހުރޫމްވާ ދުވަހެއް ކަމަށް ވެސް މިނިސްޓްރީން ބުނެ އެވެ. ކޮންޓްރެކްޓަރު މަސައްކަތް ފެށުމަށް ފުރިހަމައަށް ތައްޔާރުވެފައިވީނަމަވެސް، ބިން ހުސްކޮށް ހަވާލުކޮށްފައިނުވާތީ އަމަލީ މަސައްކަތް ފެށޭނެ ގޮތެއް ނެތް ކަމަށް މިނިސްޓްރީން ހާމަކުރެއެވެ.

MPL_Ads
MWSC_ads
Advertisement
MPL_Ads
STO_Ads
MMA_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Igmh

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު: ފޯމުތައް ވެރިފައިކުރުމުގެ މަސައްކަތް ފަށައިފި

Sstv FORM FOR EC

ޒަމާނީ މާރުކޭޓު ކޮމްޕްލެކްސްއެއް އެޅުމަށް ހުރަސްއަޅަނީ ސިޓީ ކައުންސިލުން: ރައީސް

Io

މާލޭގެ އާ ވެޓް މާރުކޭޓު މަޝްރޫއު ފެށުން ލަސްވަނީ ބިން ހަވާލުކުރުން ލަސްވުމުން

މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމާއި އިންތިހާބީ ކައުންސިލަރުން މަގާމުގެ ހުވާކުރައްވައިފި